ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަވީރަށް މަޑުނުކޮށް، އަވަހަށް ވޯޓުލައި ގޮނޑިތައް ކަށަވަރުކޮށްދީ: ރައީސް

މަޖިލިސް އިންތިހާބުގެ ކެމްޕެއިން ޖަލްސާތަކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަތުން/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ހަވީރު ފިނިވުމުން ވޯޓުލާން ދާން މަޑުކޮށްގެން ތިބުމުގެ ބަދަލުގައި ކުރީބައިގައި ނުކުމެ ޕީއެންސީގެ ކެންޑިޑޭޓުން އިންތިހާބުކޮށްދިނުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

ހެންވޭރު އުތުރު ދާއިރާއަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު އަހުމަދު އައިފާނުގެ ކެމްޕެއިން ޖަލްސާގައި ރައީސް ވަނީ އައިފާން އާއިއެކު މާލެ ސިޓީ ކައުންސިލުގައި ކުރެއްވި މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވައި އެމަނިކުފާނުގެ ފުރިހަމަ އިތުބާރު އޮތް ކެންޑިޑޭޓެއްކަމަށް ފާހަގަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ކުރިއަށް އޮތް އިންތިހާބުގައި އިދިކޮޅަށް މަޖިލީހުގެ ބާރުވެރިކަން ލިބިއްޖެ ހާލަތެއްގައި ވައުދުތައް ފުއްދުމުގައި ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެގެންދާނެކަމަށެވެ.

ރައީސް ވިދާޅުވީ މެނިފެސްޓޯގައި ރައްޔިތުން ބާރުވެރިކުރުމުގެ ގޮތުން ގިނަ ކަންތައްތަކެއް ހިމެނިފައިވާކަމަށެވެ. އަދި އޭގެ ތެރެއިން އެންމެ މުހިންމު އެއްކަމަކީ ދިވެހި މުޖުތަމައު އިގްތިސާދީ ގޮތުން ބާރުވެރިކޮށް ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުންކަމަށްވެސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، އެކަންކަން ފަހިކުރުމުގެ ގޮތުން އެތައް ބިލެއް ފަރުމާކުރުމަށް ނިންމާފައިވާނެކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެތައް އިގްތިސާދީ މަޝްރޫޢުތަކުގެ ފެށުމަށްވެސް ކަނޑައެޅިފައިވާކަމަށެވެ.

ރައީސް ވިދާޅުވީ، އެކަންކަން ކުރިއަށް ގެންދެވޭނީ ރައްޔިތުންގެ މަޖިލީހުގެ ސަޕޯޓު ލިބިގެންކަމަށާއި އެހެންކަމުން އެހީތެރިކަމާއި އެއްބާރުލުން ދީ ސަރުކާރަށް އެކަމުގެ މަގު ފަހިކޮށްދޭނެ ބަޔަކު މަޖިލީހުގައި ތިބުން އިންތިހާ މުހިންމުކަމަށެވެ. އޭނާ ވިދާޅުވީ، ވޭތުވެދިޔަ ހަތަރު ފަސް ވަރަކަށް މަސް ނިމިގެންދިޔަ އިރު ގިނަ އަދަދެއްގެ މަސައްކަތްތައް ސަރުކާރުން ފަށާފައިވާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، މާލެ ސަރަހައްދުގެ ޒުވާނުންނަށް ބޭނުންވާ އެކި ދާއިރާތަކުން މަސައްކަތްތައް ކުރެވެމުންދާކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ވައުދުތައް ވީ ގޮތުގެ މަތިން ފުއްދުމުގެ މަސައްކަތްތައް ފެށިފައިވާކަމަށާއި އިސް ރަށްވެހިންނަށް ބޭނުންވާ ކަންކަންވެސް ހުރީ ހަމަ އެގޮތަށްކަމަށް ހިއްސާކުރެއްވިއެވެ. ރައީސް ވިދާޅުވީ، މާލޭގެ ރައެްޔިތުން ބޭނުންވާ ތަރައްގީ ހޯދުމަަށާއި އެކަމާއިއެކު އަންނަ ހަމަޖެހުން ގާއިމުކުރުމަށްޓަކައި އަތުކުރި އޮޅާލަންވީކަމަށެވެ. އަދި މާޒީގައި މާލެއަށް ކަންވެގެންދިޔަ ގޮތަކީ މާޒީކަމަށް ބަލައި ދޫކޮށްލާފަ ރައްޔިތުން އެދޭ އަމާޒަށް ގެންގޮސް ތަރައްގީ ޔަގީންކުރުމަށްޓަކައި މި ސަރަހައްދަށް ވާދަކުރާ 17 ކެންޑިޑޭޓުން ހޮވައިދެއްވުމަކީ އެމަނިކުފާނުގެ އެދިވަޑައިގަތުންކަމަށްވެސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުން އެގޮތުގެމަތިން ވޯޓު ދެއްވާނެކަން ޔަގީންކުރައްވާކަމަށެވެ. އަދި އެކަމުގެ ނަތީޖާވެސް ފޮނިވާނެކަން ޔަގީންކަމާއިއެކު ދަންނަވާކަމަށްވެސް ހިއްސާކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، ވޯޓު ލާ ދުވަހު އެއީ އަމިއްލަ ކަމެއްގެ ގޮތުގައި ދެކިވަޑައިގެން ދަންނަ އެންމެންނާއިއެކު ވަޑައިގެން ވޯޓުލެއްވުމަށް އިލްތިމާސްކުރައްވާކަމަށެވެ. އަދި އަވަށް ވަޑައިގެން ޕީއެންސީގެ ކެންޑިޑޭތުން އިންތިހާބުކޮށްދެއްވުމަށް އެދިވަޑައިގަންނަވާކަމަށާއި ހަވީރުގެ ވަގުތަކަށް މަޑުކުރެއްވުމުގެ ބަދަލުގައި އަވަށް ވަޑައިގެން ޕީއެންސީގެ ކެންޑިޑޭޓުންނަށް ގޮނޑި ކަށަވަރުކޮށްދެއްވުމަށްވެސް އެދިވަޑައިގަތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: