ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމާޒަކީ ކަރަންޓުގެ 33 އިންސައްތަ އުފައްދައިދޭނެ އިއާދަކުރަނިވި ހަކަތައިގެ ނިޒާމެއް ގާއިމުކުރުން: ރައީސް

ރައީސް މުއިއްޒު ކޮޕް ސަމިޓުގައި: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތަ އުފައްދައިދޭނެ އިޢާދަކުރަނިވި ހަކަތައިގެ ނިޒާމެއް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ގާއިމުކުރުމަށް ސަރުކާރުން އަމާޒުކުރާކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދުބާއީގައި ކުރިއަށްދާ 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގެ މަތީ ފަންތީގެ ސެގްމެންޓްގައި ވާހަކަދައްކަަވަމުން ރައީސް ވަނީ ރާއްޖޭގައި އުފައްދާ ކަރަންޓުގެ 33 އިންސައްތަ އިޔާދަކުރަނިވި ނިޒާމެއް މެދުވެރިކޮށް އުފެއްދުމަށް ސަރުކާރުން ވިސްނުންތައް ގެންގުޅޭކަން ހިއްސާކުރައްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ، އިއާދަކުރަނިވި ހަކަތަ ބޭނުންކުރެވޭ މިންވަރު މިހާރު ހުރީ 4 އިންސައްތާގައިކަމަށާއި ދިވެހިރާއްޖެއިން ކަނޑައަޅާފައިވާ ލަނޑުދަނޑިކަމަށްވާ 33 އިންސައްތައަށް އިތުރުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި މަދުވެގެން 600 މިލިއަން ޑޮލަރު ހޯދަންޖެހޭކަމަށެވެ. ރައީސް ވިދާޅުވީ، އެކަމަށްޓަކައި ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީތެރިކަމަށް އެދިވަޑައިގަންނަވާކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު ކުޑަކުރުމަށް ޤައުމުތަކުން އަޅާ ފިޔަވަޅުތައް ވަޒަންކުރާ “ގްލޯބަލް ސްޓޮކްޓޭކް” އިން، ޕެރިސް އެއްބަސްވުމާ އެއްގޮތަށް، ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމަށް އަމާޒު ހިފަންޖެހޭ ކަމަށާއި، އެއީ ކޮޕް28އަށް ރާއްޖެއިން ކުރާ އުންމީދުކަމަށެވެ.

އެމަނިކުފާނުވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބިގެންދާ ގެއްލުންތައް ކުޑަކުރުމަށާއި އަރައިގަތުމަށްތަކައި ފައިސާ ހޯދުމަށް ކުރިމަތިވާ ދަތިތައް ހައްލުކުރުމުގެ މުހިންމުކަމަށްވެސް މި ފުރުސަތުގައި އަލިއަޅުއްވާފައެވެ. އަދި އެ މަސައްކަތްތައް ބިނާވާންޖެހޭނީ ގައުމުތަކުގެ ދެމެދު ހަމަހަމަ ގާއިމުވެގެންދާ ފަދަ ސައިޓިފިކް ހޯދުންތަކުގެ މައްޗަށްކަމަށްވެސް ހިއްސާކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ފަސޭހައިން ފައިސާ ހޯދޭނެ ނިޒާމެއް ގާއިމުކުރެވެން ޖެހޭކަމަށާއި ފައިސާ ދިނުމުގައި ބަލާ މިންގަނޑުތައްވެސް އަލުން މުރާޖާކުރަންޖެހޭކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިވާ، ‘ލޮސް އެންޑް ޑެމޭޖް ފަންޑު’ ބޭނުންކުރަން ފެށުމަށް، ނިންމާފައިވުމަށް މަރުހަބާ ދަންނަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: