ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ ފަސް މަހު ފެނުނީ އިދިކޮޅަށް މަޖިލީސް ދިނީމަ ވާނެ ގޮތް: ރައީސް

މަޖިލިސް އިންތިހާބުގެ ކެމްޕެއިން ޖަލްސާތަކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަތުން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ވޭތުވެދިޔަ ފަސް މަަސް ދުވަހުގެ ތެރޭގައި ފެންނަމުން އައިސްފައިވަނީ އިދިކޮޅު ފަރާތްތަކެއްގެ އަތުގައި މަޖިލީހުގެ ބާރުވެރިކަން އޮތުމުން ކަންކަން ވެގެން އަންނާނެ ގޮތްކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އައްޑޫސިޓީގައި ކުރިއަށް ގެންދިޔަ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ޑރ މުހައްމަދު މުއިއްޒުވަނީ ކުރިއަށް އޮތް އިންތިހާބާއި ސަރުކާރުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި އިންތިހާ މުހިންމުކަން ފާހަގަކުރައްވާ އިދިކޮޅު ފަރާތްތަކުގެ އަތަށް މަޖިލީހުގެ ބާރުވެރިކަން ދިއުމުގެ ސަބަބުން ނޭދެވޭ ނަތީޖާތަކެއް ނުކުމެގެން އައުމުގެ ފުރުސަތުތައް އޮތްކަމުގެ ކަންބޮޑުވުންފާޅުކުރައްވާފައެވެ.

ރައީސް ވިދާޅުވީ، ނަތީޖާ ނެރުމަށް ހަމައެކަނި ފޯކަސްކޮށްގެން މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ ވިސްނުން ގެންގުޅޭ ސަރުކާރަކަށް ކާމިޔާބީ ހާސިލުކުރުމަށް ބޭނުންވަނީ ހަމައެކަނި ރައްޔިތުންގެ އެއްބާރުލެއްވުންކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ބޭނުންވަނީ މަޖިލީހުގެ ތެރެއިން ކުޑަ އިތުރު ހިތްވަރެއްލައި ޕީއެންސީގެ މެމްބަރުން ހޮވައިދެއްވުންކަމަށެވެ. އަދި މަގު ފަހިކޮށްދެއްވައިފި ހާލަތުގައި އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތައް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރަނުން ރަނަށް ފުއްދަވައިދެއްވާނެކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ދާއިރާތަކަށް ޕީއެންސީގެ ކެންޑިޑޭޓުން ހޮވައިދޭންވީ އިސްވެ ދެންނެވި މަގުސަދުތައް ހާސިލުކުރެއްވުމަށްކަމަށާއި އެކަމުގެ ނަތީޖާ ހަގީގަތުގައިވެސް ރަނގަޅުވާނެކަމަށްވެސް ވިދާޅުވިއެވެ. ރައީސް މުއިއްޒު ވިދާޅުވީ، ބޭނުންވަނީ ރާއްޖެއަށް ހަމަޖެހުން އަންނަން ކަމަށެވެ. އަދި އެއްވެސް ހަމަޖެހުމެއް ނެތި ހަގީގީ މާނައިގައި ކުރިއެރުމެއް ގެންނާނީ ކޮން ގޮތަކުންތޯވެސް އެމަނިކުފާނު ސުވާލުކުރެއްވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ކުރިއަށް އޮތް އިންތިހާބުގައި ބަދަލުހިފުމުގެ ރޫހު ގެންގުޅޭ މީހުން މަޖިލީހުގެ ގޮނޑިތަކަށް އިންތިހާބުކޮށް ފުރާލަދީފި ހާލަތެއްގައި ފެންނާނީ ދެކޮޅުހެދުންކަމަށެވެ. އަދި އެކަމުގެ ސަބަބުން ފެނިގެންދާނީ ހަމަނުޖެހުންތަކެއް އުފެދޭ މަންޒަރު ނޫންތޯ އެމަނިކުފާނު ސުވާލުކުރެއްވިއިރު، އެފަދަ ހާލަތެއްގައި ހަމައެކަނި ނަތީޖާ ނެރުމުގެ ފޯކަސްގައި އޮތް ސަރުކާރަށް ހުރަސް އެޅުން ނޫންކަމެއް ކުރާނެތޯވެސް އެއްސެވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މިދިޔަަ ފަސް މަސް ދުވަހުގެ ތެރޭގައި ފެނުނީ އިދިކޮޅު ފަރާތްތަކުގެ އަތުގައި މަޖިލީހުގެ ބާރުވެރިކަން އޮތުމުން ކަންވެގެންދާ ގޮތްކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އެއްވެސް ސަބަބެއް ނެތި ވަޒީރުންނަށް ރުހުން ނުދިންކަމަށާއި އެފަދަ ގޮތަކަށް ދިޔަ އެތައް ކަމެއް ވޭތުވެދިޔަ ފަސް މަސް ދުވަހުގެ ތެރޭގައި ހިނގާފައިވާކަމަށެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުގެ ފޯކަސްގައި އޮތް ހަމައެކަނިކަމަކީ ނަތީޖާ ނެރުންކަމަށާއި ވޭދުވެދިޔަ ފަސް މަސް ދުވަހުގެ ތެރޭގައިވެސް ދިޔައީ ނަތީޖާ ނެރުއްވަމުންކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ހަފްތާ 14ގެ ތެރޭގައިވެސް ވައުދުވީގޮތުގެ މަތިން ހުރިހާކަމެއް ކުރިއަށް ގެންދެވިކަމަށާއި ސަރުކާރުންވަނީ ވޭތުވެދިޔަ ފަސް މަހުގެ ތެރޭގައި އެތައް މަސައްކަތެއްކޮށްފައިކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން ކުރިއަށް އޮތް ހަތަރު އަހަރާއި ފަސް މަހުގައި ކުރުމަށް ރާވާފައިވާ މަސައްކަތްތައް ކުރިއަށް ގެންދިއުމަށާއި ނަތީޖާ ނެރެދިނުމަށް ބޭނުންވާ އެއްބާރުލުން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ނުދޭނެ ބަޔަކު މީހުން ހޮވައިގެން ރައްޔިތުން އެދޭތެރޭ މެދުގައި ތާށިވާންވީ ކޮން ސަބަބަކާއި ގުޅިގެންތޯ ސުވާލު އުފެއްދެވިއެވެ. އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ތިބޭ މީހުން ކޮންމެ ދުވަހެއްގައިވެސް ސަރުކާރާއި ދެކޮޅަށް މަސައްކަތްކުރަމުންދާނެކަމަށާއި ކޮންމެ މަސައްކަތެއް ކުރިއަށް ގެންދިއުމަށްވެސް އޭރުން ޖެހޭނީ އާދޭސް ކުރަންކަމަށް ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: