ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޯޓުލުން ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް 93 ދާއިރާއަކަށް ކެނޑިޑޭޓުން ވަނީ ކުރިމަތިލާފައެވެ. މި އިންތިހާބަކީ މިހާތަނަށް ކެނޑިޑޭޓުން އެންމެ ގިނައިން ކުރިމަތިލާފައިވާ އިންތިޚާބެވެ. އަދި އިންތިހާބުގައި ވާއްދަކުރައްވަނީ 368 ކެޑިޑޭޓުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ މިއަދު ހެނދުނު 8:00 އިން ހަވީރު 5:30 އަށެވެ. މި އިންތިހާބުގައި މަޖިލީހުގެ 93 ދާއިރާއަށް މެންބަރުން އިންތިހާބު ކުރާނެ އެވެ.

”ވާރޭ ވެހުނަސް، އަދި ހޫނުގަދަވިޔަސް 5:30 އަށް ވުރެ ފަހަށް ޖެއްސޭނެ އެއްވެސް ގޮތެއް ނެތް.“ އިސީން ރޭގެ ޕްރެސް ކޮންފެރެންސްގައި ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި މި އިންތިޙާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 284،887 މީހުންނެވެ. އެއީ 139،165 އަންހެނުންނާއި 145،162 ފިރިހެނުންނެވެ. ޖުމްލަ 602 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުގައި 241 ފޮށި އަދި ރިސޯޓުތަކުގައި 34 ވޯޓު ފޮށި ބަހައްޓަ އެވެ. 5:30 ގެ ކުރިން ކިޔުއަށް އަރާ ފަރާތްތަކަށް ވޯޓުލުމުގެ ފުރުސަތު ލިބޭނެކަމަށާއި، ކިޔު ބަންދު ކުރުމަށްފަހު ކިޔުގައި ޖެހޭ މީހުންނަށް އެ ފުރުސަތު ނުލިބޭނެ ކަމަށްވެސް އީސީއިން ވަނީ ވިދާޅުވެފައެވެ.

 

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: