ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ވޯޓު ލައްވައިފި، އެދިވަޑައިގެންނެވީ އަވަހަށް ވޯޓުލާން ނުކުތުމަށް

ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު ކުރިއަށްދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަވަހަށް ވޯޓުލާން ނުކުތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލސް އިންތިޚާބުގެ ވޯޓު ލުމަށް ރައީސް މުއިއްޒު ވަނީ ތާޖުއްދީން ސްކޫލަށް ވަޑައިގަންނަވާ ވޯޓު ލައްވާފައެވެ. ވޯޓުލެއްވުމަށް ފަހުގައި އެމަނިކުފާނު ވަނީ ހުރިހާ ރައްޔިތުން ވެސް ނުކުމެ ވޯޓުލުމަށް އެދިވަޑައިގެންފައެވެ.

މަޖިލިސް އިންތިހާބުގައި ޕީއެންސީން ކިތައް ގޮނޑި ނަގާނެ ކަމަށް އުންމީދު ކުރެވޭތޯ ނޫސްވެރިއަކު ސުވާލު ކުރުމުން އެ ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ، މިއީ އެ މައުޟޫއުގައި ވާހަކަ ދައްކަންވީ ވަގުތު ނޫން ކަމަށެވެ.

މަޖިލިސް އިންތިހާބުގެ ވޯޓްލުން ކުރިއަށްދާނީ މިއަދު ހަވީރު 5:30 އާއި ހަމައަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: