ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުދައްރިސުންނަކީ ކުދިންގެ ދެވަނަ ބެލެނިވެރިޔާ : ސާޖިދާ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ޗައިމްސް ޕްރީސްކޫލުގެ ދަސްވެނިވުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

މުދައްރިސުންނަކީ ކުދިންގެ ދެވަނަ ބެލެނިވެރިޔާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ޗައިމްސް ޕްރީސްކޫލް ގްރެޖުއޭޝަން ހަފްލާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއެވެ. ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސާޖިދާ ވިދާޅުވީ ކުދިންގެ ކާމިޔާބީގެ ފަހަތުގައި ޓީޗަރުންގެ ޝާމިލް ބޮޑު ކަމަށާއި އަދި އެކަމަށް ޝުކުރުއަދާ ކުރާކަމަށެވެ.

މި ޖަލްސާގައި ޖުމްލަ 23 ދަރިވަރުންނަށްވަނީ އެވޯޑު ހަވާލުކޮށް ދެއްވާފައެވެ.

މި ޖަލްސާގައި ދަރިވަރުންނާއި ބެލެނިވެރިންނާއި މުޙާތަބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ދަރިވަރުންނަށް ނަސޭހަތުގެ ބަސްކޮޅެއް ވިދާޅުވެފައެވެ.

ހުރިހާ ދަރިވަރުންވެސް މުދައްރިސުންނާއި، ބެލެނިވެރިންގެ ހެޔޮބަސް އަހައި ކިޔެވުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ވަނީ ބާރުއަޅައިފައެވެ. އަދި ދަރިވަރުންނަށް މައިބަފައިންގެ ވަގުތު މުހިންމުކަން ފާހަގަކުރައްވައި، އެ ކުދިންނާއި އެކު ވަގުތު ހޭދަކުރުމުގެ މުހިންމު ކަން ވަނީ ފާހަގަކޮށްފައެވެ.

އިސްލާމްދީންއަށް ހުރުމަށްތެރިކޮށް ހިތުމާއި، ދަރިން އިސްލާމީ ގިއުގަނޑުގެ ތެރެއިން ތަރުބިއްޔަތު ކުރުމާއި އެ ކުދިންގެ ހިއްތަކުގައި ނަމާދު އާއި ޤުރުއާން އަކީ ލޯބި ޖެހިފައިވާ އަދި ލޯބި އުފެއްދުމަށް މަސައްކަތްކޮށްދެއްވުމަށް ބެލެނިވެރިންގެ ފަރާތުން ވަނީ އެދިވަޑައިގެންފައެވެ.

ޗައިމްސް ޕްރީސްކޫލުގައި 117 ދަރިވަރުން މިހާރު ތަޢުލީމު ހާސިލްކުރަމުން ދާއިރު މި ޖަލްސާގައި ޗައިމްސް ޕްރީސްކޫލުގެ ދަރިވަރުންގެ ފަރާތުން ޙާއްސަ ކުރެހުމެއް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުންނަށްވަނީ ދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: