ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ހަތަރު ވަޒީރެއް ސައުދީއަށް!

ފިނޭންސް މިނިސްޓަރާއި އިސްލާމިކް މިނިސްޓަރު ސައޫދީ ފަންޑުގެ އިސްވެރިންނާ ވަނީ ބައްދަލު ކުރައްވައިފަ--- ފޮޓޯ: ފިނޭންސް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެކި ބައްދަލުވުންތަކުގައި ބައިވެރިވުމަށް މި ސަރުކާރުގެ ކެބިނެޓުގެ ހަތަރު ވަޒީރެއް ސައުދީ އަރަބިއްޔާއަށް ވަޑައިގެންފި އެވެ.

މިވަގުތު އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދާއި، ފޮރިން މިނިސްޓަރ މޫސާ ޒަމީރު ސައުދީގައި ހުންނެވީ އިންޓަނޭޝަނަލް އިކޮނޮމިކް ފޯރަމްގައި ބައިވެރިވުމަށެވެ. އަދި ފިނޭންސް މިނިސްޓަރ ޝަފީގު ވަޑައިގަތީ އިސްލާމިކް ޑިވެލޮޕްމަންޓު ބޭންކުގެ އެނުއަލް ބައްދަލުވުމަށެވެ. އަދި އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަޑައިގަތީ މުސްލިމް ވޯލްޑް ލީގްގައި ބައިވެރިވެވަޑައިގަތުމަށެވެ.

ޑރ. ޝަހީމް ވަނީ ކުވައިތުގެ ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް ޑރ މާޖިދު ސުލައިމާން އަލްއާޒިމީއާ ވެސް ބައްދަލުކުރައްވާފައެވެ. އަދި ރާއްޖޭގެ ޒަކާތު ހައުސިން ކުރިއެރުވުމަށް މަޝްވަރާތަކެއްވެސް ވަނީ ކޮށްފައެވެ.

މީގެ ތިންމަސް ކުރިން ޒަކާތު ހައުސިން ރައީސުލްޖުމްހޫރިއްޔާ ވަނީ  އިފްތިތާހު ކޮށްދެއްވާފައެވެ. ޒަކާތު ހައުސް އިން މައިގަނޑު ކުރާނެ ކަންތައްތަކަކީ ޒަކާތުގެ ކަންކަން އިތުރަށް ހަރުދަނާކޮށް އައު ހަރުފަތަކަށް ގެންދިޔުމާއި ޒަކާތުގެ އިލްމު ފެތުރުމެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: