ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޯލްޑް ޓްރެވަލް އެވޯޑްސް: އިންޑިއަން އޯޝަން ކެޓަގަރީން ރާއްޖެއަށް ފަހުރުވެރި 4 އެވޯޑް

ދިވެހިރާއްޖޭގެ ފަރާތުން އެވޯޑުތަކާއި ހަވާލުވެލެއްވި ސަރުކާރުވެ ވަފްދު: ފޮޓޯ/ އެމްއެމްޕީއާރްސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ވޯލްޑް ޓްރެވަލް އެވޯޑްސް 2024ގެ އިންޑިއަން އޯޝަން ކެޓަގަރީ އިން ދިވެހިރާއްޖެއިން ހަތަރު އެވޯޑެއް ހާސިލުކޮށްފިއެވެ.

އެމްއެމްޕީއާރްސީއިން މައުލޫމާތު ދީފައިވާގޮތުން 1993 ވަނަ އަހަރުން ފެށިގެން ދެމުންދާ މި ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ އެވެއްކަމަށްވާ ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ ސިނާއަތުގައި ދެމުންދާ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ. އަދި އެ އެވޯޑުން ދިވެހިރާއްޖެ ފަތުރުވެރިކަމުގެ ދާއިރާގައި ހާސިލުކޮށްފައިވާ ބޮޑެތި ކާމިޔާބީތައް ރަމްޒުކޮށްދޭކަމަށްވެސް ހިއްސާކޮށްފައިވެއެވެ. މި އަހަރުގެ މި ހަފްލާ ކުރިއަށް ގެންދިޔައީ ޑުބާއީގައި ހުންނަ ވޯލްޑް ޓްރޭޑް ސެންޓަރުގައިކަމަށްވާއިރު، ފަތުރުވެރިކަމުގެ ވަޒީރު އިބްރާހިމް ފައިސަލް ހިމެނިވަޑައިގަންނަވާހެން ރާއްޖޭގެ ފަރާތުން ސަރުކާރުގެ އިސްވެރިންގެ ވަފްދެއް މި ހަފްލާގައި ބައިވެރިވެވެވަޑައިގަތެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްގައި މި އަހަރު ދިވެހިރާއްޖެއަށް ކާމިޔާބުކުރެވިފައިވަނީ ޖުމުލަ 4 އެވޯޑެއްކަމަށްވާއިރު، ރާއްޖޭގެ ފަރާތުން 2024ގެ ލީޑިންގް ޑެސްޓިނޭޝަން އެވޯޑާއި ހަވާލުވެވަޑައިގަތީ މިނިސްޓަރު ފައިސަލްއެވެ. އިންޑިއަން އޯޝަން ލީޑިންގް ހަނީމޫން ޑެސްޓިނޭޝަން އެވޯޑާއި ހަވާލުވެވަޑައިގަތީ އެމްއެމްޕީއާރްސީގެ ބޯޑުގެ ޗެއރޕާސަން އައިޝަތު ނޫރައިން ޖަނާހްކަމަށްވާއިރު، ތިން ވަނަ އަށް ލިބުނު އެވޯޑުކަމަށްވާ އިންޑިއަން އޯޝަން ލީޑިންގް ގްރީން ޑެސްޑިނޭޝަން އެވޯޑާއި ހަވާލުވެވަޑައިގަތީ އެމްއެމްޕީއާރްސީގެ އެމްޑީ ފާތިމަތު ތައުފީގުއެވެ. ރާއްޖޭގެ ފަރާތުން 2024 ވަނަ އަހަރުގެ އިންޑިއަން އޯޝަން ލީޑިންގް ޑައިވިންގް ޑެސްޓިނޭޝަން އެވޯޑާއި ހަވާލުވެވަޑައިގަތީ އެޑްވައިޒަރ ޓު ދަ ޕްރެސިޑެންޓް އޮން ޓުއަރިޒަމް މުހައްމަދު ޚަލީލް އެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްގައި އިންޑިއާ ކަނޑުގެ ކެޓަގަރީ އިން އެންމެ މަގުބޫލު މަންޒިލުގެ އެވޯޑު ރާއްޖެ އަށް ވަނީ ލިބިފަ —-ފޮޓޯ/އެމްއެމްޕީއާރުސީ

ރާއްޖެއަށް މި އަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑްސްއިން ހާސިލުކުރެވިފައިވާ ބޮޑެތި ކާމިޔާބީތަކުން ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިރާއްޖެއަށް ދެވަނަ ނެތް ފަދަ ގައުމެއްކަމުގެ ޖާގަ ކަށަވަރުކުރެވިފައިވާކަން ފެނިގެންދާކަމަށްވެސް ބުނެފައިވެއެވެ. އަދި އެކަމުން ދިވެހިރާއްޖެއިން ފަތުރުވެރިންނަށް ހަނދާނުން ނުފިލާނެ ފަދަ ތަޖުރިބާތަކެއް ކުރެވިގެންދާކަން ކަށަވަރުކުރުމަށްޓަކައި ކުރަމުން އައިސްފައިވާ ބުރަ މަސައްކަތްތަކަވެސް އެލިއެޅިގެންދާއިރު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ޕްރޮމޯޓުކުރުމުގައި އެމްއެމްޕީއާރްސީއިން ކުރަމުން އަންނަ މަސައްކަތްތަކުގައި ހިތްވަރު ލިބިގެންދާކަމަށްވެސް ބުނެފައިވެއެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްގައި އިންޑިއާ ކަނޑުގެ ކެޓަގަރީ އިން އެންމެ މަގުބޫލު މަންޒިލުގެ އެވޯޑު ރާއްޖެ އަށް ވަނީ ލިބިފަ —-ފޮޓޯ/އެމްއެމްޕީއާރުސީ

އެ ކުންފުނިން 2003 ވަނަ އަހަރު އިންޑިއަން އޯޝަން ކެޓަގަރީ ތައާރަފްކުރެވުނީއްސުރެ ދިވެހިރާއްޖެއަށް ހާސިލުކުރެވިފައިވާ ކާމިޔާބީތަކާއި ގުޅޭ މައުލޫމާތުވެސް ހިއްސާކޮށްފައެވެ. އެގޮތުން ރާއްޖެއަށް ލީޑިންގް ޑެސްޓިނޭޝަން އެވޯޑު 17 ފަހަރު ލިބިފައިވާއިރު ލީޑިންގް ހަނީމޫން ޑެސްޓިނޭޝަން އެވޯޑު 6 ފަހަރެއްގެ މަތިން ކާމިޔާބުކުރެވިފައިވާކަމަށާއި ލީޑިންގް ޑައިވް ޑެސްޓިނޭޝަންވެސް 9 ފަހަރެއްގެ މަތިން ކާމިޔާބުކުރެވިފައިވާކަން އެމްއެމްޕީއާރްސީއިން ހާމަކުރިއެވެ.

މި އަހަރަކީ ދިވެހިރާއްޖެ ފުރަތަމަ ފަހަރަށް ގްރީން ޑެސްޓިނޭޝަން އެއްގެ ގޮތުގައި ބަލައިގަނެފައިވާ ފަހަރު ކަމަށްވެސް އެ ކުންފުނިން ފާހަގަކުރިއެވެ. އަދި ލީޑިންގް ގްރީން ޑެސްޓިނޭޝަން އެވޯޑުން ދިވެހިރާއްޖެއިން ދެމެހެއްޓެނިވި އުސޫލުތަކުގެ މަތިން ފަތުރުވެރިކަމުގެ ސިނާއަތު ބިނާކުރުމަށް ކުރަމުން އައިސްފައިވާ ބުރަ މަސައްކަތްތައް ކުލަވެގެންދާކަމަށާއި މި އެވޯޑުތަކުގެ ސަބަބުން ހައި ޕްރޮފައިލް ލަގްޝަރީ ޑެސްޓިނޭޝަނެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ޝަހުސިއްޔަތަށް އިތުރުވެގެންދާކަމަށްވެސް ބުނެފައިވާއިރު، މި އެވޯޑުތަކުން ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން ދިވެހިރާއްޖެ ދެކެ ވާ ލޯތްބާއި ކުރާ އިތުބާރުވެސް ފެނިގެންދާކަމަށްވުމުން މިއީ ދުނިޔޭގެ އެންމެ އިސް ފަތުރުވެރިކަމުގެ މަންޒިލަށްވުމަށްޓަކައި ހާސިލުކުރެވިފައިވާ މުހިންމު ލަނޑުދަނޑިއެއްކަމަށްވެސް ހިއްސާކޮށްފައިވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: