ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްޕީއާރްސީން ޓީޓީއެމް ފެއާރ 2022 ގައި ބައިވެރިވެއްޖެ

ޓީޓީއެމް 2022 : ފޮޓޯ / ވިސިޓް މޯލްޑިވްސް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މާކެޓިންގެ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، (އެމްއެމްޕީއާރުސީ) ޓީޓީއެމް 2022ގައި ބައިވެރިވެއްޖެ އެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފަތުރުވެރިކަމުގެ ހަރަކާތްކަމަށްވާ ޓީޓީއެމް 2022 ގައި އެމްއެމްޕީއާރްސީން ބައިވެރިވެފައި ވަނީ ލޯކަލް އަދި އިންޓަރނޭޝަނަލް ސްޓޭކް ހޯލްޑަރުންނާއި، ގުޅުން ބަދަހިކޮށް، ރާއްޖެ އިތުރަށް މާކެޓުކުރުމުގެ މަގުސަދުގައިކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ޓީޓީއެމް 2022 ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ، މާލޭގައި ހުންނަ މީރުމާ ކޮންފަރެންސް ފެސިލިޓީގައި އޮގަސްޓު މަހުގެ 23-25 އަށެވެ. އަދި ޓީޓީއެމް 2022ގެ ސަމިޓު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 25 ވަނަ ދުވަހު ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ. އެވޯޑު ދިނުމާއި ގާލާ ނައިޓުވެސް ކުރިއަށް ގެންދާނީ، ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ.

ޓީޓީއެމް 2022 ގެ ދަށުން ތަފާތު އެކި ހަރަކާތްތައް ކުރިއަށް ގެންދާއިރު، ހައިބްރިޑް އެކްޓިވިޓީތަކާއި، ޓީޓީއެމް ކަނެކްޓު، ޓީޓީއެމް ޓްރެވަލް ސަމިޓު އަދި ޓީޓީއެމް އެވޯޑާއި ގާލާ ނައިޓުވެސް ހިމެނެއެވެ.

މި އިވެންޓުގައި 500 އަށްވުރެ ގިނަ ފަތުރުވެރިކަމުގެ ޕްރޮފެޝަނަލްއިން ބައިވެރިވާއިރު، 1 ބިލިއަން ޑޮލަރުގެ އަގު ހުރި ފަތުރުވެރިކަމުގެ އެއްބަސްވުމަކާއިމެދު މި އިވެންޓު މެދުވެރިކޮށް މަޝްވަރާކުރެވިގެންދާނެއެވެ.

މި އިވެންޓުގައި އެމްއެމްޕީއާރްސީގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ތޮއްޔިބު ވާހަކަދައްކަވާނެއެވެ. އެނާ ވާހަކަދައްކަވާނީ، “އިވޮލިއުޝަން އޮފް ޑެސްޓިނޭޝަން މާކެޓިންގް” މައުލޫގެ މައްޗަށެވެ. އަދި އެކްސްޕާޓު ސްޕީކާއެއްގެ ހައިސިއްޔަތުން އެނާވަނީ ޕެނަލް ޑިސްކަޝަންއެއްގައި ބައިވެރިވުމަށްވެސް ހަމަޖެހިފައެވެ.

ޓީޓީއެމް 2022ގެ ދެސްޓިނޭޝަން ޕާޓްނަރުންނަކީ، ވިސިޓް މޯލްޑިވްސް، އުރީދޫ މޯލްޑިވްސް، އައިޑިއާސް، ކްރޮސްރޯޑްސް މޯލްޑިވްސް، ޖަލްބޫޓް، އަލް ޝާލީ މެރިން، އެޗްއާރުއެސް، ލޮޓަސް ބައިކް ޝޮޕް، ރެޑް ކްރިއޭޓިވްސް، މެޑްޓެކް، (މޯލްޑިވްސް އެއަރޕޯޓު ކޮމްޕެނީލިމިޓަޑް) އެމްއޭސީއެލް އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: