ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“އެކްސްޕީރިއަންސް ލައިވް ފްރޮމް މޯލްޑިވްސް” ސީރީޒް ފަށައިފި

ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް ރާއްޖެއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ތަފާތު ބައެއް ތަޖްރިބާތަށް ދުނިޔެއަށް ދައްކާލުމަށް ތައްޔާރުކޮށްފައިވާ އެމްއެމްޕީއާރުސީގެ ހާއްސަ ސޯޝަލް މީޑިއާ ސީރީޒް “އެކްސްޕީރިއަންސް ލައިވް ފްރޮމް މޯލްޑިވްސް” ފަށައިފިއެވެ.

މިއީ ރާއްޖޭގެ ތަފާތު ތަޖުރިބާތައް ވަކިވަކި މާކެޓްތަކަށް ގެނެސްދިނުމުގެ މަޤްސަދުގައި ތައްޔާރުކޮށްފައިވާ ސޯޝަލް މީޑިއާ ސީރީޒްއެކެވެ. ދިހަ އެޕިސޯޑަށް ބަހާލައިގެން ކުރިއަށްގެންދާ މި ސީރީޒްގެ ފުރަތަމަ އެޕިސޯޑު މިހާރު ވަނީ ފޭސްބުކާއި ޔޫޓިއުބްގައި ލޯންޗްކޮށްފައެވެ. މި ސީރީޒްގެ ކޮންމެ އެޕިސޯޑެއްގެ ދިގުމިނަކީ 60-45 މިނެޓެވެ. އަދި މި ސީރީޒް ވެއިބޯ އާއަ ވީޗެޓްގެ އިތުރުން ޖަޕާން އާއި ދެކުނު ކޮރެއާއަށް ހާއްސަކޮށްފައިވާ އެމްއެމްޕީއާރުސީގެ ސޯޝަލް މީޑިއާ އެކައުންޓުތައް މެދުވެރިކޮށް ހިއްސާ ކުރާނެއެވެ. މި ސީރީޒްގެ އެޕިސޯޑްތައް ހާއްސަކުރެވިފައިވަނީ އޮސްޓްރޭލިއާ، ޗައިނާ، ފްރާންސް، ޖަރުމަނުވިލާތް، އިންޑިއާ، އިޓަލީ، ޖަޕާން، މެދުއިރުމަތި، ރަޝިއާ، ސައުތް ކޮރެއާ، ސައުތްއީސްޓް އޭޝިއާ، ސްކެންޑެނޭވިއާ، ޔޫކޭ އަދި އެމެރިކާއަށެވެ. މިސީރީޒް ސްޓްރީމް ކުރާނީ ޖެނުއަރީ މަހުގެ 18 އިން ފެށިގެންނެވެ.

މިކެންޕެއިން އަކީ ދުނިޔޭގެ އެކި މާކެޓްތަކުގައި ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެންޕީއާރުސީން ގެންގުޅޭ ސްޓްރެޓަޖީގެ ދަށުން ހިންގޭ މާކެޓިން ކެންޕެއިނެކެވެ. މިސީރީޒް މެދުވެރިކޮށް ރާއްޖޭގެ ތަފާތު ތަޖުރިބާތައް ބައިނަލްއަޤްވާމީ ފެންވަރުގައި އިޝްތިހާރުކުރެވޭނެއެވެ. މިގޮތުން ރާއްޖޭގެ ތަފާތު މަންޒިލްތަކުގެ ރީތި މަންޒަރުތަކާއި، ރާއްޖެއިން ފަތުރުވެރިންނަށް ލިބެން ހުރި ތަފާތު ތަޖުރިބާތައް ދުނިޔޭގެ އެކި ޤައުމުތަކުގައި ދިރިއުޅޭ މީހުންގެ ސްކްރީން ތަކާއި ހަމައަށް ފޯރުކޮށްދީ، ތަފާތު މީޑިއާތައް މެދުވެރިކޮށް ދައްކާ މި މަންޒަރުތަކުގެ ސަބަބުން، ރާއްޖެއާމެދު އޮންނަ ޝައުގުވެރިކަން އިތުރުކުރެވިގެންދާނެއެވެ. މީގެ އިތުރުން، ރާއްޖެއަކީ ޗުއްޓީ ހޭދަކުރުމަށް އެންމެ ރައްކާތެރި އެއް މަންޒިލްގެ ގޮތުގައި ޕްރޮމޯޓުކުރެވޭނެއެވެ.

ރާއްޖެ ދުނިޔޭގެ ފެންވަރުގައި އިޝްތިހާރުކުރުމުގެ ޒިންމާ އުފުލާ ކުންފުނީގެ ހައިސިއްޔަތުން އެމްއެމްޕީއާރްސީ އިން ވޭތުވެދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، އިންޑަސްޓްރީގެ ޕާޓްނަރުންނާއެކު 22 މާކެޓެއްގައި 260 ހަރަކާތް ވަނީ ހިންގާފައެވެ. މީގެތެރޭގައި ފެއަރތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ އިތުރުން، އެކި ޤައުމުތަކުގައި ރޯޑްޝޯތައް ވެސް ވަނީ ބާއްވާފައެވެ. އަދި ވެބިނާތަކާއި، ފެމިލަރައިޒޭޝަން ދަތުރުތަކުގެ އިތުރުން މާކެޓިން ކެމްޕެއިންތައް ވަނީ
ހިންގާފައެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް ރާއްޖެއަކީ ފަތުރުވެރިންގެ އިތުބާރު ލިބިފައިވާ މަންޒިލެއްކަމަށް ހެކިވާ އެންމެ އަލިގަދަ ނިޝާނަކަށް ވެގެންދިޔައީ، ވޯލްޑް ޓްރެވަލް އެވޯރޑްސް’ (ޑަބްލިއުޓީއޭ) 2021ގައި ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން’ ގެ ލަގަބު ޖެހިޖެހިގެން ދެވަނަ އަހަރަށް ރާއްޖެއަށް ކާމިޔާބު ކުރެވުންކަމަށް އެމްއެމްޕީއާރްސީއިން ދެކެއެވެ.

ކުރިޔަށް މި އަހަރަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީހުގައި ވަރަށް ހާއްސަ އަހަރެއްކަމަށް އެމްއެމްޕީއާރްސީއިން ބުނެއެވެ. ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ހާއްސަ ހަރަކާތްތައް މިދިޔަ އަހަރު ފަށައިގަތީ ކުލަގަދަ ހަރަކާތްތަކަކާ އެކުގައެވެ. އެމްއެމްޕީއާރްސީގެ ފަރާތުން ރާއްޖޭގެ ޓޫރިޒަމްގެ ރަން ޔޫބީލް ފާހަގަކުރުމަށް އެތައް ހަރަކާތްތަކެއް ވަނީ ރާވާފައެވެ. މީގެ ތެރޭގައި، 2022ވަނަ އަހަރުގެ ފުރަތަމަ ކުއާރޓާގައި އެކަނިވެސް 60 އިންސަޕާރސަން ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މީގެ ތެރޭގައި 11 ފެއަރ އާއި ރޯޑްޝޯތަކާއި އެހެނިހެން ހަރަކާތްތައް ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: