ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންނަށް އަސާސީ ހިދުމަތް ބޭނުންވާ ގޮތަށް ވައިގެ ދަތުރުފަތުރުވެސް ބޭނުންވޭ: ނާސިފް

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ޗެއާމަން އަހުމަދު ނާސިފް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ރަށްތައް އެތުރިފައި އޮންނަގޮތުން ވައިގެ ދަތުރުފަތުރު ބޭނުންވާއިރު އެކަން ކުރުމުގައި ދަތިތަކެއް އެބަހުރިކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ޗެއާމަން އަހުމަދު ނާސިފް ވިާޅުވެއްޖެއެވެ.

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ނާސިފް ވިދާޅުވީ ރައީސްގެ މަސައްކަަތް ކުރުމުގެ ތަސައްވުރަށް ބަލާއިރު ރީޖަނަލް އެއާޕޯޓްސް އަކީ މުހިންމު ދައުރެއް އަދާ ކުރާނެ އަދި ރައްޔިތުންގެ ދަތުރުފަތުރާއި ގުޅުންހުރި ކަންކަމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރާ ކުންފުންޏެއް ކަމަށެވެ.

ނާސިފް ވިދާޅުވީ ކުރިއަށް އޮތް މުސްތަގުބަލުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުތަކާއި ގުޅޭ ގޮތުން އެއާޕޯޓާއި ގުޅުންހުރި، އަދި ކުންފުނީގެ މަސައްކަތްތައް އިތުރަށް ފުޅާވެ ރައީސްގެ ސިޔާސަތު ތަނަފީޒު ކުރުމަށް ކުންފުނީގައި ގިނަ މަސައްކަތްތަކެއް ރޭވިފައިވާ ކަމަށެވެ.

ނާސިފް ވިދާޅުވީ މައިގަނޑު މިހާރު ކުންފުނީގައި އޮތީ 8 އެއާޕޯޓް ކަމަށާއި އެއާޕޯޓުތަކަކީ 2020 ވަނަ އަހަރު ވުޖޫދުވި އެއާޕޯޓުތަކެއް ކަމަށެވެ.

ދަތުރުފަތުރުގެ މުހިންމުކަން ނުވަތަ ސަރުކާރުގެ ސިޔާސަތެއްގެ ދަށުން 20 މިނެޓު ނުވަތަ 30 މިނެޓުގެ ރޭންޖެއްގައި ވައިގެ މަގުން ދަތުރު ކުރުމުގެ މަގު ފުޅާ ކުރުމަށްޓަކައި އުފެދިގެން އައި ކުންފުންޏަކަށް ވާއިރު މިއަދު އެކި އެއާޕޯޓުތައް އެކި ގޮތަށް އޮޕަރޭޓް ކުރެވިގެންދާކަމަށް ނާސިފް ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް ސްޓްރީމް ލައިންކޮށް އެއް މިސްރާބަކަށް ހުރިހާ އެއާޕޯޓުތައް ގެނެސް ވަކި ސްޓޭންޑެއްގައި އޮޕަރޭޓް ކުރުމުގައި ނުވަތަ ހިންގުމުގެ މުހިންމުކަން ނާސިފް ވަނީ ފާހަގަކުރައްވާފައެވެ.

”އެގޮތުން މިއަދު އަޅުގަނޑުމެން މި ފާހަގަކުރާ 8 އެއާޕޯޓުގައި އެކި ރޭންޖަށް، އެކި ރަންވޭ އެކި މަތިންދާ ބޯޓުތަކަށް ކޭޓާ ކުރެވި ޖުމްލަ ގާތްގަނޑަކަށް 635 ނޫނީ 650 އެއްހާ މުވައްޒަފުން މިހާރު ކުންފުނީގައި އެބަތިބި. ދެން އެހެންނަމަވެސް މިއާއި އެކުދަންނަވާލަން މުހިންމު ކަންނޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރާއިރުގައި މިކަމާ ގުޅިލާމެހިފައިވާ ވަރަށް ގިނަ ކަންކަން އެބަހުރި. ފުރަތަމަ ކަމަށް ސަރުކާރުގެ ސިޔާސަތުތަކާއި އެކީ އެއާޕޯޓް ތަރައްގީ ކުރުމަށް ވަކި ރަށް ތަކެއް ކަނޑައެޅޭ އިރުގައި ވަކި ރޭންޖެއްގައި އެއާޕޯޓް ހުރުމަށް ވަކި އަތޮޅުތަކެއްގައި ިހުރީ ނިމިފައި“

ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރާއިރު މިކަމާ ގުޅިލާމެހިފައިވާ ކަންކަމުގެ ތެރޭގައި އެއާޕޯޓް އޮޕަރޭޝަން އާއި ހަމައަށް ގެނައުމުގައި ފައިނޭންސް ހޯދުމުގެ މަސައްކަތްއޮތް ކަމަށް ނާސިފް ވިދާޅުވިއެވެ. ހަމައެއާއިއެކު އެއާޕޯޓު ތަރައްގީ ކުރެވި މުވައްޒަފުން ނެގުމާއި އޮޕަރޭޝަނަލްކޮށް ކުރިމަތިވާ ރިކަރަންޓު ހަރަދުތަކެއް ވެސް ހުރިކަމަށް ނާސިފް ވިދާޅުވިއެވެ.

މީގެއިތުރުން ހިންގުމުގައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކޮމާޝިއަލީ ކުރެވޭ ވައަބިލިޓީ ކަމަށް ނާސިފް ވިދާޅުވިއެވެ. އަދ ވައިގެ ދަތުރު ތަކަކީ ރައްޔޮތުންނަށް ސީދާ ގުޅިފައިވާ ކަމެއް ކަމަށާއި އެހެންކަމުން އެކަން ޔަގީނުންވެސް ކުރަންޖެހޭ ކަމަށް ނާސިފް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: