ސަރުކާރުގެ އަމާޒަކީ ތެލެސީމިއާ ކުދިންނަށް ފެންވަރު ރަނގަޅު ޞިއްޙީ ފަރުވާ ފޯރުކޮށްދިނުން ކަމަށް ސިއްޙަތާބެހޭ ވަޒީރު ޑރ ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤްވާމީ ތެލަސީމިއާ ދުވަހާ ގުޅިގެން ހެލްތް މިނިސްޓަރ ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ތެލަސީމިއާ ބަލި ތަހައްމަލުކުރަމުންދާ ކޮންމެ ފަރާތްތަކަށް ވެސް ފެންވަރު ރަނގަޅު ސިއްޙީ ފަރުވާއެއް ފޯރުކޮށްދިނުންކަމަށެވެ. އަދި ތެލަސީމިއާ ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ހަމަހަމައަށް ފަރުވާ ފޯރުކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށް ވަޒީރު ވަނީ ފާހަގަކޮށްފައެވެ.
ސަރުކާރުގެ ”ހަފްތާ 14“ ގެ ތެރޭގައި ތެލެސީމިއާ ކުދިންނަށް ހާއްސަ އިސްކަމެއް ދީގެން ތެލަސީމިއާ ކުދިންގެ ފަރުވާއަށް ހާއްސަ ހޮސްޕިޓަލެއް، މާލެ ސަރަޙައްދުގައި އަޅަން ކެބިނެޓުން ނިންމުމަށްފަހުގައި، ހުޅުމާލެ، ދެވަނަ ފިޔަވަހިން 71،000 އަކަފޫޓުގެ ބިމެއް މިހާރު ވަނީ ހަމަޖައްސާފައެވެ.
މީގެއިތުރުން ބޯންމެރޯ ޓްރާންސްޕްލާންޓް ފަރުވާ، ސަރުކާރުގެ ހަރަދުގައި ހިލޭ ކުރެވޭ ގޮތްތަށް ވަނީ ހަމަޖައްސާފައެވެ. އަދި ސަރުކާރުގެ އަމާޒަކީ ޖުމްލަ 50 ފާރާތްތަކަށް ބޯންމެރޯ ޓްރާންސްޕްލާންޓް ފަރުވާ މި 5 އަހަރު ތެރޭގައި ފޯރުކޮށްދެވުމެވެ. މިހާތަނަށް ޖުމްލަ 2 ފަރާތްތަކުން ވަނީ މި ފަރުވާއަށް ގޮސްފައެވެ.
މީގެ އިތުރުން 2025 ވަނަ އަހަރުގެ ބަޖެޓް ގައި އިނާޔަތް ދިނުމަށް ފައިސާ ހިމަނުއްވާފައި ވެއެވެ.

