ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

އުމްރާއަށް ދިއުމަށް ދިވެހިން އެމީހުންގެ އާއިލާއާއެކު އެއާޕޯޓުގައި --- ފޮޓޯ/ ޤިބްލަ ހައްޖު އެންޑް އުމްރާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަމުގެ ހުއްދައަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު 16 މެއި 2024 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވާލައިފައިވާ ކަމަށެވެ.

މީގެ އިތުރުން ޕްރޮޕޯސަލް ހުށަހެޅޭނީ ދިވެހިރާއްޖެއިން މީހުން ޢުމްރާއަށް ގެންދިއުމާއި ބެހޭގޮތުން 9 ފެބަރއަރީ 2022 ވީ ބުދަ ދުވަހު ގެޒެޓް ކޮށްފައިވާ ”ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލު“ ގެ 5 ވަނަ މާއްދާގައި ބުނެފައިވާ ޝަރުތު ފުރިހަމަވާ ކުންފުނި ތަކަށް ކަމަށް ޢިއުލާނުގައި އެވެެ. އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދި ހުށަހަޅަން ޖެހޭ ޕްރޮޕޯސަލް ފޮތް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ޢިއުލާނުގައި ވެއެވެ. ޕްރޮޕޯސަލް ހުށައަޅާނީ ސިޓީއުރައެއްގައި ބަންދުކޮށް، ސިޓީ އުރައިގައި ”ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި“ މިހެން ލިޔެފައި ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

މިނިސްޓްރީން ހުއްދަ ނުހޯދާ މީހުން އުމްރާ ގެންދާ މައްސަލަ ކޮންމެ އަހަރުކުވެސް ވަނީ ފެންމަތިވެފަ އެވެ. އެގޮތުން މި އަހަރު ވެސް ކުންފުންޏަކުން އެގޮތަށް ބަޔަކު އުމްރާއަށް ގެންގޮސް، ޗެކް ބައުންސްވެ ގިނަ މައްސަލަތަކެއް ދިމާވި އެވެ. އަދި އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނެތި އެޑްވާންސްކޮށް ފައިސާ ނެގުމަކީ މަނާ ކަމެއް ކަމަށް މިނިސްޓްރީންވަނީ ފާހަގަ ކޮށްފައެވެ.

ޕްރޮޕޯސަލް ބަލައިގަތުމަށް ހަމަޖެހިފައިވާ މުއްދަތަކީ 12 މެއި ވާ އާދިއްތަ ދުވަހުން ފެށިގެން 16 މެއި 2024 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ( ސަރުކާރު ބަންދު ނޫން ) ކޮަންމެ ދަވަހަކު 9:00 އިން 12:00 އަށް މިނިސްޓްރީގެ ކައުންޓަރުންކަމަށް ބަޔާންކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: