ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޫސުން ގޯސްވެ، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި

ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވުން
ޝެއާރކޮށްލާ ކަހަލަދޯ؟

މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމި އިދާރާ (މެޓް) އިން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު މެންދުރު ފަހު 12:30 އިން ފެށިގެން ހަވީރު 17:00 އަށެވެ.

އެ އޮފީހުން ބުނީ، މިވަގުތުތަކުގައި މުޅި ރާއްޖެއަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭކަމަށެވެ.

12:30 އިން ފެށިގެން ހަވީރަށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައިވާއިރު، މީގެ ކުރިން ހެނދުނު 7:15 އިން ފެށިގެން މެންދުރު ފަހު 13:00 އާއި ހަމައަށް މެޓުން ހުދު ސަމާލު ނެރެފައިވަނީ ހދ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށެވެ.

އޭރު މެޓުން ލަފާކޮށްފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށެވެ.

ކުރިއަށް އޮތް 4 މަހު އުތުރާއި މެދު ރާއްޖެ ތެރެއަށް އާންމުކޮށް ވާރޭވެހޭ މިންވަރަށްވުރެ އިތުރަަށް ވާރޭވެހޭނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ.

މިދިޔަ ދުވަސްތަކުގައި އާދަޔާ ހިލާފަށް ހޫނު ގަދަވެފައިވާއިރު، މެޓް އޮފީހުން މިއަދު ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގެ ދެކުނަށް މިދުވަސްވަރު ވާރޭ ވެހޭނީ އާންމުކޮށް ވާރޭ ވެހޭ މިންވަރަށްވުރެ މަދުންކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް މިދުވަސްވަރު ފިނި ހޫނުމިން އެންމެ މައްޗަށް ދާނެ މިންވަރާއި އެންމެ ދަށަށް ދާނެ މިންވަރުވެސް، އާންމު މިންވަރަށްވުރެ މަތިވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ކުރިއަށް އޮތީ ހުޅަނގު މޫސުމެވެ. މިއީ އާންމު ގޮތެއްގައިވެސް ރާއްޖެއަށް ވިއްސާރަ ކުރާ ދުވަސްވަރެވެ. މި ދުވަސްވަރުވެސް އެކި ހިސާބުތަކަށް މޫސުން ގޯސްވެ، ވިއްސާރަކުރެއެވެ.

މި ވިއްސާރައިގައި އެކި ސަރަހައްދުތަކުގައި ފެން ބޮޑުވެގެން ދިޔައިރު، މާލެއަށްވެސް މި ވިއްސާރައިގެ އަސަރު ކުރިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: