ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2023 ވަނަ އަހަރު އިގްތިސާދު ދިޔައީ ލަފާ ކުރި މިންވަރަށްވުރެ ދަށަށް: އެމްއެމްއޭ

އެމްއެމްއޭ ބިލްޑިނގް
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ވަނަ އަހަރުގެ އިގްތިސާދީ ކުރިއެރުން ލަފާކުރި މިންވަރަށްވުރެ ދަށަށް ގޮސްފައިވާކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އަހަރީ ރިޕޯޓުން ދައްކައިފިއެވެ.

ރިޕޯޓުން ދައްކާ ގޮތުގައި އިގްތިސާދީ ކުރިއެރުވުން ވަނީ ލަފާކުރި ވަރަށްވުރެ 4.7 ޕަސެންޓު ދަށަށް ގޮސްފައެވެ.

އެމްއެމްއޭގެ ރިޕޯޓުގައިވާގޮތުން އިގްތިސާދީ ދުވެލި ދަށަށް ދިޔަ ސަބަބުތަކުގެ ތެރޭގައި ކޮންސްޓްރަކްޝަން ދާއިރާ އާއި ފަތުރުވެރިކަމުގެ ދާއިރާ އިން ލަފާކުރި ވަރުގެ ކުރިއެރުމެއް ނުލިބުމުގެ ސަބަބުންނެވެ. އެމްއެމްއިން ބުނެފައިވާ ގޮތުގައި ފަތުރުވެރިކަމުގެ ދާއިރާއިން އިގްތިސާދީ ކުރިއެރުވުން ދަށަށް ދިޔައީ ފަތުރުވެރިން ރާއްޖޭގައި ހެދަކުރާ މުއްދަތު ކުރުވުމުގެ ސަބަބުންނެވެ. މި އަދަދު ވަނީ 2 އިންސައްތަ ދަށަށް ގޮސްފައެވެ.

ފަތުރުވެރިން އެ ދުވަސްވަރު ރާއްޖޭގައި ހޭދަކުރަނީ 7 އަކާއި 8 އަކާއި ދެމެދު ދުވަހެވެ. 2023 ވަނަ އަހަރު ފަތުރުވެރިކަމުގެ ދާއިރާ މުޅި ޖުމްލަ އާމްދަނީވެސް ދަށަށް ގޮސްފައިވާކަން ފާޙަގަކުރެއެވެ.

2023 ވަނަ އަހަރު އިގްތިސާދީ ގޮތުން ރާއްޖެ ކުރިއެރީ 8.1 އިންސައްތައިންކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ ރިޕޯޓުން ދައްކައެވެ. 2023 ވަނަ އަހަރު އިގްތިސާދު ކުރިއަރާނެކަމަށް ލަފާކޮށްފަވަނީ 3.3 އިންސައްތައިގައެވެ. ނަމަވެސް އެމްއެމްއޭއިން ލަފާކުރަނީ 5.5 އިންސައްތައިގައި ކުރިއަރާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: