ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއަކީ ހަނީމޫން އަދި ލަގްޝަރީއާއި ގުޅިފައިވާ ގައުމެއް: ނޫރައިން

އެމްއެމްޕީއާރުސީގެ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާހް
ޝެއާރކޮށްލާ ކަހަލަދޯ؟

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ލީޑިންގް ހަނީމޫން ޑެސްޓިނޭޝަން އެވޯޑު ހާސިލުކުރެވުމަކީ ބޮޑު ޝަރަފެއްކަމަށާއި ރާއްޖެއަކީ ހަނީމޫން އަދި ލަގްޝަރީއާއި ގުޅިފައިވާ ގައުމެއްކަމަށް އެމްއެމްޕީއާރްސީގެ ޗެއަރޕާސަން ނޫރައިން ޖަނާހް ވިދާޅުވެއްޖެއެވެ.

ޑުބާއީގައި ކުރިއަށް ގެންދިޔަ ވޯލްޑް ޓްރެވަލް އެވޯޑްސް ހަފްލާގައި މީޑިއާތަކަށް ދެއްވި އިންޓަރވިއުއެއްގައި ނޫރައިންވަނީ ދިވެހިރާއްޖެއަށް ލީޑިންގް ހަނީމޫން ޑެސްޓިނޭޝަން ލިބިފައިވުމަކީ ބޮޑު ޝަރަފެއްކަމަށް ހިއްސާކުރައްވާފައެވެ. އަދި ދިވެހިރާއްޖެއަށް މީގެ ކުރިންވެސް އެ އެވޯޑް ހާސިލުވެފައިވާކަމުގެ މައްޗަށް އަލިއެޅުއްވިއިރު ރާއްޖެއަކީ ހަނީމޫންކުރުމާއި ލަގްޝަރީ ދަތުރުފަތުރާއި ގުޅިފައިވާ ގަައުމެއްކަމަށްވެސް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، އިތުރު ފަހަރަކަށް އެވޯޑް ހާސިލުވެފައިވުމަކީވެސް ލިބިފައިވާ ބޮޑު ޝަރަފެއްކަމަށްވާއިރު، އަރަބި މާކެޓުގައި ފަތުރުވެރިކަމުގެ މި ދާއިރާ އިތުރަށް ހަރުދަނާވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށެވެ. އޭނާ ވިދާޅުވީ، އެ މާކެޓަށް ދެމެހެއްޓިނިވި އުސޫލުތަކެއްގެ މަތިން ބިނާވެފައި އޮތުން މުހިންމުކަމަށާއި ފަތުރުވެރިންނަށް ޕްރައިވެސީ އަދި ލަގްޝަރީ ފެންވަރުގެ ހިދުމަތްތަކެއް ދެވިގެންދިއުންވެސް މުހިންމުކަމަށް ވިދާޅުވިއެވެ. އެހެންކަމުން ލީޑިންގް ހަނީމޫން ޑެސްޓިނޭޝަން އެވޯޑް ލިބިފައިވުމާއިމެދު އުފާކުރައްވާކަމަށްވެސް ވިދާޅުވިއެވެ.

ނޫރައިން ވިދާޅުވީ، އަރަބި މާކެޓަށް ދެއްވަން ބޭނުންވާ މެސެޖަކީ ރާއްޖެއަށް މާކެޓު ވަރަށް މުހިންމުކަން ކަމަށާއި ހާއްސަ ގޮތެއްގައި 2022 ވަނަ އަހަރުން ފެށިގެން އަރަބި މާކެޓު ފާހަގަކުރެވޭކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ޕެންޑެމިކަށްފަހު އަރަބި މާކެޓު ވެގެން އައިސްފައިވަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމުގެ މުހިންމު ބައިވެރިއަކަށް ކަމަށާއި އިންވެސްޓަރުންގެ ގޮތުގައިވެސް މާކެޓުގެ ތެރެއިން ފައިދާތައް ލިބެމުންދާކަން ހިއްސާކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: