ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަރަދުކުޑަކުރުމުގެ ސިޔާސަތަށް ފުރިހަމައަށް އިހުތިރާމްކުރަން: ބައްސާމް

އެމްއެމްޕީއާރްސީގެ ކުރީގެ ޑީއެމްޑީ ބައްސާމް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ މުހައްމަދު މުއިއްޒު ދިވެހިރާއްޖޭގެ ހަރަދުތައް ކުޑަކުރުމަށް އަޅުއްވަމުންދާ ފިޔަވަޅުތަކަށް ފުރިހަމައަށް އިތުބާރުކުރައްވާކަމަށް އެމްއެމްޕީއާރްސީއިން އިސްތިއުފާ ދެއްވާފައިވާ އެ ކުންފުނީގެ ކުރީގެ ޑީއެމްޑީ ބައްސާމް އާދަމް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބައްސާމްވަނީ އޭނާ އިސްތިއުފާ ދެއްވީ ހަރަދު ކުޑަކުރުމުގެ މަސައްކަތްތަކަށް އެއްބާރުލުން ދެއްވުމުގެ ގޮތުންކަމަށް ސިފަކުރައްވާފައެވެ. އަދި ރައީސް މުއިއްޒު އެ މަސަައްކަތްތައް ކުރައްވަމުންދާ ގޮތާއިމެދު ހިތްހަމަޖެހިވަޑައިގަންނަވާކަންވެސް ހިއްސާކުރެއްވިއެވެ.

ބައްސާމް ވިދާޅުވީ، އެމްއެމްޕީއާރްސީގެ ޑީއެމްޑީގެ ގޮތުގައި ހުންނަވަން ލިބިވަޑައިގަތުމަކީ ޝަރަފެއްކަމަށެވެ. އޭނާ ވިދާޅުވީ، އެ ކުންފުނީގައި މަސައްކަތްކުރެއްވީ މުއައްޒަފުންގެ މަސައްކަތު މާހައުލާއި ދުޅަހެޔޮކަން އިތުރުކުރެއްވުމާއި ރާއްޖެ މާކެޓުކުރެއްވުމުގައިކަމަށެވެ.

ބައްސާމް ވިދާޅުވީ، ކުރައްވަމުންދިޔަ މަސައްކަތްތަކުގެ ތެރޭގައި ބޭރު ގައުމުތަކުގެ އެކި ފަރާތްތަކާއި އެކު ގުޅުން ބަދަހިކުރުން ހިމެނޭކަމަށާއި ލިބިވަޑައިގެންފައިވާ ފުރުސަތުތަކާއި އެހީއަށް ޝުކުރުވެރިވާކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 75%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: