ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ައދ ގެ ފުރިހަމަ މެމްބަރުކަން ފަލަސްތީނަށް ދޭން ފާސް ކުރުމުން ރައީސްގެ ތައުރީފު

ައދ ގެ ފުރިހަމަ މެމްބަރުކަން ފަލަސްތީނަށް ދޭން ފާސް ކުރުމުން ރައީސް މުޢިއްޒުގެ ތައުރީފު
ޝެއާރކޮށްލާ ކަހަލަދޯ؟

އދ.ގެ އާންމު މަޖިލިހުން ފަލަސްތީނަށް އދ.ގެ ފުރިހަމަ މެމްބަރުކަން ދޭން ފާސް ކުރުމަށް ގައުމުތަކުން އެޅި މުހިންމު ފިޔަވަޅަށް ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ތައުރީފް ކުރައްވައިފިއެވެ.

ރައީސް ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނަށް ހައްޤު ކަށަވަރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގައި ގިނަ ދުވަސްތަކެއް ވަންދެން ކެތްތެރިވެފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުންނާއި އެންމެހާ ފަރާތްތަކުން ފަލަސްތީނުގެ ކެތްތެރިކަމާއި ހިތްވަރުން މިސާލު ލިބިގަންންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

އދ.ގެ އާންމު މަޖިލިހުގެ 10 ވަނަ ކުއްލި ބައްދަލުމުގައި ފަލަސްތީނުގެ ރައްޔިތުން އަދުލު އިންސާފު ގާއިމް ކުރުމަށް ކުރަމުންދާ މަސައްކަތުގައި، ތާރީހީ ކާމިޔާބީއެއް ފެނިގެން ހިނގައްޖެއެވެ.

މީގެ އިތުރުން ފަލަސްޠީނުގައި ހިނގަމުންދާ ހަމަނުޖެހުމަށް ދެމެހެއްޓެނިވި ޙައްލެއް ހޯދޭނީ 1967ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް އެކުލެވިފައިވާ، އިރުމަތީ ޤުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައެޅިފައިވާ މިނިވަން ދައުލަތެއް ޤާއިމުކުރެވިގެންކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އދ. ގެ އާންމު މަޖިލީހުގެ ކުއްލި ބައްދަލުވުމުގައި ފަލަސްތީނަށް ފުރިހަމަ މެންބަރުކަން ދިނުމަށް 143 ޤައުމަކުން ރުހުން ދީފައިި ވާއިރު އދ. ގެ 9 ޤައުމަކުން ފަލަސްތީނަށް ފުރިހަމަ މެންބަރުކަން ދިނުމަށް ހުށަހެޅި ގަރާރު ފާސްކުރުމާ ދެކޮޅަށް ވޯޓުދީފައި ވެއެވެ. އަދި 25 ޤައުމަކުން ވަނީ އެއްވެސް ކޮޅަކަށް ވޯޓު ނުދޭން ނިންމާފައެވެ.

މި ގަރާރަކީ އެކުވެރި އަރަބި އިމާރާތް (ޔޫ.އޭ.އީ) އިން އަރަބް ގުރޫޕްގެ ފަރާތުން ހުށަހެޅި ގަރާރަކަށް ވާއިރު އެ ގަރާރަށް އެންމެ ފުރަތަމަ ކޯ ސްޕޮންސާ ކުރި ގައުމު ތަކުގެ ތެރޭގައި ރާއްޖެ ހިމެނިގެން ދިއުމަކީ ކޮންމެ ދިވެހި ދަރިއެއް ފަޙުރުވެރިވާ ކަމެކެވެ. ފަލަސްތީނަކީ މިހާރު އދ. ގެ ”އޮބްސަރވަރ ސްޓޭޓަސް“ގެ ޤައުމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: