ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުތުރު ތިލަފަޅުގައި އަސްކަރީ ބާރެއްނެތް: ޑިފެންސް މިނިސްޓަރ

ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން
ޝެއާރކޮށްލާ ކަހަލަދޯ؟

އުތުރު ތިލަފަޅުގައި ކުރިން އަސްކަރީ ބަޔަކު ތިބި ނަމަވެސް މިހާރު އެއްވެސް އަސްކަރީ ބަޔަކު ނެތްކަން ދިފާއީ ވަޒީރު ޣައްސާން މައުމޫން ކަށަވަރުކޮށްދެއްވައިފިއެވެ.

ރައީސް އޮފީސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ޣައްސާން ވިދާޅުވީ، އުތުރު ތިލަފަޅުގައި ކުރިން އަސްކަރީ ބަޔަކު ތިބި ނަމަވެސް މިހާރު އެއްވެސް އަސްކަރީ ބަޔަކު ނެތް ކަމަށެވެ. އުތުރުތިލަފަޅަކީ ކޯސްޓްގާޑުގެ އުޅަނދުތައް ބެހެއްޓޭ ގޮތަށް ބަނދަރެއް ގާއިމް ކުރަމުންދާ ފަޅެކެވެ.

އުތުރުތިލަފުގެ މަޝްރޫއު ފެށިގެން ދިޔައިރު، އުތުރު ތިލަފަޅުގައި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް ބޯ ހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރީ ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ކޯސްޓްގާޑުގެ އުޅަނދުތައް ބެހެއްޓޭ ގޮތަށް ބަނދަރެއް ހެދުމަށް ނިންމާ އިންޑިއާ ކުންފުންޏަކަށް މިދިޔަ ސަރުކާރުން ވަނީ ހަވާލުކޮށްފައެވެ. މި މަޝްރޫއުގެ ދަށުން އެއްބަސް ވުމެއްގައި އިންޑިއާ އެކު ޑިފެންސް މިނިސްޓްރީން ސޮއިކުރީ 2022 ވަނަ އަހަރުގެ ފެބްރުއަރީ 21 ގައެވެ. އަދި ކޯސްޓްގާޑުގެ އުޅަނދުތައް ބެހެއްޓޭ ގޮތަށް ބަނދަރު ހަދަން 186 މިލިއަން ޑޮލަރު ހަވާލު ކުރީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ރެއިލް ވިކާސް ނިގަމްއާއެވެ. އަދި މި ބައްދަލުމުގައި ހާރިިޒީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، އެތަނަކީ އިންޑިއާ ގޮރާންޓް އެއިންޑެއްގެ ދަށުން މިހާރުވެސް ހިނގަމުންދާ މަޝްރޫއުއެއް ކަމަށެވެ.

އެހެން ނަމަވެސް މި ސަރުކާރުން ވަނީ އުތުރު ތިލަފަޅުގައި ދަނޑުވެރިކަމުގެ އިގްތިސާދީ ޒޯނެއް ތަރައްގީކުރުމަށް ޗައިނާ ކުންފުންޏަކާއެކު އެއްބަސް ވުމުގައި ސޮއިކޮށްފައެވެ. އަދި ރާއްޖޭގައި ކާބޯ ތަކެތި ރައްކާތެރިގޮތެއްގައި ގާއިމް ކުރުމަށް ”ފުޑް ސެކިއުރިޓީ“ ކެޓެގެރީގެ ދަށުން މި މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: