ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިވެލޮޕްމެންޓް ބޭންކް ޖުލައި މަހު އޮޕަރޭޝަންއަށް ގެންނަނީ!

ރައީސް ޑރ. މުހައްމަދު މުއިއްޒާއި، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޑިވެލޮޕްމެންޓް ބޭންކް ޖުލައިމަހު އޮޕަރޭޓް ކުރެވިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސްޕެޝަލް އެކޮނޮމިކް އެންޑް ފައިނޭންޝިއަލް ސަރވިސަސް ޒޯން ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސައީދު ވިދާޅުވީ، ޖުލައި މަހުގައި ބެންކުގެ އޮޕަރޭޝަން މަސައްކަތްތަށް ފެށިގެން ދާނެ ކަމަށެވެ. މިނިސްޓަރ ވިދާޅުވި ގޮތުގައި މިހާރު ކުރިއަށް ދަނީ އެ ބޭންކު ވުޖޫދަށް ގެންނަނަ ބޭނުންވާ ގަވައިދުތައް އެކުލަވާލުމުގެ މަސައްކަތް ކަމަށެވެ. އަދި މި މަޝްރޫއުއަކީ ރާއްޖޭގެ ތާރީހު ބޮޑުތަނުން ބަދަލުވެގެން ދާނެ މަޝަރޫއެއްކަމަށް ސައީދު ވިދާޅުވި އެވެ. މި މަސައްކަތުގައި ބޭރުގެ އިންވެސްޓަރުން ރާއްޖޭގައި ޔާގީންކަމާއެކު އިންވެސްޓް ކުރާނެ ކަމަށް ވަޒީރުގެ ވާހަކައިގައިވަނީ ފާހަގަކޮށްފައެވެ.

ޑިވެލޮޕްމެންޓް ބޭކް ގާއިމްކުރުމަށް ބޭނުންވާ ގާނޫނާއި ގަވައިދުތައް އެކުލަވައިލުމަށް ހާއްސަ އޮތޯރިޓީއެއް މިދިޔަ މަހުގައި އުފައްދާފައިވާ ކަމަށް ފާހަގަކޮށް އިތުރަށް ވިދާޅުވީ އެ ބޭންކުން ރާއްޖޭގެ ވިޔަފާރިތަކާއި އިންވެސްޓަރުންނާއި ބޭރުގެ އިންވެސްޓަރުންނަށް ވެސް ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

މޯލްޑިވްސް އިންޑަސްޓޮރިއަލް ފުރީ ޒޯން ޑިވެލޮޕްމެންޓް ކޮންޕެނީ އާއި އެސްޓީއޯއިން އުތުރުގައި ބަންކަރިން ހިދުމަތަށް ވިޓޯލް އާއެކު ސޮއިކޮށްފައިވާނެ ކަމަށާއި އަދި ޖުލައި މަހު އެ ހިދުމަށް ދޭން ފަށާނެ ކަމަށް މިނިސްޓަރ ވިދާޅު ވިއެވެ. މި މަސައްކަތްތަށް ފެށިގެން ދާއިރު 60،000 އާއި ގާތްކުރާ އަދަދަކަށް އައު ވަޒީފާތަށް ތައާރަފްވެގެން ދާނެކަމަށް ވަނީ ފާހަގަކޮށްފައެވެ.

މޯލްޑިވްސް އިންޑަސްޓޮރިއަލް ފުރީ ޒޯން ކޮންޕެނީ އެސްޓީއޯއާއި މަޝްވަރާކުރެވި، އެސްޓީއޯގެ ފުނަދޫގައި ހުރި ފިއުލްޓޭކްތަށް މާލެ ކައިރި އެހެން ފަޅަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށާއި އަދި ފުނަދޫ ހުސްކުރުމަށްފަހު އެއާޕޯޓް އެކޮނޮމިކް ޒޯންގެ އިމާރާތް އެޅުމުގެ މަސައްކަތް ފުނަދޫ ގައި ކުރިއަށްދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ލަފާކުރެވޭ ގޮތުގައި 5 އަހަރު ތެރޭގައި ބިލްޑިން އެޅި ފުނަދޫ، ހުޅުލެ، ހުޅުމާލެ އަދި މާލެ އާއި ގުޅުވާލެވޭނެ ކަމަށެވެ. މި މަސައްކަތަށް ފަންޑު ކުރާނީ މިއަދު ސޮއި ކުރެވިގެން ދިޔަ އެމްއޯޔޫގެ ތެރެއިން އިފްޒާ ކުންފުނި ކަމަށް ސައީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. މޮޅު ވާހަކަ ގޮވަނީ އަތަށް ޖޫން އަދި ޖުލައި ކީއްކުރަންތޯ އޮގަސްޓުވެސް އަންނާނެ ހަތަރުމަސްދުވަހުން ހިއްކާ ނިންމަންބުނި ފުށިދިއްގަރު ފަޅަށްވީގޮތްވާނީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: