ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޭ މަހުގެ 31 ވަނަ ދުވަހަށް އާންމުކުރެވޭނެ ގޮތަށް ރިޕޯޓު ތައްޔާރުކޮށް ނިމޭނެ: މަރު ކޮމިޝަން

ޔާމިން ރަޝީދު، ރިލްވާންގެ ފޮޓޯއެއް ހިފައިގެން: ފޮޓޯ/ ސޯށަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މޭ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ނޫސްވެރިޔާ އަހުމަދު ރިޟުވާން އަބްދުﷲ އަދި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި އެކުލަވާލާފައިވާ މަރުކޮމިޝަންގެ ރިޕޯޓު އާންމު ކުރެވޭ ގޮތަށް ތައްޔާރުކޮށް ރައީސް އޮފީހާއި ހަވާލުކުރެވޭނެކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

ރާއްޖޭގައި ގޮތް ނޭނގޭ ގޮތަށް ހިންގާފައިވާ މަރުތަކާއި ގުޅޭ ތަހުގީގުތައް ކުރުމަށް އެކުލަވާލާފައިވާ ހާއްސަ ކޮމިޝަނެއް ކަމަށްވާ މަރުކޮމިޝަނުންވަނީ ބަޔާނެއް ނެރި ނޫސްވެރިޔާ ރިޟުވާނާއި ބްލޮގަރު ޔާމީންގެ މަރުގެ މައްސަލައިގައި އެ ކޮމިޝަނުން ތައްޔާރުކޮށް ނިންމާފައިވާ ރިޕޯޓުތަކުގައިވާ މައުލޫމާތު ދެނެގަތުމަށް އާއިލާތަކުން އެދޭނެކަން އެނގޭކަމަށް ބުނެފައެވެ. އެހެންނަމަވެސް މި ރިޕޯޓުތަކުގައި ހުރި ގިނަ މައުލޫމާތަކީ އާންމު ކުރާ ވަރަށްވުރެ ނާޒުކު މައުލޫމާތުކަމަށްވުމުން މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އާންމު ކުރެވޭނެ ގޮތަށް ބައެއް މައުލޫމާތުތައް ސިއްރުކުރުމަށްފަހު ރިޕޯޓެއް އެކުލަވާލާ ނިންމާލެވޭނެކަމަށްވެސް ބުނެފައިވެއެވެ.

އެ ކޮމިޝަނުންވަނީ ރައީސް އޮފީހާއި އެ ރިޕޯޓުތައް ހަވާލުކުރުން ގާނޫނީ ގޮތުން ލާޒިމުވާކަމަށްވެސް އިޝާރާތްކޮށްފައެވެ. އަދި ކޮމިޝަނުން އެ ކަމަށް ތަބާވާނެކަންވެސް ހިއްސާކޮށްފައިވާއިރު، ބައެއް މައުލޫމާތު ސިއްރުކުރުމަށްފަހު ރިޕޯޓެއް އެކުލަވާލަނީ އާއިލާތަކަށް މުހިންމު މައުލޫމާތުތައް ލިބިގެންދިއުމުގެ މަގު ފަހިކުރުމުގެ ގޮތުންކަމަށްވެސް ބުނެފައިވެއެވެ.. އެހެންކަމުން ރައީސް ޑރ މުހައްމަދު މުއިއްޒުގެ އަރިހުން މި ރިޕޯޓުތައް އާންމުކުރުމަށް އެދޭނެކަމަށް ކޮމިޝަނުން ނެރުނު ބަޔާނުގައިވެއެވެ.

އެ ކޮމިޝަނުންވަނީ ހުރިހާ މުހިންމު ލިޔެކިއުންތަކެއްވެސް ރައީސް އޮފީހާއި ހަވާލުކުރާނެކަން ހިއްސާކޮށްފައެވެ. އަދި ރައީސް އޮފީހަށް އެ މައުލޫމާތުގެ ރައްކައުތެރިކަން ކަށަވަރުކުރަން ބޭނުންވާ ކަންކަން ފުރިހަމަ ކުރުމުގައި އެހީތެރިކަން ފޯރުވުމަށްވެސް އިންތިޒާމުތައް ހަމަޖައްސާފައިވާކަން ހާމަކޮށްފައިވެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގައި ކޮމިޝަން އުފެއްދީ ބައެއް މަރުތަކުގެ މައްސަލަ އެކަށީގެންވާ ގޮތެއްގެ މަތިން ތަހުގީގުކުރެވިފައިނުވާތީއާއި މުއައްސަސާތައް ފެއިލްވުމުގެ ސަބަބުން އިންސާފު ގާއިމުކުރެވިފައިނުވުމާއި ގުޅިގެންކަމަށް ގަބޫލުކުރާކަމަށްވެސް ބަޔާނުގައިވެއެވެ. އެހެންކަމުން ޓްރަންސްޕެރެންސީގެ އުސޫލުތައް ނެގެހެއްޓުމުގެ ގޮތުން އެ ކޮމިޝަނާއިއެކު މަސައްކަތްތަކުގައި ބައިވެރިވެ އެއްބާރުލުން ދިން ފަރާތްތަކުގެ ދައުރު ފާހަގަކުރާކަމަށްވެސް ބުނެފައިވެއެވެ.

އެ ކޮމިޝަނުންވަނީ ރިޟުވާނާއި ޔާމީންގެ އާއިލާތަކާއި ބައްދަލުކޮށް މައުލޫމާތުތައް ހިއްސާކުރުމުގެ މަސައްކަތްތައް އެކަށީގެންވާ ގޮތެއްގެ މަތިން ކޮށްފައިވާކަމުގެ މައްޗަށް އަލިއަޅުވާފައެވެ. އަދި އެއީ މުހިންމު ކަމެއްކަމަށް ދެކޭކަމަށާއި އަބަދުވެސް އާއިލާތަކަށް އިންސާފު ހޯދައިދިނުމަށް އަހައްމިއްޔަތު ދީފައިވާނެކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: