ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދީމާގެ ކާމިޔާބީ އަށް ރައީސް އާއި ނައިބު ރައީސްގެ މަރުޙަބާ

ދީމާގެ ކާމިޔާބީ އަށް ރައީސްގެ މަރުޙަބާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދެކުނު އޭޝިއާ ކޮލިފިކޭޝަންސްގެ ސިންގަލްސް ރަންވަނަ ހޯދާ ޓީޓީގެ ތަރި ފާތިމަތު ދީމާ އަލީ، އޮލިމްޕިކްސް އަށް ކޮލިފައިވުމާއި ގުޅިގެން ރައީސް، ޑރ. މުހައްމަދު މުއިއްޒު މަރުޙަބާ ދަންނަވައިފިއެވެ.

ރައީސް “ އެކްސް“ ގައި ކުރި ޕޯސްޓްއެއްގައި ވިދާޅުވީ ކުޅިވަރުގެ ދާއިރާއިން ރާއްޖެއަށް މިއަދަކީ ތާރީހީ ދުވަހެއްކަމަށެވެ. އަދި ދީމާގެ ކުރިއެރުމަށް ފުރިހަމަ ކާމިޔާބީއަށް އެދިވަޑައިގަންނަވާކަމަށާއި ޓޭބަލް ޓެނިސްގެ ކުޅިވަރުން ހޯދަމުންދާ ކާމިޔާބީ އަކީ މުޅި ގައުމު ފަޙުރުވެރިވާ ކަމެއް ކަމަށެވެ. އަދި ފްރާންސްގެ ވެރިރަށުގައި ބާއްވާ އޮލިމްޕިކްސް މުބާރާތުގައި ދީމާއަށް ވަނީ ފުރިހަމަ ކާމިޔާބީއަށް އެދިވަޑައިގަންފައެވެ. ދީމާ ރާއްޖެއިން އޮލިންޕިކްސްގައި ވާދަ ކުރުމަށް ކުޅިވަރު އެތުލެޓީކްސް އިން ހޮވުނު ފުރަތަމަ ފަހަރެވެ.

މީގެ ކުރިން ރާއްޖެއަށް އޮލިންޕިކްސްއިން ފުރުސަތު ލިބިފައިވަނީ، ކޮލިފައިނުވާ ގައުމުތަކުގެ ތެރެއިން ލިބޭ އިންވިޓޭޝަނަލް ފުރުސަތުގެ ތެރެއިން ނަމަވެސް ދީމާ އޮލިންޕިކްސްއަށް ކޮލިފައިވަނީ ނޭޕާލުގައި ކުރިއަށް ދިޔަ ދެކުނު އޭޝިޔާ ސަރަހައްދުގެ ކޮލިފިކޭޝަންގެ ސިންގަލް ބައިގެ ޗެންޕިއަންކަން ހޯދައިގެން އެވެ.

މީގެ އިތުރުން ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފުވެސް ވަނީ ދީމާއަށް މަރުޙަބާ ދަންނަވާފައެވެ. ނައިބު ރައީސް “ އެކްސް“ ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، ގައުމަށް ލިބުނު މި ފަޙުރުވެރި ކާމިޔާބީއަކީ ދީމާއާއި އާއިލާގެ އަދި ޓޭބަލް ޓެނިސްގެ އެޝޯޝިއޭޝަންނާއި އޮލިން ޕިކްސްއިން އިން ކުރި މިންނެތް މަސައްކަތުގެ ނަތިއްޖާ ކަމަށެވެ.

ދީމާ ޓީޓީގެ ކުޅިވަރުގެ ތެރެއަށް ވަދެވުނީ 2018 ވަނަ އަހަރު އާއިލާއާއެކު ލަންކާގައި ދިރިއުޅުނުއިރު ސްކޫލްގެ އިތުރު ހަރަކާތެއްގެ ގޮތުގައި ކުޅިވަރުގައި ބައިވެރިވާން ޖެހުނު ހިސާބުންނެވެ. ސްކޫލު ފެންވަރުގައި ކާމިޔާބީތައް ހޯދަމުން އައި ދީމާއަށް ދިވެހިރާއްޖެ ތަމްސީލުކުރަން ފުރުސަތު ފުރަތަމަ ފަހަރަށް ލިބުނީ 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕްގެ އަންހެން ބައިގެ ތިންވަނަ ޑިވިޒަންގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: