ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްލޮވާކިއާގެ ބޮޑުވަޒީރު މަރާލަން އުޅެފި!

ހަމަލާގައި ބައިވެރިވިކަމުގެ ތުހުމަތުގައި ހިފަހައްޓާފައި: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ސްލޮވާކިއާގެ ބޮޑުވަޒީރުގެ ފުރާނައަށް އަމާޒުކޮށް ހަމާލާއެއް ދީފައިވާކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފިއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ބުނާގޮތުން ސްލޮވާކިއާގައި އިންތިހާއަށް މަގުބޫލުކަން ހޯދާފައިވާ ސިޔާސީ ލީޑަރެއްކަމަށްވާ އެ ގައުމުގެ ބޮޑުވަޒީރު ރޮބާރޓް ފީކޯއަށް ހަމަލާ ދީފައިވަނީ ބަޑި ޖަހައިގެންނެވެ. އަދި އެ ހަމަލާގެ ތެރެއިން ލިބުނު ޒަހަމްތަކުގެ ސަބަބުން ފުރާނައަށް ނުރައްކާވެފައިވާކަމަށް ރިޕޯޓުތަކުގައިވާއިރު، މިއީ މަރާލުމުގެ ނިޔަތުގައި ހިންގާފައިވާ އަމަލެއްކަމަށްވެސް އެ ގައުމުގެ ސަރުކާރުން ސިފަކޮށްފައިވާކަމަށް ބައެއް މީޑިއާތަކުން ފާހަގަކުރެއެވެ.

ފީކޯގެ ފޭސްބުކް ޕޭޖުން ހިއްސާކޮށްފައިވާ ޕޯސްޓެއްގައިވާގޮތުން އޭނާގެ ގަޔަށް އެތައް ފަހަރެއްގެ މަތިން ބަޑިޖަހާފައިވެއެވެ. އެހެންކަމުން އޭނާ އޮތީ ނާޒުކު ހާލަތެއްގައިކަމަށާއި ހާލަތު ދެރަކަމަށްވުމުން ވެރިރަށާއި ހިސާބަށްވެސް ގެންދެވިފައިނުވާކަން ހާމަކޮށްފައިވެއެވެ. އެގޮތުން ފަރުވާ ދިނުމުގައި ގިނަ އިރުތަކެއް ކުރެވެން ނެތުމުން އެންމެ ކައިރިން އެކަށީގެންވާ ހޮސްޕިޓަލަކަށް ގެންގޮސްފައިވާކަން ކަށަވަރުކޮށްދީފައިވެއެވެ.

ސްލޮވާކިއާގެ ބައެއް ނޫސްތަކުން ބުނާގޮތުން މި ހާދިސާ ހިނގާފައިވަނީ އެ ގައުމުގެ ވެރިރަށް ބްރަޓިސްލާވާ އާއި 110 މޭލު ދުރުގައި އޮންނަ ހޭންޑްލޯވާ ކިޔާ އަވަށެއްގައިކަމަށެވެ. އަދި ގިނަ ފަހަރެއްގެ މަތިން ބަޑިޖެހި އަޑު އިވުނުކަމަށްވެސް ބުނެފައިވާއިރު، މަރާލުމަށް މަސައްްކަތްކޮށްފައިވަނީ އޭނާ ސަރުކާރުގެ މީޓިންގް އެއް ނިންމާލުމަށްފަހު އާންމުންނާއި ބައްދަލުކުރައްވަމުން ގެންދަވަނިކޮށްކަމަށްވެސް ހިއްސާކޮށްފައިވެއެވެ.

ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ފޮޓޯ އަދި ވީޑިއޯތަކަށް ބަލާއިރު، ދެ މީހަކު ކަމާއި ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންދެވިފައިވާކަން ފެނިގެންދެއެވެ. އަދި އެތަނުން އެކަކު ކާރަކަށް އަރުވައިގެން ގެންދާ މަންޒަރު ފެނިގެންދާ ވީޑިއޯއެއްވެސް ދައުރުވަމުންދާކަން ފާހަގަކުރެވެއެވެ.

ސްލޮވާކީއާގެ ފުންނާބު އުސް ސިޔާސީ ލީޑަރެއްކަމަށްވާ ފީކޯއަކީ މީގެ ކުރިންވެސް ދެ ފަހަރެއްގެ މަތިން ބޮޑުވަޒީރުކަން ކުރައްވާފައިވާ މީހެއްކަމަށްވާއިރު މި ފަހުން އޭނާ އެ މަގާމަށް ވަޑައިގެންފައިވަނީ އެހެނިހެން ބައެއް ޕާޓީތަކާއިއެކު ހެދުނު ކޯލިޝަން އެއްބަސްވުމެއް މެދުވެރިކޮށެވެ. އަދި އެއްބަސްވެފައިވަނީ ވެރިކަމުގެ ބާރުތައް ހަމަހަމަ އުސޫލެއްގެ މަތިން ބަހާލައިގެން ގައުމު ހިންގާ ފަދަ ގޮތަކަށް ކަމަށްވެސް ބައެއް މީޑިއާތަކުން ފާހަގަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: