ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާބޯތަކެތި ރައްކާތެރިކަން ކަށަވަރު ކުރުމަށް ސާންޕަލް ނަގަނީ

ކާބޯތަކެތި ރައްކާތެރިކަން ކަށަވަރު ކުރުމަށް ސާންޕަލް ނަގަނީ ފޮޓޯ:ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސާންޕަލް ނަގަން ފަށާނެ ކަމަށް ހެލްތް މިނިސްޓަރ ޑރ ޢަބްދުﷲ ޙަލީލު ވިދާޅުވެއްޖެއެވެ.

ސިއްޙީ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ވަޒީރު ވިދާޅުވީ ރާއްޖެއަށް އެތެރެކުރާ މޭވާއާއި ތަރުކާރީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ސާޕަލްނެގުމުގެ މަސައްކަތުގެ އިންތިޒާމު ކުރުމަށް މިހާރު ފަށާފައިވާ ކަމަށެވެ.

”މި ސަރުކާރުގައި އަޅުގަނޑުމެން ވަރަށް ސަމާލުކަމެއް ދޭ ކަމެއް ކާބޯތަކެތީގެ ރައްކާތެރިކަން.. ކާބޯތަކެތޯގެ ރައްކާތެރިކަމަށް އެމްއެފްޑީއޭ އިން ވަރަށް ހާއްސަ މަސައްކަތްތަކެއް ކުރަމުން އެބަގެންދޭ.“، ހަލީލް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް އަމަލީގޮތުން ފެށިގެންދިމުން އެތަކެތީގެ ނުރައްކާތެރި މާއްދާތައް ހުރީ ކިހާވަރަކަށްކަން އެނގިގެން ދާނެކަމަށެވެ. އަދި އެ ތަކެތި އެތެރެކުރާ ފަރާތްތަކަށް ރައްކާތެރި ގޮތުގައި ކާބޯތަކެތި އެތެރެކުރުމަށް ބާރުއަޅާނެ ކަމަށާއި އަދި ކުރިއަށް އޮތްތަނުގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އަށް ބާރުތަކެއް ލިބިގެންދާނެ ކަމަށް ވަނީ ފާހަގަކޮށްފައެވެ. މިހާރު އޮންނަ ގޮތުން ނަމަ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޝަކުވާހުށައެޅި ނަމަވެސް އެ ކަމަށް ފިޔަވަޅު އަޅަން މާ ބޮޑު ބާރު ތަކެއް ލިބިފައިނުވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ކާބޯތަކެތީގެ ރައްކާތެރިކަމާއި ގުޅޭ ބިލް 19 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ އެ ބިލް ގެޒެޓްވާ ހިސާބުން ފެށިގެން އެމްއެފްޑީއޭއަށް ހާއްސަ ބާރުތަކެއް ލިބިގެންދާނެ ކަމަށެވެ.

”އަލަށް ފާސްވެގެން ދިޔަ ބިލް ޤާނޫނަކަށްވާ ހިސާބުން ފެށިގެން ފިޔަވަޅު އެޅުމުގެ ފުރުސަތު އެބަ ލިބިދޭ ހެދޭ ޤަވައިދެއްގެ ތެރެއިން.“، މިނިސްޓަރ ވިދާޅުވިއެވެ.

”ރާއްޖެއަށް އެތެރެވާ ކާބޯތަކެތި މި އެތެރެވާ ގޭޓާ ހިސާބުން ފެށިގެން މިބިލް ޤާނޫނަކަށްވާ ހިސާބުން އަޅުގަނޑުމެންނަށް ބާރު ލިބިގެން އެބަދޭ..އެމްއެފްޑީއޭއަށް ބާރު ލިބިގެން އެބަދޭ ސާމްޕަލް ކަލެކްޓު ކުރަން. ސާމްޕަލް ކަލެކްޓުކޮށް އެ ޓެސްޓު ކުރުމުގެ ނިޒާމު ޤާއިމުކުރުމަށް އެ ބާރު ލިބިގެންދޭ.“، ހަލީލް ވިދާޅުވިއެވެ.

ރާއްޖޭގައި ދަނޑުވެރިކަން ކުރާއިރު ތާފާތު އެކި ކަހަލަ ކެމިކަލްތައް ބޭނުންކުރާކަން ފާހަގަކޮށް އަދި ކާބޯތަކެތީގައި އެ ކެމިކަލް ހުރި މިންވަރު ދެނެގަންނަން ރާއްޖޭގައި ކުރެވެނީ މަދު ޓެސްޓުތަކެއް ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި ރައްކާތެރި ނޫން ކާބޯތަކެތި އެތެރެކުރާ ފަރާތްތަކަށް ފިޔަވަޅު އެޅުމުގެ ބާރު، އެމްއެފްޑީއޭއަށް ލިބޭކަން ވަޒީރުގެ  ވާހަކައިގައިވަނީ ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: