ސައުދީ ފަންޑުގެ އެހީގައި އެޗްޑީސީއިން ހިންގާ ”ހުޅުމާލެ އައިލެންޑް ޕްރޮޖެކްޓް“ އިފްތިތާުކޮށްފިއެވެ.
”ހުޅުމާލެ އައިލެންޑް ޕްރޮޖެކްޓް“ އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ސައުދީ ފަންޑުގެ އެހީގައި ކުރިއަށް ގެންދާ މަސައްކަތްތަކަކީ ހުޅުމާލެ ސަރަހައްދަށް ތަރައްގީ ގެނައުމުގެ މަސައްކަތްތަކެއް ކަމަށެވެ.
ފަޒުލް ވިދާޅުވީ، ސައުދީ ފަންޑުގެ އެހީގައި ފޭސް ދެއަކާއި އެކެއް ގުޅުވާލަދިނުމަށް އެޅިފައިވާ ބުރިޖާއި ސޯރ ޕްރޮޓެކްޝަން މަސައްކަތްތަކުގެ އިތުރުން ކުރިއަށް އޮތްތާނގައި އެޗްޑީސީގެ އާރބަން އައިލް ގުޅުވައިދޭން ބިނާކުރާނެ ބުރިޖާއި ޗެނަލްތަކަކީ އެކަމުގެ ސަބަބުން ހުޅުމާލެ ސަރަހައްދަށް އިންގިލާބީ ބޮޑު ބަދަލުތަކެއް އަންނާނެ ކަންތައް ތަކެއްކަމަށެވެ.
އޭނާ ވިދާޅުވީ، ގެންނަ ކޮންމެ ބަދަލަކީ ގްރޭޓަރ މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމުގައި ފެންވަރާއި ސަރަހައްދުގައި ކުރެވެމުންދާ އިގްތިސާދީ މަސައްކަތްތައްވެސް އިތުރު ހަރުފަތަކަށް ގެންދިއުމަށް ފަހިކުރާނެ މަސައްކަތްތަކެއްކަމަށް ވިދާޅުވިއެވެ. ފަޒުލް ވިދާޅުވީ، މި ފުރުސަތުގައި ސައުދީ ފަންޑަށް ތަރައްގީ ގެނައުމުގެ ދެމުންދާ އެހީތަކަށް ޝުކުރު އަދާކުރައްވާކަމަށެވެ.

