ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިނަމާލެ ބުރިޖު: ސިޔާސީ ޖެއްސުމުގެ ގެއްލުން ލިބުނީ ރައްޔިތުންނަށް

ބުރިޖު މަރާމާތުކޮށް އާބާތުރަ ފިލުވަނީ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ވެރިރަށް މާލެ އަދި ހުޅުމާލެ ގުޅުވައިދިނުމަށް ބިނާކޮށްފައިވާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖަކީ ޗައިނާގެ ސަރުކާރުގެ ހިލޭ އެހީ އާއި އެ ގައުމުގެ ސަރުކާރުން ފަހިކޮށްދިން އެގްޒިމް ބެންކުގެ ލޯނެއް މެދުވެރިކޮށް ބިނާކޮށްފައިވާ ބުރިޖެކެވެ. މިއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގެ ދައުރުގައި ފައްޓަވައި 2018 ވަނަ އަހަރަށް ނިންމާލާފައިވާ މަސައްކަތްތަކެކެވެ. މިއީ ރާއްޖޭގައި ހިންގުނު މިފަދަ ފުރަތަމަ މަޝްރޫޢުކަމަށްވާއިރު ބުރިޖުގެ ސަބަބުން މުޅި ސަރަހައްދަށްވަނީ ބޮޑެތި ކުރިއެރުންތައް އައިސްފައެވެ. ދިގު ކިއުތަކުގައި ޖެހި ދޯނިތަކުގައި ސައިކަލުތައް ހިފައިން ދެކޮޅަށް ތެޅުނު ޒަމާން މާޒީވެ ގޮސްފިއެވެ.

އެހެންކަމުން ރައްޔިތުންގެ އާންމު ދިރިއުޅުމުގައި އެތަކެއް ލުއި ފަސޭހަތަކެއް ލިއްބައިދޭ މި ވަސީލަތަށް އިހުމާލުތަކެއް ވެފައިވުމަކީ ކަންބޮޑުވުމެކެވެ. މި ބުރިޖުގެ އުމުރަކީ 100 އަހަރުކަމަށްވާއިރު އަދި ބިނާކުރުމަށްޓަކައި ބެންކުން ނެގި ލޯނުވެސް ދައްކާ ނުނިމެއެވެ. ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރު ވެރިކަމަށް އައުމާއިއެކު ފަޅާއެރި މައްސަލައެއް ކަމަށްވާ ކުރީ ސަރުކާރުން ބުރިޖު މެއިންޓެނެންސް ނަހަދާހުރުމުގެ މައްސަލައާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ޑރ އަބްދުﷲ މުއްތަލިބު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުންވަނީ ދައުރުގެ ފުރަތަމަ ދެ އަހަރު ދުވަހު މެއިންޓެނެންސް މަސައްކަތްތައްކޮށްފައިކަމަށެވެ.

އެހެންނަމަވެސް ފަހު ތިން އަހަރު ދުވަހު އެ މަސައްކަތްތައް ކުރުމުގައި ބޮޑެތި އިހުމާލުތައް ވެފައިވާކަމަށް ހިއްސާކުރެއްވިއެވެ. އައު  ސަރުކާރުންދަނީ ޗައިނާގެ ކުންފުންޏަކާއި ހަވާލުކޮށްގެން ހިލޭ އެހީގެ ދަށުން މެއިންޓެނެންސް މަސައްކަތްތައް ކުރަމުންނެވެ. އެހެންނަމަވެސް މިކަމުގެ ސަބަބުން ބުރިޖުގެ އުމުރަށް ކުރާނެއަސަރާއި އެކަމުގެ ޒިންމާ ނަގާނެ ފަރާތަކާއިމެދުވެސް ރައްޔިތުންދަނީ ސުވާލުކުރަމުންނެވެ.

ބުރިޖަށް ވެފައިވާ އިހުމާލުތައް އެންމެ ރަނގަޅަށް ފެނިގެންދަނީ މާލެ އިން ބުރިޖަށް އަރާ ހިސާބަށް ބަލާލުމުންނެވެ. މިއީ ސާފުކޮށް ފެންނަން ހުރި ކަންކަން އިންތިހާ ގޯސްކަމަށްވުމުން ނުފެންނަ ހިސާބުގައި ކަންކަން ހުރީ ކޮން ގޮތަކަށް ތޯ ހިތަށް އަރައެވެ. ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ބުރިޖު މޮނިއުމެންޓެއް ހުންނަކަންވެސް ނުފެންނަ މިންގަނޑަށް ގަސް ހެދިގެންދިޔައިރު ކޮށާލާނެ އަތެއް ނުވެ އަހަރުތަކެއް އޮތުމަށްފަހު ރައީސް މުއިއްޒުގެ ސަރުކާރުންވަނީ އެތަން ސާފުކޮށް އަަލުން ޒީނަތްތެރިކުރުމުގެ މަސައްކަތްތައް ފަށާފައެވެ. އަދި ބުރިޖުގެ ނަން ބޯޑު ނުދިއްލައި އެތަނުގެ އާބާތުރަ ނުފިލުވައި ހުރުމުގެ ސަބަބުން ގެއްލުންތައް ވެފައިވާއިރު މިއަދު ސަރުކާރުންދަނީ އެތަންވެސް ވަށައި ދަގަނޑު ޖަހައި ސަތަރި އަޅައި ކެންވަސްކޮށްގެން މަރާމާތުކުރަމުންނެވެ. މިކަން ކުރަން މަޖުބޫރުނުވިނަމަ ހަރަދުކުރަން ނުޖެހޭނަމަ ޗައިނާގެ ހިލޭ އެހީގެ ގޮތުގައި ދިން ފައިސާ މެދުވެރިކޮށް ކޮންމެވެސް އެހެން ބޭނުންތެރިކަމެއް ކުރުމަށް ފުރުސަތު ފަހިވީއްސެވެ. ސިޔާސީ ގޮތުން ކޮށްލި ޖެއްސުމުގެ އަސަރުކުރީ ރައްޔިތުނަށެވެ.

ބުރިޖަށް ބަލާލާއިރު މައްސަލަތަކެއް ހުރިކަމަށް ފާހަގައެއް ނުކުރެވެއެވެ. މި ބުރިޖަކީ ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު އެއް ކުންފުނިން އަޅާފައިވާ ބުރިޖެއް ކަމަށްވުމުން އިހުމާލުތަކުގެ އަސަރުން ބުރިޖުވަނީ ސަލާމަތްވެފައެވެ. އެހެންނަމަވެސް ނުބެލެއްޓުމުގެ ސަބަބުން މަދުލުގެ ހިފާ ގެންގުޅޭ ތަކެތީގެ އުރުމުރުކުރުވާކަން އެންމެންވެސް ދަންނާނެއެވެ.

ބުރިޖު އޮޕަރޭޓްކުރުމަށް ނުވަތަ އެ ސަރަހައްދުން ރައްޔިތުންނަށް ލިއްބައިދެވޭނެ އެންމެ ފުރިހަމަ ފޮނި މީރުކަން ލިއްބައިދިނުމަށް މަސައްކަތްތަކެއް ކޮށްފައިނުވެއެވެ. މިސާލަކަށް ދަންނަވަންޏާ ބުރިޖަށް އެއް އަރިމަތިން ހިންގާފައި އެރެން އޮތް އިރު އެތަނުން ފެންނަ މަންޒަރުތައް ބަލާލުމަށާއި ފޮޓޯތައް ނަގާލުމަށް އެތައް ބަޔަކު ޒިޔާރަތްކޮށް ހަދާއިރު އަދި އިންޓަރނެޓާއިއެކު ދުނިޔޭގެ އެހެނިހެން ގައުމުތަކުގައިވެސް ލިއްބައިދޭ އުފާތައް ފެނިގެންދާއިރު އެއް އަރިމަތީގައި ދުރުމީގަނޑެއް ހުރަކޮށްލުން ފަދަ ކަމެއްވެސް ކޮށްފައިނެތެވެ.

ބުރިޖު ޑިޒައިންގެ ވިސްނުމުގައިވެސް މައްސަލަތައް އެބަ ހުއްޓެވެ. މިހާރު ކަން އޮތް ގޮތުން ނަމަ އެންމެ ކާރެއް ބުރިޖު މެދަށް ހުއްޓުނަސް އެއްކޮށް ތާށިވެއެވެ. ކާރެއްގައި ރޯވި ދުވަހު ކަންވެގެންދިޔަގޮތުން މިކަން ސާފެވެ. އެކަމުން އަރައިގަނެވެން ނެތް ނަމަވެސް ހުރިގޮތުގެ މަތިން އެންމެ ފުރިހަމަ ބޭނުންކުރެވެން ޖެހެއެވެ. ގިނަ އަދަދެއްގެ ފަތުރުވެރިން އަދި ބިދޭސީން ބުރިޖުން ގޮސް ހުޅުމާލެއަށް ހިނގާފައި ހުރަސްކުރެއެވެ. ދިވެހިންނަށް ކޮންސެޕްޓު އަލަސް އެ ގައުމުތަކުގައި މިހާރުގެ ޖީލުތަށް ނޭވާ ލާން ފެށީއްސުރެ މި ވަސީލަތްތައް ހުންނަކަމަށްވުމުން އެއް އަވަށުން އަނެއް އަވަށަށް ހިނގާފައި ނުދެވޭނެކަމަށް ނުވެސް ވިސްނާނެއެވެ. ޔަގީނުންވެސް ދެވޭނެ މަގެއް އޮތް އިރު ރައްކައުތެރިކަމާއިއެކު އެކަން ކުރެވޭނެ ގޮތެއް ފަހިކުރުމުގެ ބަދަލުގައި ނުދެވޭނެކަމަށް ނިންމައި މަނާކުރުމުން ހައިރާން ނުވެ ނުދާނެއެވެ.

ފައިމަގުގައި އުޅޭ މީހުންނާއި ދުއްވާ އުޅަނދުގެ ޓްރެފިކް ބައްދަލުއްވަނާކަމަށްވުމުން މާލެއިން ހުޅުމާލެއަށް ދުއްވާ ފަޅިން ހިނގާފައިދިއުމަކީ ކުރަން ފުރުސަތު ދިނުމުން ބޮޑެތިި މައްސަލަތައް ނުކުމެގެން އަންނާނެކަމެއް ކަމަށްވުމުން އެކަން ކުރުން އެކަށީގެނުް ނުވާނަމަވެސް ހުޅުމާލެއިން މާލެ އައުމަށް ދަތުރުކުރާ ފަރާތުން ހިނގާފައި ދިއުމުން އެފަދަ މައްސަލައެއް ނުނުކުންނާނެއެވެ. އެހެންނަމަވެސް އެތަން އޮތީ ރައްކައުތެރިކަމާއްިއެކު ފައި މަގުމުގައި ދެވިދާނެކަމަށް އެ ދާއިރާގެ ނަޒަރިއްޔާއިން ބަލަންޏާ ބުނެވޭކަށެއް ނެތެވެ. ބުރިޖު އަދި ހަމަ ފަސްގަނޑު ގުޅޭ ހިސާބާއި އެތަނުގައި ހަރުކޮށްފައިވާ މަގުބައްތި އާއި ދެމެދު ރެއިލިންގް ޖަހާފައިނުވެއެވެ. އެއް ފަރާތަކަށް އުޅަނދުތަކަށް މަޑުކުރެވޭނެ އިންތިޒާމުތައް ޑިޒައިންގެ ވިސްނުމުގެ ތެރޭގައި އެކަށީގެންވާ ގޮތެއްގެ މަތިން ހިމަނާފައިނުވަނީއެވެ. ނުވަތަ ހިނގާފައި ދެވޭނެ އިންތިޒާމުތައް ހިމަނާފައިނުވަނީއެވެ. ދެކަމަށްވެސް ވެދާނެއެވެ. މިހާރު ކަން ވާގޮތުން އެތަގައި ސައިކަލެއް ބޭންދިޔަސް ޓްރެފިކަށް އެކަމުގެ އަސަރުކުރެއެވެ.

އެންމެ ކުޑަމިނުން ރެއިލިންގް ޖަހާފައިވާނަމަ ފައިމަގުގައި ދާ މީހުންނާއި ދުއްވާ ތަކެއްޗާއި ވަކި ކުރެވޭނެއިރު، އެފަޅީގައި ހިލަ ޖަހާފައިވާ ސަރަހައްދުން ޕޭވްކޮށްގެން އުސްގަނޑެއް ހެދުމަށްފަހު އެއަރޕޯޓުގެ ވަސީލަތްތައް ހަރުކޮށް ކޮށި ޖަހާފައިވާ ސަރަހައްދު ބޭރުން އައިސް ސޯލާ ޕެނަލްތަަކާއި ދިމާލުން ފައިބައިގެން ގޮސް އެ ޕެނަލްތަކުގެ ހިޔާވަހިކަމުގެ ދަށުން ހިންގާލާފައިގޮސް އެމްޓީސީސީ ބަސް ޓާމިނަލްއެއްކަމަށް ބުނެ ހަދާފައިވާ ތަނުން ރަށު ތެރެއަށް ވަދެވޭނެ އިންތިޒާމު ހަމަޖެއްސިދާނެއެވެ. މިހާރުވެސް ލައިޓު ހަރަކޮށްފައި ހުރި ސަރަހައްދަށް އުދައެރުމުގެ މައްސަލަ ކުރިމަތިވެފައިވާކަމަށްވުމުން އެތަނުގައި ފާރެއް އުށްކޮށް ވަރުގަދަކުރުމަކީ މިކަމުން ރައްކައުތެރިވުމަށްވެސް ފަހިވެގެންދާނެ ކަމެކެވެ. އެހެންނަމަވެސް އެވަރަށް ވިސްނާފައިނުވާއިރު، މާލެއިން ހުޅުމާލެއަށް ދިއުމަށްޓަކައި އަރާ މީހާއަށް މެދު ތެރެއިން އުނދުން ޖައްސާފައި އާދެވުނުކަން ހަނދާންވިނަމަވެސް އަވަށް ރައްކައުތެރިކަމާއިއެކު އަނބުރާލައި މާލެއަށް ދެވޭނެ ގޮތެއް ނެތެވެ. ޖެހެނީ ހުޅުމާލެއަށް ގޮސް އަނބުރާލަންށެވެ.

ވަކި ހިސާބަކުން އެގްޒިޓް ލޭނެއް ކަމަށް އަންގައި ވިސްނުންތެރިކަމާއިއެކު ޓްރެފިކް ގައިޑުކުރުމަށް މަގުތައް މަތީގައި ތީރު ކުރަހައި އިންތިޒާމުތައް ކުރުމާއި އެ ތަނުން ދަތުރުކުރާ މީހުން ސްޕީޑު މަޑުކުރުވުމަށް ބާރުއެޅުމުގެ ނިޔަތުގައި ޕޯސްޓު ޖަހައި އެކަށީގެންވާ ގޮތެއްގެ މަތިން ބެލެހެއްޓުމުގެ ބަދަލުގައި ދެތިން އެކްސިޑެންޓެއް ހިނގުމުން ނުރައްކާތެރިކަމަށް ނިންމައި އަނބުރާލެވޭޏެ މަގުވަނީ ބަނދުކުރެވިފައެވެ. ޖާގައިގެ ބޭނުންކުރުމާއި މެނޭޖުކުރުމުގައިވެސް ބޮޑެތި މައްސަލަތައް ހުރިއިރު މި ދެންނެވި ސަރަހައްދުގައި މަގު ދެފަޅި ވަކިކުރަން އޮންނަ ފަސްގަނޑުގައި ރައީސް ސާލިހުގެ ސަރުކާރުންވަނީ ވޯލްޑް ބެންކްގެ އެހީގައި ސޯލާރ ޕެނަލްތަކެއް ހަރުކޮށްފައެވެ.

ބުރިޖު އަރިމަތީގައި ހުންނަ ދަގަނޑު ރެއިލިންގްތައްވެސް ދަބަރަށް ބަދަލުވެއްޖެއެވެ. އެހެންނަމެވެސް އެއަށްވުރެވެސް ބޮޑަށް ތަނުގެ ރީތިކަން ގެއްލިގެންދަނީ ސޯލާ ޕެނަލްތައް ޖަހާފައިވާގޮތުގެ ސަބަބުންނެވެ. ރައީސް މުއިއްޒުވަނީ އެތަކެތި އެހެން ތަނަކަށް ބަދަލުކުރައްވާނެކަށް ވިދާޅުވެފައެވެ. އެހެންނަމަވެސް މިދިޔަ ދައުރުގައި ނިމިފައިވާ މަސައްކަތްތަކާއިއެކު މުޅި ސަރަހައްދުން ފެންނަމުންދިޔަ ހިތްގައިމު މަންޒަރުތައް އެއްކޮށް ހަޑިވެއްޖެއެވެ.. މިކަން ކުރީ ރައްޔިތުންގެ ތެރެއިން ޝަކުވާ އަދި ކަންބޮޑުވުންތައްވެސް ހިއްސާކުރަމުންދަނިކޮށެވެ. ބުރިޖު މަތިން އެތައް ބަޔަކު ހޭނެތިފައިވެއެވެ. އެތައް އެކްސިޑެންޓެއްވެ އެތައް ގެއްލުންތަކެއް ވެއްޖެއެވެ. އެތައް ފުރާނައެއްވެސް ގެއްލިއްޖެއެވެ. ސޯލާރ ޕެނަލްތަކަށްވެސް ކާރެއް އަރައިފިއެވެ. މިއީ ރައްޔިތުންނަށް ބޭނުންވާ ކުއްލި ހިދުމަތްތައް ދިނުމުގެ ގޮތުން އެމްބިއުލާންސް އަދި ފުލުހުންގެ ޕޯސްޓު ބަސް ސްޓޮޕް ފަދަ ތަންތަން ގާއިމުކުރެވޭނެ ޖާގައިގައި ކޮށްފައިވާ މަސައްކަތްތަކުގެ ނަތީޖާއެވެ.

ބުރިޖުމަތިންވާ އެކްސިޑެންޓަށް ކުއްލި ރެސްޕޮންސް ދިނުމުގެ ގޮތުން ރަށު ތެރެއިން އެމްބިއުލާންސެއް ގެންނަންޖެހުމުން ލަސްތަކެއްވެއެވެ. އެތަނުގައި އޮންނަ ނަމަ ވަގުތު ސަލާމަތްވެ އެކްސިޑެންޓުތަކުގައި ފުރާނަ ސަލަމާތްކުރަން ފުރުސަތު އިތުރުވެގެންދެއެވެ. ކުއްލި ހާލަތެއް ދިމާވުމުން ބުރިޖުމަތިން އެކަމަށް އެޓެންޑްވާނެ ބަޔަކު ތިބުން ބޮޑުވަމުންދާ ޓްރެފިކް މައްސަލައާއިއެކު މުހިންމުއިރު ކަމެއް ދިމާވާ ހާލަތުގައި ހައްލުކޮށްދޭނެ ބަޔަކު ތިބިކަން އެނގުމަކީވެސް ރައްޔިތުންނަށް ލިބިގެންދާނެ ބޮޑު ލުޔެކެވެ. އެހެންކަމުން ވޭދުވެދިޔަ ދައުރުގައި ސަރުކާރުންވަނީ މި ބުރިޖުން ލިއްބައިދޭ އުފާވެރިކަމާއި ރައްޔިތުން ދުރުގައި ބައިތިއްބާފައިކަމަށްވެސް ބުނެވިދާނެއިރު އެކަންކަން ފޮރުވީކަމަށްވެސްސް ބުނެވިދާނެއެވެ.

ވަރަށް ގަދަ
32%ވަރަށް ގަދަ 9%ވަރަށް ގަޔާވޭ 26%ބޮޑު ޖޯކެއް 2%ހައިރާންވެއްޖެ 4%ވަރަށް ދެރަ 28%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: