ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބުރިޖު މަރާމާތުކުރަމުންދަނިކޮށް ބިދޭސީ މުއައްޒަފެއް ނިޔާވެއްޖެ

ސިނަމާލެ ބުރިޖު.
ޝެއާރކޮށްލާ ކަހަލަދޯ؟

ސިނަމާލެ ބުރިޖު މަރާމާތު މަސައްކަތްކުރަމުންދަނިކޮށް ބިދޭސީ މުއައްޒަފެއް ނިޔާވެފައިވާކަމަށް ހާމަކޮށްފިއެވެ.

ފުލުހުންގެ މުއައްސަސާއިން މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުން ނިޔާވި މީހާ އެވަގުތު ހުރީ ސިނަމާލެ ބުރިޖުގެ މަރާމާތު މަސައްކަތްތައް ކުރުމުގައި ޝާމިލުވެކަމަށެވެ. އަދި އޭނާ ހުރީ ގްރައުންޑުގައިކަމަށް ބުނާއިރު، ކުއްލި ގޮތަކަށް އަނބުރައިގަނެގެން ވެއްޓުމުން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިޔަކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އެހެންނަމަވެސް އެ ހޮސްޕިޓަލާއި ހިސާބަށް ދެވުނު އިރުވެސް އެ މީހާ އޮތީ ނިޔާވެފައިކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ބުރިޖު މަސައްކަތްތައް ކުރަމުންދަނީ ޗައިނާގެ ކުންފުންޏަކުން ނަމަވެސް ނިޔާވި މީހާއަކީ އިންޑިއާގެ ރައްޔިތެއްކަމަށްވެސް ބައެއް ފަރާތްތަކުން މައުލޫމާތު ޝާއިއުކޮށްފައިވެއެވެ.

މިފަހުން ޗައިނާގެ ކުންފުންޏަކުން ބުރިޖުގެ މަަރާމާތުގެ މަސައްކަތްތައް ކުރަމުންދަނީ ވޭތުވެދިޔަ ވެރިކަމުގެ ދައުރުގައި މެއިންޓެނެންސް މަސައްކަތްތައް ނުކޮށް ހުރުމުގެ ސަބަބުން ލިބިފައިވާ ގެއްލުންތައް ރަނގަޅުކުރުމަށްކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: