ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޖީނުގެތައް މެއިންޓެނެންސް ނުކޮށް ހުރުމުން ސަރުކާރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވި: ޝިޔާމް

މިނިސްޓަރު އަހުމަދު ޝީޔާމް : ފޮޓޯ/ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގެ ދައުރުގައި އިންޖީނުގެތަކާއި އިންޖީނުތައް މެއިންޓެއިން ނުކޮށް ހުރުމުގެ ސަބަބުން ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ވެރިކަމުގެ ފުރަތަމަ 4 ވަރަކަށް މަސްދުވަހު ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހުނުކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝިޔާމްވަނީ މަސްވެރިކަމުގެ ސިނާއަތު ކޮޅަށް ޖެހުމުގައި ސަރުކާރަށް ކުރިމަތިވެފައިވާ ގޮންޖެހުްންތައް ހިއްސާކުރައްވާފައެވެ. އެގޮތުން ރައީސް ޑރ މުއިއްޒު ވެރިކަމާއި ހަވާލުވިއިރު މާލީ އުނދަގޫތަކެއް ހުރިކަމަށާއި މީގެކުރިން ސަރުކާރުން އަމަލުކޮށްފައިވާ ގޮތުގެ ސަބަބުން ވެރިކަމާއި ހަވާލުވެގެން ބޮޑެތި ދަތިތަކާއި ކުރިމަތިލާންޖެހުނުކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ބައިވަރު ލޯނުތައް ރޯލްއޯވާރ ކުރަންޖެހުނުކަމަށާއ ބައިވަރު މުއްދަތު ޖެހިފައި ހުރިކަންވެސް ހާމަކުރެއްވިއިރު ލޯނުތައް ދެއްކުމުގެ އިތުރުން ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައްވެސް ދޭންޖެހޭކަމަށާއި ތަންތަނުގައި އަސާސީ ހިދުމަތް ދިނުމުގެ ގޮތުން ގާއިމުކޮށްފައިވާ ވަސީލަތްތައްވެސް ހުރީ ހަލާކުވުމާއި ގާތުގައިކަމަށް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، އިންގީނުގެތަކާއި އިންޖީނުތައް މެއިންޓެއިން ނުކޮށް ހުރުމުގެ ސަބަބުން އެކަންކަން ހައްލުކުރަންޖެހި ސަރުކާރަށް ބޮޑެތި އުނދަގޫތައް ކުރިމަތިވިކަމަށެވެ. މިނިސްޓަރ ވިދާޅުވީ، މަސްވެރިކަމުގެ ވުޒާރާއަށްވެސް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ތެރޭގައި އައިސް ޕްލާންޓުތަކުގެ މެއިންޓެނެންސް ނަހަދާހުރުން ހިމެނޭކަމަށާއި ސަރުކާރަށް ޖެހުނީ ހުރިހާ އައިސްޕްލާންޓެއްގެ މަސައްކަތްތައް އެއްވަގުތެއްގައި ހައްލުކުރަން މަސައްކަތްކުރަންކަމަށްވެސް ވިދާޅުވިއެވެ. އަދި ތަންތަނުގައި ތިބި އައިސްޕްލާންޓުތައް ތިބީ އޮޕަރޭޝަނުން ބޭރުގައިކަމަށާއި ރައީސް މުއިއްޒުގެ ސަރުކާރާއި ހިސާބަށް ކަންކަން އައިސްފައިވަނީ ވަރަށް ދޯދިޔާ އުސޫލެއްގެ މަތިން ކުރެވެމުންކަމަށްވެސް ހިއްސާކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ މާލީ ހާލަތު ބަދަލުކުރެއްވުމުގެ ގޮތުން ރައީސް މުއިއްޒުއަށް ނަންގަވަން ޖެހިވަޑައިގެންފައިވަނީ އުނދަގޫ ފިޔަވަޅުތަކެއްކަމަށާއި ފިނޭންސް މިނިސްޓަރު އެ މަސައްކަތްތަކުގައި އަވަދިނެތި އުޅުއްވާކަންވެސް އެނގިވަޑައިގަންނަވާކަން ހާމަކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވީ، އިގްތިސާދީ ވުޒާރާއިންވެސް ދަނީ ދިވެހިރާއްޖެއަށް އާމްދަނީއެއް ވެއްދުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންކަމަށާއި އިކޮނޮމިކް ކައުންސިލުންވެސް މަސައްކަތްތައް ކުރަމުންދާކަން ހާމަކުރެއްވިއެވެ.

ޝިޔާމް ވިދާޅުވީ، ގިނަ ރައީސުން ދައުރުގެ ފަހުކޮޅުގައި ފުއްދުމަށް ވައުދުތައް ބަހައްޓާކަމަށެވެ. އެހެންނަމަވެސް މި ދައުރުގައި ފެނިގެންދަނީ ބޮޑެތި މުހިންމު ފިޔަވަޅުތަކެއް ދައުރުގެ ކުރީކޮޅުގައިވެސް އަޅުއްވަމުންދާ މަންޒަރުކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: