2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި އާސަންދައިގެ ޖުމްލަ ޙަރަދު 8000،000 ( އަށް މިލިއަން) އިތުރުވެފައިވާކަން އާސަންދަ ކުންފުނިން އިއުލާން ކޮށްފިއެވެ.
އާސަންދައިގެ ކުއާޓަރ ރިޕޯޓުން ބަޔާންކޮށްފައިވާ ގޮތުގައި 1 ޖެނުއަރީ ފެށިގެން މާރޗް 31 ވަނަ ދުވަހުގެ ނިޔަލަށް ފުރަތަމަ ކުއާޓަރގައި ޖުމްލަ އެ ކުންފުނިން ޙަރަދު ވެފައިވަނީ 838،000 ( އަށް މިލިއަން ތިރީސް އަށްހާސް ) ރުފިޔާ އެވެ. މިއީ ފާއިތުވީ 2023 ވަނަ އަހަރުގެ މި މުއްދަތާ އަޅައި ބަލާއިރު %4.8 ގެ އިތުރުވުމެކެވެ. އާސަންދަ ސްކީމުގެ ދަށުން ޖުމްލަ ބްލޮކްކުރެވުނު އަދަދަކީ 799 މިލިއަން ރުފިޔާ އެވެ.
ފާއިތުވީ އަހަރު ޙިދުމަތް ހޯދި މީހުންގެ ޢަދަދު ޖުމުލަ 273،434 ގައި ހުރިއިރު، މި އަހަރު މި ޢަދަދުވަނީ 276،439 ( ދެ މިލިއަން ހަތްދިހަ ހަހާސް ހަތަރުސަތޭކަ ތިރީސް ނުވައެއް ) ކަށް އިތުރުވެފައިކަން އެ ކުންފުނިން ވަނީ އިއުލާންކޮށް ފައެވެ. އަދި މި އަހަރުގެ ފުރަތަމަ ކުއާޓާރގައި އިމަރޖެންސީ ޙާލަތުގައި އެއް ރަށުން އަނެއް ރަށަށް ޖުމްލަ 1،599 ( އެއްހާސް ފައްސަތޭކަ ނުވަދިހަ ނުވައެއް ) ފަހަރަށް ބަލި މީހުން ގެންގޮސްފައި ވާއިރު ރާއްޖެއިން ބޭރަށް ޖުމްލަ 1،691 ( އެއްހާސް ހަ ސަތޭކަ ނުވަދިހަ އެކެއް ) ބަލި މީހުން ވަނީ ފޮނުވާލެވިފައިކަން އާސަންދަ ކުންފުނިން ވަނީ ހާމަ ކޮށްފައެވެ.
އާސަންދައިގެ ބޭސްފިހާރަ ތަކަށް ބަލާއިރު ޙިދުމަތް ލިބޭ ޖުމްލަ 393 ތަނެއް ރާއްޖޭގައި ހުންނައިރު ރާއްޖެއިން ބޭރުގައި ޙިދުމަތް ލިބޭ 61 މަރުކަޒު ހުރެއެވެ. އަދި ރާއްޖެއިން މި ޙިދުމަތް ލިބޭ 116 އަމިއްލަ ހޮސްޕިޓަލް/ ކްލިނިކް ހުންނައިރު، ސަރުކާރު ހޮސްޕިޓަލާއި ސިއްޙީމަރުކަޒުގެ އަދަދަކީ ޖުމްލަ 193 ކެވެ.

