އުރީދޫ ސައޫދީ ޕާސްޕޯޓަކީ ކަސްޓަމަރުންނަށް އިތުބާރު ހިފޭ އަދި ހެޔޮ އަގެއްގައި މުވާސަލާތީ ހައްލުތަކެއް ފޯރުކޮށްދީ ކަނެކްޓިވިޓީގެ މައްސަލަތަކާ މެދު ކަންބޮޑުވުމެއް ނެތި ހައްޖުގެ އަޅުކަމަށް ސަމާލުކަން ދެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ޕާސްޕޯޓެއްކަމަށް އުރީދޫގެ ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާލުވެއްޖެއްޖެއެވެ.
ހައްޖު މޫސުމަށް ހާއްސަކޮށް އުރީދޫއިން ސައުދީ ޕާސްޕޯޓުގެ ނަމުގައި ރޯމިންގ ސިމެއް ވަނީ ތައާރަފްކޮށްފައެވެ. ހައްޖު މޫސުމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ މި ސިމާއެކު ކޮންމެ ކަސްޓަމަރަކަށްވެސް ގުޅުމާއި އެސް.އެމް.އެސް އަދި ޑޭޓާ ރަގަޅު އަގެއްގައި ބޭނުންކުރުވިގެންފާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.
އުރީދޫއިން މައުލޫމާތު ދީފައިވާގޮތުން މިއީ ހައްޖަށް ދާ މީހުންނަށް ފަސޭހަކަމާއެކު ރާއްޖޭގައި ތިބި އާއިލާ އަދި ރައްޓެހިންނާއި މުއާމަލާތްކޮށް ގުޅުން މެދުނުކެނޑި ބޭއްވުމުގެ މަގުޞަދުގައި ތައާރަފުކުރި ސިމެއް ކަމަށެވެ. ޙައްޖުގެ މާތް އަޅުކަމުގެ ދަތުރުގައި ކޮންމެ އަހަރަކުވެސް އެތައް ހާސް ދިވެހިންނެއް އެތައް މިލިއަން މުސްލިމުންނާ އެކު މައްކާއަށް ދަތުރުކުރާކަމަށާއި ސައޫދީ ޕާސްޕޯޓާއެކު އުރީދޫގެ އަމާޒަކީ ކަސްޓަމަރުންގެ މި މާތް ދަތުރުގައި ގާތް ތިމާގެ މީހުންނާ ގުޅިފައި ތިބުމާއި ޒަރޫރީ ހިދުމަތްތައް ހޯދައިދިނުން ކަމަށް އެ ކުންފުނިންވަނީ ބުނެފައެވެ.
މި ސިމުގައި 15 ޖީބީ ޑޭޓާ، 60 މިނެޓުގެ ކޯލުކުރުމާއި ލިބުން އަދި 60 އެސް.އެމް.އެސް ރޯމިންގގައި ބޭނުންކުރެވޭ ގޮތަށް ބަންޑްލް ކުރެވިފައިވާ ކަމަށާއި މީގެ އިތުރަށް ބޭނުން ކުރެވޭ ޑޭޓާއަށް ނަގާނީ އެމް.ބީއަކަށް 0.99ރ ކަމަށް އުރީދޫއން ވަނީ ބުނެފައެވެ.
އުރީދޫގެ ހަރުދަނާ ރޯމިންގ ކަވަރޭޖާއި އެކު ކަސްޓަމަރުންނަށް ހައްޖުގެ ހުރިހާ ސައިޓެއްގައި މުއާމަލާތްކުރުމުގެ ފަސޭހަ ލިބިގެންދާނެ ކަމަށް މައުލޫމާތު ދީފައިވެއެވެ. ސައުދީ ޕާސްޕޯޓް ބޭނުންކުރުމަށް ފޯނަށް ސިމް ލައްވާލުމަށްފަހު އެކްޓިވޭޓް ކުރެވޭނެ ކަމަށްވެސް އުރީދޫއިން ވަނީ ބުނެފައެވެ.
އުރީދޫގެ ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ އާއިލާ އާއި ރައްޓެހިންނާ ދުރުގައި ތިބޭ މިފަދަ މުހިންމު ދަނޑިވަޅެއްގައި ކަނެކްޓިވިޓީ އަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމަށެވެ. އުރީދޫއިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ މިފަދަ މުހިންމު މުނާސަބަތުތަކުގައި، ކަސްޓަމަރުންނަށް ބޭނުންވާފަދަ ރަގަޅު ހިދުމަތްތައް ފޯރުކޮށް ދިނުމަށް ކަމަށް ޚާލިދު އަލް ހަމާދީ ވިދާޅުވިއެވެ.

