ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުރީދޫއަށް 19 އަހަރު: ރާއްޖޭގެ 60 އިންސައްތައަށް 5ޖީގެ ޚިދުމަތް ފުޅާކޮށްފި

އުރީދޫ މޯލްޑިވްސްގެ 19 ވަނަ އަހަރީ ދުވަހާ ގުޅިގެން ބޭއްވި ޕްރެސް ކޮންފަރެންސް - ފޮޓޯ: އުރީދޫ މޯލްޑިވްސް
ޝެއާރކޮށްލާ ކަހަލަދޯ؟

އުރީދޫ މޯލްޑިވްސްއަށް 19 އަހަރުވުމާ ގުޅުވައި، ރާއްޖޭގެ 60 އިންސައްތައަށް 5ޖީގެ ޚިދުމަތް ފުޅާ ކޮށްފިއެވެ.

މިއަދު ފާހަގަ ކުރާ އުރީދޫގެ އަހަރީ ދުވަހާ ގުޅިގެން އުރީދޫ މޯލްޑިވްސްއިން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޚާލިދު އަލް ޚަމަދީ ވިދާޅުވީ ކަސްޓަމަރުންގެ ޑިޖިޓަލް ދިރިއުޅުން ފުރިހަމަކުރުމަށް ކުރަމުން ގެންދާ މަސައްކަތުގައި އާ އަދި އިތުރު ޚިދުމަތްތަކެއް ތައާރަފު ކޮށްފައިވާ ކަމަށެވެ. އެގޮތުން ޑިޖިޓަލް ޓްރާންސްފޯމޭޝަން ގެނައުމަށާއި، އިނޮވޭޓިވް ސޮލިއުޝަންތަކާއި، ތަފާތު ޚިދުމަތުގެ ޒަރިއްޔާއިން ކަސްޓަމަރުންގެ ދިރިއުޅުން ކުރިއެރުވުމަށް އުރީދޫ މޯލްޑިވްސް އިން އަބަދުވެސް މަސައްކަތް ކުރަމުންދާ ކަން ފާހަގަކޮށްފައިވެއެވެ.

އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތައް ގުޅާލުމުގައި ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން، އުރީދޫ 5ޖީ މިހާރު ރާއްޖޭގެ 60 އިންސައްތަ އަށް މިއަދުން ފެށިގެން ލިބިގެންދާނެ ކަމަށް އުރީދޫ މޯލްޑިވްސް އިން ވަނީ ބުނެފައެވެ. އަދި މި މަސައްކަތުގެ ފޭސް ތިނެއްގައި 100 އިންސައްތަ ކަވަރޭޖް ހާސިލްކުރެވޭނެ ކަމަށާ، ހަލުވި ސްޕީޑާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް ރަނގަޅު 5ޖީ ނެޓްވޯކެއްގެ ލިބިގެންދާނެ ކަމަށް ވެސް ބުންޏެވެ. މިއާއެކު މި ޚިދުމަތް 22 ރަށަކާއި ފަސް ރިސޯޓަކަށް ވަނީ ފުޅާވެފައެވެ.

5ޖީ ގެ ޚިދުމަތް ފުޅާކޮށް ތައާރަފު ކުރެވުނު އައު ޚިދުމަތްތައް:

ނޫޖޫމް: ލޯޔަލްޓީ ޕްރޮގްރާމް

އުރީދޫ މޯލްޑިވްސްއިން ބުނީ އުރީދޫގެ ލޯޔަލްޓީ ޕްރޮގްރާމް، ނުޖޫމް ފަރުމާކުރެވިފައި ވަނީ، ހުރިހާ ކަސްޓަމަރުންގެ ބައިވެރިވެވޭ ގޮތަށް ކަމަށެވެ. އެގޮތުން ނުޖޫމްއާއެކު ކަސްޓަމަރުންނަށް އުރީދޫ އެޕް މެދުވެރިކޮށް ކުރާ ކޮންމެ ޓްރާންސެކްޝަނަކާއެކު ޕޮއިންޓް ހޯދައި، އުރީދޫގެ ގިނަ ޚިދުމަތްތަކަށާއި ތަރޑް ޕާޓީ އޮފާތަކަށް ރިޑީމް ކުރެވޭނެ ކަން ކުންފުނިން ފާހަގަކުރެއެވެ. އުރީދޫއިން ބުނީ މި ޕްރޮގްރާމަކީ ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދިނުމަށް ރޭވިފައިވާ ޕްރޮގްރާމެއް ކަމަށެވެ. އަދި ނުޖޫމަކީ އުރީދޫ ގްރޫޕުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރާ ލޯޔަލްޓީ ޕްރޮގްރާމެއް ކަމަށެވެ.

އާޗާ ސުޕަނެޓް އަދި އާޗާ އެއާފައިބާ : ޑެއިލީ ޑޭޓާ މިހާރު ފައިބާރ ބްރޯޑްބޭންޑަށް

އުރީދޫގެ އާޗާ ސުޕަނެޓުން ކޮންމެ ދުވަހަކު ޑޭޓާ ލިބޭ ޕްލޭންތަކެއް ވެސް ވަނީ ތައާރަފު ކޮށްފައެވެ. އެގޮތުން ބްރޯޑްބޭންޑް މެދުވެރިކޮށް ކަސްޓަމަރުން ގުޅާލުމަށާ، ކޮންމެ ދުވަހަކު ވެސް މެދުނުކެނޑި އިންޓަނެޓްގެ ޚިދުމަތް ހޯދުމަށް މި ޕްލޭންތައް މެދުވެރިކޮށް ކަސްޓަމަރުންނަށް އިތުރަށް ފަސޭހަވެގެން ދާނެކަން އުރީދޫއިން ފާހަގަކުރެއެވެ. މި ކުރިއެރުމަކީ ރާއްޖޭގައި އެންމެ ފުރިހަމަ އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތަށް އިތުރުކުރެވުނު ބޮޅެއްކަމަށް އެ ކުންފުނިން ބުނެއެވެ.

އޭއައި ޕޯސްޓްޕެއިޑް: އޭ.އައި މެދުވެރިކޮށް ޕޯސްޓްޕެއިޑް ޕްލޭން ތައްޔާރުކޮށްލާ

ރާއްޖޭގައި ފުރަތަމަ ފަހަރަށް އޭއައި ޕޯސްޓްޕެއިޑް އުރީދޫއިން ތައާރަފުކޮށް އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ކަސްޓަމަރުން ބޭނުންތަކާއި ބޭނުންކުރުމުގެ ވައްޓަފާޅިއަށް ފެތޭ ގޮތަށް ޕާސަނަލައިޒްޑް ޕޯސްޓްޕެއިޑް ޕްލޭންތައް ހެދުމަށް މި އިނޮވޭޓިވް ޚިދުމަތުން ލިބޭނެއެވެ. އޭއައި ޕޯސްޓްޕެއިޑް އާއެކު ކަސްޓަމަރުންނަށް ތަފާތު ފްލެކްސިބިލިޓީ އާއި ވެލިއު ލިބޭ ގޮތަށް ހާއްސަ ޕްލޭނެއް ބޭނުން ކުރެވޭނެ ކަމަށް ވެސް އުރީދޫއިން ބުނެއެވެ.

ހެއްސަ ޑޭޓާ:ރާއްޖޭގެ އެންމެ ބޮޑު ޑޭޓާ އެލަވަންސް

އެ ކުންފުނިން ބުނީ ހެއްސަ ޑޭޓާ އަކީ ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑަށް ތައާރަފުކުރެވޭ ރާއްޖޭގެ އެންމެ ބޮޑު ޑޭޓާ އެލަވަންސް ލިބޭ ޕްލޭން ކަމަށެވެ. އަދި ކަސްޓަމަރުންގެ އެކި ބޭނުންތަކަށާ ގިނަ ޑޭޓާ ބޭނުންކުރާ ފަރާތްތަކަށް މި އޮފާ އަކީ އިންޓަރނެޓު ބޭނުން ކުރުމާއި ސްޓްރީމް ކުރުމާއި ޗެޓުކުރުމުގައި ލިމިޓަކާ ނުލައި ގުޅާލުމުގެ ފުރުސަތު ލިބޭނެ ޕްލޭނެއް ކަމަށެވެ.

އާޗާ ދަންދަން: ދަންވަރަށް ހާއްސަ

ސޯޝަލް މީޑިއާގައި ދަންވަރު ވަގުތު ހޭދަކުރާ ފަރާތްތަކަށް ހާއްސް އާޗާ ދަންދަން އިން ކޮންމެ ދުވަހަކު ވެސް ސޯޝަލް މީޑީއަގެ ގިނަ އެޕްލިކޭޝަންތަކަށް ޑޭޓާ އެލަވަންސެއް ލިބޭ އިރު، ”ދަން ދަން“ ގަޑިތަކުގައި، އެއީ ދަންވަރު 1:00 އިން ފަތިހު 5:00 އަށް މި ޚިދުމަތް ލިބޭނެކަން އުރީދޫއިން ފާހަގަކޮށްފައިވެއެވެ. އެ ކުންފުނިން ބުނީ މި ޕްލޭންއާއެކު މެދުނުކެނޑި ސޯޝަލް މީޑިއާގައި ވަގުތު ހޭދަކުރެވޭނެ ކަމަށެވެ.

އެންޓަޓައިނިއާ: އެންޓަޓެއިންމަންޓް އާ ހަރުފަތަކަށް

އުރީދޫ މޯލްޑިވްސް އިން ފާހަގަކޮށްފައިވާ ގޮތުގައި މުނިފޫހިފިލުވުމުގެ ގިނަ އެޕްލިކޭޝަންތަކާއި އެޕްތައް ހިމެނޭ ހާއްސަ ޕޭޖެއް ކަމަށްވާ އެންޓަޓައިނިއާ އުރީދޫއިން ތައާރަފުކުރިއިރު މި އާ ފީޗާގައި ސޮނީލިވް އާއި ލަޔަންސްގޭޓް ޕްލޭ ހިމެނޭ ފިލްމު ޕެކް އޮޕްޝަންތަކުގެ އިތުރުން ސްނެޕްޗެޓާއި ޓިކްޓޮކްގެ ސޯޝަލް އެންޓަޓެއިންމަންޓް ޕެކްތައް ވެސް ހިމެނޭނެއެވެ. އުރީދޫ އިން ބުނީ އެންޓަޓެއިނިއާ ފަރުމާކޮށްފައި ވަނީ މުނިފޫހިފިލުވުމުގެ ހުރިހާ ބޭނުންތަކެއް އެއްތަނަކުން ލިބޭ ގޮތަށް ކަމަށެވެ.

އުރީދޫ ނޭޝަން: ގްލޯބަލް ފޭސްއޮފް

އުރީދޫ ނޭޝަން ގްލޯބަލް ފޭސްއޮފް އަކީ 1919 ޑޮލަރުގެ ޕްރައިޒް ޕޫލަކާއެކު ރާއްޖެ އާއި ގަތަރު ގެ ޓީމުތައް ވާދަކުރާ ރޮކެޓް ލީގު މުބާރާތެކެވެ. އޮގަސްޓް މަހުގެ 8 ވަނަ ދުވަހާއި 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ހަރަކާތަކީ އުރީދޫ ނޭޝަންގެ އިންޓަނޭޝަނަލް ފުރަތަމަ މުބާރާތް ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ޚިދުމަތްތައް ތައާރަފުކޮށް އުރީދޫއިން ބުނީ ކުރިއަށް އޮތްތަނުގައި ވެސް އައު، އީޖާދީ ޓެކްނޮލޮޖީ ތައާރަފުކޮށް ފުޅާކުރުމަށް އެ ކުންފުނިން މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ. އޭގެ އިތުރުން އެ ކުންފުނިން ވަނީ އުރީދޫ ކަސްޓަމަރުން ގެ ފަރާތުން ލިބޭ ތަރުހީބަށް ޝުކުރުއަދާކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: