ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ްބޭރަށް ކިޔަވަންދާ ކުދިންނަށް ކޮންމެ މަހަކުވެސް ތިންމަހަށް ވާވަރުގެ ފައިސާ ޖަމާކޮށްދީފައިވާނެ: ހަޔަރ އެޑިއުކޭޝަން

ހަޔަރ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ނަޒީރު
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯން ސްކީމްގެ ދަށުން ވިޔަސް އަދި ސްކޮލަރޝިޕްގެ ދަށުން ނަމަވެސް ބޭރަށް ކިޔަވަންދާ ކުދިންނަށް ކޮންމެ މަހަކުވެސް ތިންމަހަށް ވާވަރުގެ ފައިސާ ޖަމާކޮށްދީފައިވާ ކަމަށް ހަޔަރ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ނަޒީރު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި ނާޒިރު ވިދާޅުވީ ލޯން ސްކީމްގެ ދަށުން ވިޔަސް އަދި ސްކޮލަރޝިޕްގެ ދަށުންވީނަމަވެސް ކުއްޖަކު ބޭރަށް ކިޔަވަން ފުރާއިރު ޕޭމަންޓު ދެއްކުމަށްޓަކައި ޝެޑިއުލް ތަކެއް ހުންނަ ކަމަށެވެ. އަދި ކޮންމެ މަހަކު ފައިސާ ދިނުމަކީ ދަތި ކަމަކަށް ވުމުން ކޮންމެ ކުއްޖަކަށް އެޑްވާންސްކޮށް ފައިސާ ޖަމާކޮށްދީފައިވާ ކަމަށް ވިދާޅުވިއެވެ.

ދެވަނަ އިންސްޓޯލްމެންޓަށް ފައިސާ ދިނުމުގެ ކުރިން އެ ފައިސާ ހަރަދުކޮށްފައިވާ ކަން ކަށަވަރުކުރަން ޖެހޭ ކަމަށްވެސް ނަޒީރު ވިދާޅުވިއެވެ. ބައެއްފަހަރު އިންވޮއިސް ނުދިނުމުގެ ސަބަބުންނާއި އެފަދަ ކުދި ކަންކަމުގެ ސަބަބުންވެސް ފޭމަންޓު ޑިލޭވެފައި ހުރިކަމަށް ނަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން ނަޒީރު ވިދާޅުވީ ވޭތުވެދިޔަ 6 މަސް ދުވަހުގެ ތެރޭގައި އެންމެ ބޮޑު އެއް މަސައްކަތެއް ގޮތުގައި ކުރައްވާފައިވާ މަސައްކަތަކީ ކުރީގައި ހަމައެކަނި ސްޓޫޑެންޓް ލޯނު ދިނުމުގެ ވުޒާރާއަކަށް ވެފައިވާއިރު މިހާރު ވަނީ ދުރުމުސްތަގުބަލުގައި ކުރިއަށްއޮތް ފަސް އަހަރު ރާއްޖޭގެ މަތީ ތައުލީމު ކޮލިޓީއާއި އެކު ކުރިއަށް ގެންދެވޭނެ ޕްލޭނެއް ހަދާފައިކަމަށް ވިދާޅުވިއެވެ.

މިނިސްޓްރީއަށް ލިބިފައިވާ ލޭބަރ ސްކިލްސްގެ މަސައްކަތްތަކުގެ ތެރޭގައި ރާއްޖޭގައި މަސައްކަތްތެރިންނަކީ ޑީސެންޓް މަސައްކަތްތަކެއް ކުރާ ބައެއް ގޮތަށް ޕްލޭން ތަކެއް ހަދައިފައިވާ ކަމަށް ނަޒީރު ވިދާޅުވިއެވެ.

”ރައީސްގެ ވަރަށް ބޮޑު ވައުދުފުޅެއް އެއީ ދިވެހި ހުރިހާ އެންމެން ހިމެނޭގޮތަށް ވަޒީފާތައް ފަހިކުރުން. އެހެންވީމަ އެކަމަށްވެސް މިވަނީ ގައުމީ ފެންވަރުގައި ޕްލޭނެއް އަޅުގަނޑުމެން އެކުލަވާލައިފައި. ޒުވާނުން ހުނަރުވެރި ކުރުވުމަށް މަސައްކަތް ފެށިފައި އަދި ޕްލޭން ކުރެވިފައި ރާއްޖޭގެ އެކިއެކި ސަރަހައްދުތަކަަށް ޓިވެޓް ސެންޓަރުތައް ގެންދިއުމާއި އަދި ހޮސްޓެލްތައް ގެންދިއުމުގެ މަސައްކަތްތައް މިކުރެވެނީ“

ނަޒީރު ވިދާޅުވީ ރައީސް ގެ އިކޮނޮމިކް އެޖެންޑާގެ ތެރޭގައި ކޮރިއޭޓިވް އިކޮނޮމީގައި އެޑިއުކޭޝަން ކޮމްޕޮނެންޓް ހިމެނޭ ކަމަށާއި، އެ ކޮމްޕޮނެންޓަކީ މުޅިން އަލަށް ރާއްޖެއަށް ތައާރަފް ކުރެވިގެން އަންނަ އެއްޗެއްކަމަށެވެ. އެކްސްޕޯޓް އެޑިއުކޭޝަންއަކީ ދުނިޔޭގެ ކުރިއަރައިފައިވާ އެހެންގައުމުތަކުގައި ވަރަށް ގިނައިން ކޮށްފައިވާ ކަމެއް ކަމަށާއި އަދި އޭގެ ސަބަބުން ވަރަށް ބޮޑު ހިއްސާއެއް އެގައުމެއްގެ ޖީޑީޕީއަށް ފޯރުވަމުން އަންނަ ކަމެއް ކަމަށް ނަޒީރު ވިދާޅުވިއެވެ.

”ވަޒީފާ ދިނުމުގެ ސިޔާސަތަކީ އެންމެންނަށް ކަނޑައެޅިފައިވާ ސިޔާސަތެއް. ރާއްޖޭގެ އެންމެ ބޮޑު އެއްވަޒީފާ ޕްރޮވައިޑް ކޮށްދެނީ ޓޫރިޒަމް ސެކްޓަރުން. ޓޫރިޒަމް ސެކްޓަރުގައި ވަރަށް ގިން ބިދޭސީން ތިބި ވާހަކަ އަޅުގަނޑުމެން އެބައަޑުއަހަން. ހަމައެކަނި އާދައިގެ ވަޒީފާއެއްގައެއްވެސް ނޫން. ސީނިއަރ މެނޭޖެ މެންޓާއި، މިޑްލް މެނޭޖްމެންޓާއި، އަދި ހާއްސަ ބައެއް ޕްރޮޖެކްޓް ތަކުގައި ބިދޭސީން ތިބޭ ވާހަކަ އަޅުގނަޑުމެން އަޑުއަހަން“

ނަޒީރު ވިދާޅުވީ ހަޔަރ އެޑިއުކޭޝަން އާއި އައިއެލްއޯ އާއި ގުޅިގެން ރާއްޖޭގެ ސްޓެސްޓިކަލް ޑިޕާޓްމެންޓާއި އެކު ސާވޭއެއް ފެށުމަށް ތައްޔާރު ވަމުން ދާ ކަމަށެވެ. އެ ސާވޭ ނިމުމާއެކު ރާއްޖޭގައި ޒުވާނުންނާއި އަދި އެހެނިހެން ވަޒީފާހޯދަން ބޭނުންވާ މީހުންގެ ތެރެއިން ކަނޑައެޅިގެން ވަޒީފާ ނުލިބި ތިބީ ކޮންކަހަލަ ކޮންބައެއް ކަން އެނގިގެންދާނެކަމަށް ނަޒީރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: