ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަރަބި ބަސް ކިޔަވައި ދިނުމަށް ހާއްސަ އިންސްޓިޓިއުޓް އެއް ގާއިމް ކުރަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ޢަރަބި ބަސް ކިޔަވައިދިނުމަށް ރާއްޖޭގައި ”އަރަބިކް ލޭންގްއޭޖް އިންސްޓިޓީއުޓް“ ގެ ނަމުގައި އިންސްޓިޓިއުޓް އެއް ގާއިމް ކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

ދިވެހި ރާއްޖޭގައި އަރަބި ބަސް ކިޔަވައިދިނުމަށް އިސްޓިޓީއުޓް އެއް ގާއިމް ކުރުމުގެ ޝައުވެރިކަން ފާޅުކޮށްފައިވަނީ ސައުދި އަރަބިއްޔާގެ ޔުނިވާސިޓީއެއް ކަމަށްވާ، އަލް އިމާމް މުޙައްމަދު އިބްނު ސަޢުދު އިސްލާމިކް ޔުނިވާސިޓީ އިން ނެވެ.

އެ ޔުނިވާސިޓީއިން، އިންސްޓިއުޓެއް ހުޅުވުމަށް ޝައުގުވެރިކަން ފާޅުކުރައްވާ، މިމަހުގެ 18 ވީ ބުރާސްފަތިދުވަހު، ވަނީ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓާއި މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި، މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ، މިނިސްޓްރީގެ ދެ ސްޓޭޓް މިނިސްޓަރުން ކަމަށްވާ، އަޙްމަދު ޝަފީއު އަދި ޑރ. އަބްދުﷲ ނަޒީރެވެ. އަދި އަލް އިމާމް މުޙައްމަދު އިބްނު ސަޢުދު ޔުނިވާރސިޓީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެ ޔުނިވާސިޓިގެ ވެރިންނެވެ.

މި ބައްދަލުވުމުގައި، އަލް އިމާމް މުޙައްމަދު އިބްނު ސަޢުދު ޔުނިވާސިޓީއިން ވަނީ ދިވެހިރާއްޖޭގައި އަރަބި ބަސް ކިޔަވައިދޭ މަރުކަޒެއް ޤާޢިމުކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ. އެގޮތުން، މި މަރުކަޒުގެ ރަޖިސްޓްރީގެ މަސައްކަތާއި މޯލްޑިވިސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިއު.އޭ) އިން ކޯސް އެކްރެޑިޓްކުރުމާއި ގުޅޭގޮތުން ވަނީ މަޢުލުމާތު ޙިއްސާކުރެވިފައެވެ.

އަރަބިކް ލެންގުއެޖް އިންސްޓިޓިއުޓްގެ ނަމުގައި އަރަބި ބަސް ކިޔަވައިދިނުމައްޓަކައި އަލް އިމާމް މުޙައްމަދު އިބްނު ސަޢުދު އިސްލާމިކް ޔުނިވާސިޓީ އިން ދިވެހި ރާއްޖޭގައި ހުޅުވުމަށް ހަމަޖެހިފައިވާ އިންސްޓިއުޓް ރަޖިސްޓްރީކުރުމުން ދިވެހިރާއްޖެއާއި ސަޢުދި އަރަބިއްޔާއާއި ދެމެދު އޮންނަ ގުޅުން ބަދަހިވެގެންދާނެކަން ވެސް މި ބައްދަލުވުމުގައި ދެ ފަރާތުންވަނީ ފާހަގަކުރައްވާފައެވެ.

ސަޢުދީ އަރަބިއްޔާގެ ޔުނިވާސިޓީއަކާއި ގުޅިގެން، މިދަފަ ތަޢުލީމީ މަރުކަޒެއް ދިވެހިރާއްޖޭގައި ހުޅުވުމަކީ ދިވެހިރާއްޖޭގެ ދަރިވަރުންނަށް އަރަބި ބަސް ދަސްވެ، އެބަހުގައި ކުރިއަރައިގެން ދިޔުމަށް ލިބިގެންދާ ރަނުގެ ފުރުސަތެކެވެ. މީގެ އިތުރުން، މި އިންސްޓިއުޓަކީ އަރަބި ބަސް އުގެނުމަށް ޝައުގުވެރިވާ ރާއްޖެއިން ބޭރު ދަރިވަރުންނަށް ވެސް ހުޅުވިފައިވާ ފުރުސަތަކަށްވާނެއެވެ.

ވަރަށް ގަދަ
36%ވަރަށް ގަދަ 64%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: