ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިސްޓަރ މާރިޔާ ޗައިނާ ސައުތު އޭޝިއާ ފީމޭލް ޕޮލިޓިކަލް ލީޑަރސް ފޯރަމުގައި ބައިވެރިވެވަޑައިގެންފި

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލް ޑިވެލޮޕްމަންޓް، ޑރ. މަރިޔަމް މާރިޔާ، ޗައިނާގެ ދަޢުވަތަކަށް، ޗައިނާގައި ބާއްވާ ”ޗައިނާ-ސައުތް އޭޝިޔާ ފީމޭލް ޕޮލިޓިކަލް ލީޑަރސް ޕްރޮގްރާމް“ ގައި ބައިވެރިވެވަޑައިގެންފިއެވެ.

މި މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާގެ ވެރިރަށް ބެއިޖިންގައި ކުރިއައްދާ މި ޕްރޮގްރާމަކީ ސީ.އައި.ސީ.ޑީ.އޭ އަދި ”އޯލް ޗައިނާ ވިމެންސް ފެޑެރޭޝަން“ އާ ގުޅިގެން، ޗައިނާއާއި ދެކުނުގެ ގައުމުތަކުގައި ސިޔާސީ މަގާމުތައް އަދާކުރައްވާ އަންހެންހެނުންނަށް ޚާއްސަކޮށް ބާއްވާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގައި ދިވެހިރާއްޖެއިން ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި މިނިސްޓަރ ޑރ. މަރިޔަމް މާރިޔާގެ އިތުރުން މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމަންޓް، ޑރ. އައިޝަތް ޝިހާމާ، މިނިސްޓަރ އޮފް ފޮރިން އެފެއާރސް، ޝެރީނާ އަބްދުލްސަމަދު އަދި ރައްޔިތުން މަޖިލީހުގެ ތިން މެންބަރުންކަމަށްވާ ފާތިމަތު ސައުދާ، އަސްމާ ރަޝީދާ އަދި އަނާރާ ނައީމް ހިމެނެއެވެ.

”ޗައިނާ-ސައުތް އޭޝިޔާ ފީމޭލް ޕޮލިޓިކަލް ލީޑަރސް ޕްރޮގްރާމް“ގެ މައިގަނޑު މަޤްސަދަކީ ޗައިނާއާއި ދެކުނުގެ ޤައުމުތަކުގެ ސިޔާސީ މަގާމުތައް އަދާކުރައްވާ އަންހެންބޭފުޅުންނަށް ދިމާވާ ގޮންޖެހުންތަކާއި އެބޭފުޅުންގެ ތަޖުރިބާތަށް ހިއްސާކުރައްވައި އަންހެނުން ބާރުވެރިކުރުވުމާއި ގުޅިގެން މަޝްވަރާކުރުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: