ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮލެޖަކަށް ވަކި މުއްދަތެއް ވުމުން ޔުނިވާސިޓީއެއްގެ ދަރަޖަ ދިނުން ރަނގަޅެއް ނޫން: މިނިސްޓަރު

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮލެޖެއް ނުވަތަ ތައުލީމީ މަރުކަޒަކަށް ހަމައެކަނި ވަކި މުއްދަތެއް ހޭދަވުމުން ޔުނިވާސިޓީއެއްގެ ދަރަޖަ ދިނުން ރަނގަޅު ނޫން ކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި މަތީ ތައުލީމާ ބެހޭ ބިލާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ މަތީ ތައުލީމާއި ތަމްރީންގެ ފުރުސަތުތައް ފަހިވާ ގޮތަށް އިންތިޒާމުތައް ހަމަޖައްސައި، މަތީ ތައުލީމުގެ ހިންގުން ހަރުދަނާ ކުރުމުގެ އިތުރުން މަތީ ތައުލީމު ފެންވަރު ރަނގަޅު ކުރުން ކަމަށެވެ.

އެގޮތުން ހަޔާ އެޑިއުކޭޝަންގެ ގާނޫނު އިސްލާހު ކުރާއިރު މިނިސްޓްރީއަށް ފެންނަނީ މަތީ ތައުލީމުގެ ފެންވަރާއި ދައުރު ހިފެހެއްޓޭނެ ނިޒާމުތައް ހަމަޖެހި، ބޭރު ގައުމުތަކުގައި ކިޔެވުމަށް ކުރަން ޖެހޭ ހޭދަ ކުޑަކުރުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކޮލެޖެއްގެ ގޮތުގައި ހަމައެކަނި ވަކި މުއްދަތެއް ހޭދަވުމުން އެތަނެއް ޔުނިވާސިޓީއަކަށް ބަދަލުކުރުމަކީ ގައުމަށާއި ރައްޔިތުންނަށް އެންމެ ފައިދާ ކުރާނެ ގޮތެއް ނޫން ކަމަށް އަޅުގަނޑު ދެކެނީ. މިހެންވެ ގާނޫނާއި އެ މުއްދަތު ކަނޑައެޅުމާއެކު ދެވޭ މަތީ ތައުލީމާއި ތަމްރީންގެ ކޮލިޓީ ހިފެހެއްޓޭނެ މިންގަނޑުތައް ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމުގައި ދެކެން،

މިނިސްޓަރު ވިދާޅުވީ ކޮލެޖެއް ނުވަތަ އިންސްޓިއުޓެއް ވަކި މުއްދަތެއްގެ ތެރޭގައި ޔުނިވާސިޓީއަކަށް ބަދަލުވާއިރު އެތަނެއްގެ ފެންވަރު ކަށަވަރުކުރަން ޖެހޭނެ ކަމަށާއި އެކަން ބެލޭނެ ގޮތްތަކެއް ހަމަޖައްސަން ޖެހޭނެ ކަމަށެވެ. ނަމަވެސް ކޮލެޖެއް 15 އަހަރުގެ މުއްދަތުގެ ތެރޭގައި ޔުނިވާސިޓީއަކަށް ބަދަލުވުމުގައި އިއުތިރާޒެއް ނެތްކަން ފާހަގަކުރައްވާ މާރިޔާ ވިދާޅުވީ އެ 15 އަހަރަކީ ފެންވަރު ރަނގަޅު ތައުލީމު ދޭ ތަނަކަށް ވާން ޖެހޭނެ ކަމަށެވެ.

އެގޮތުން ރަނގަޅު އިންސްޓިޓިއުޓެއް ކޮލެޖަކަށް ބަދަލުކުރުމަށް ކިޔަވައިދިނުމުގެ ފެންވަރުގެ އިތުރުން ވަރުގަދަ ރިސާޗު ޕްރޮގްރާމުތަކުގެ އިތުރުން ޕީއެޗްޑީ ހާސިލްކޮށްފައި ތިބި ބޭފުޅުން ތިބެން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޔުނިވާސިޓީއެއްގައި ކޮލިފައިޑް ޕީއެޗްޑީ ޑޮކްޓަރުން، ފިލޯސަވީ ޑޮކްޓާ އިން އެޑިއުކޭޝަން، އެކިއެކި ދާއިރާތަކުން ތިއްބަވައިގެން އަޅުގަނޑުމެންނަށް މަތީ ތައުލީމު ހާސިލުކުރުމުގެ މަގު ފަހިކޮށްދިނުން،

މިނިސްޓަރު މާރިޔާ އިތުރަށް ވިދާޅުވީ ގާނޫނު އިސްލާހު ކުރުމަށް ޔުނިވާސިޓީއާއި ކޮލެޖުތަކާއެކު އިށީދެގެން މަސައްކަތް ކުރުން މުހިންމު ކަމަށާއި ބިލަށް އިތުރު ހިޔާލުތައް ހުށަހަޅަން ވަގުތު ބޭނުންވާ ކަމަށެވެ. އެގޮތުން ކޮމިޓީން ވަނީ އެ ވަގުތު މިނިސްޓަރަށް ދެއްވާނެ ކަމުގެ ޔަގީންކަން ދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: