ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

24 ސިވިލް ސާވަންޓުންނަށް ޖަޕާނުގެ ޔުނިވާސިޓީން ކިޔަވަން ފަހިކޮއްދޭ އެއްބަސްވުމެއް

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ 24 ސިވިލް ސާވަންޓުންނަށް ޖަޕާނުގެ ޔުނިވާސިޓީން ކިޔަވަން ފަހިކޮއްދޭ އެއްބަސްވުމެއް އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

މި އެއްބަސްވުމަކީ ”ޕްރޮޖެކްޓް ފޮރ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަޝިޕް ބައި ޖަޕަނީޒް ގްރާންޓް އެއިޑް“ (ޖޭޑީއެސް) ގެ ދަށުން، ޖަޕާނު ސަރުކާރުގެ ޚަރަދުގައި، ދިވެހި ސަރުކާރަށް ޚިދުމަތްކުރައްވާ 24 ސިވިލް ސާރވިސް މުވައްޒަފުންނަށް، ޖަޕާނުގެ ޔުނިވާސިޓީތަކުގައި އެއް އަހަރު ނުވަތަ ދެ އަހަރުގެ މާސްޓާރސް ޕްރޮގްރާމް ފުރިހަމަކުރުމުގެ ފުރުސަތު ފަހިކޮއްދިނުމަށް އައު ކުރެވުނު ހަތަރު އަހަރުގެ އެއްބަސްވުމެކެވެ.

ވޭތުވެދިޔަ ހަތަރު އަހަރުގައި ވެސް މި އެއްބަސްވުމުގެ ދަށުން، ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ދެއްވާފައިވާ 24 ފުރުސަތުގެ ތެރެއިން 22 ދަރިވަރުން ވަނީ މި ސްކޮލަރޝިޕްގެ ދަށުން މަތީ ތަޢުލީމު ހާޞިލުކޮއްފައިވެއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ ޑރ. މަރްޔަމް މާރިޔާއެވެ. އަދި ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން (ޖޭއައިސީއޭ)ގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ހާރ އެކްސެލެންސީ މިޑޮރީ ޓަކެއުޗީއެވެ.

މި ރަސްމިއްޔާތުގައި، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ފަރާތުން މިނިސްޓްރ ޑރ. މަރްޔަމް މާރިޔާގެ އިތުރުން އެ ވުޒާރާގެ ބައެއް އިސްބޭފުޅުންނާއި މުވައްޒިފުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. އަދި ސިވިލްސާރވިސް ކޮމިޝަންގެ ފަރާތުން ކޮމިޝަނަރ އޮފް ސިވިލްސާރވިސް ފާތިމަތު ޝަރީފް އާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއާއި ޖަޕާނުގެ އެންބަސީގެ ފަރާތުން އެ އިދާރާތަކުގެ ބައެއް އިސްބޭފުޅުން ވެސް ރަސްމިއްޔާތިގައި ބައިވެރިވަޑައިގަންނަވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: