ޒިއަމެން އެއަރލައިންސްއިން ރާއްޖެއާއި ޗައިނާ ދެމެދު މުޅިން އައު ރޫޓަކުން ދަތުރުތައް ފެށުމަށް ނިންމައިފިއެވެ.
ޗައިނާ އަދި ރާއްޖެ ދެމެދު މިހާރުވެސް ފްލައިޓުތައް އަޅަމުންދާއިރު، އައު ރޫޓުކަމަށްވާ ވެލާނާ އިންޓަރނެޝަނަލް އެއަރޕޯޓުން އެ ސަރަހައްދުގެ އެއަރޕޯޓަށެވެ. މި ރޫޓުން ފުރަތަމަ ދަތުރު ކުރުމަށް ކަނޑައެޅިފައިވަނީ ޖުލައި 30 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތުގައިކަމަށްވާއިރު، 8 ވަރަކަށް ގަޑިއިރުގެ ތެރޭގައި މަންޒިލަށް ވާސިލުވެވޭނެއެވެ.
މިއަދު ދަތުރުތައް ފެށުމާއިއެކު ކޮންމެ ދެ ހަފްތާއަކުން މި ރޫޓުން ތިން ދަތުރުކުރާނެއިރު، އަންގާރަ ދުވަހުގެ ފްލައިޓަކަށްފަހު އެ ހަފްތާގެ ބުރާސްފަތި ދުވަހު އަނެއް ފްލައިޓު މާލެއިން ދަތުރުކުރާނެކަން ފާހަގަކުރެވެއެވެ. ތިންވަނަ ފްލައިޓު އޮންނާނީ ޖެހިގެން އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުކަމަށްވާއިރު އެއަށްފަހު އަނެއްކާވެސް އިސްވެ ދެންނެވި ތަރުތީބުން ދަތުރުކުރަމުންދާނެއެވެ.
ޗައިނާގެ ޒިއަމެން އެއަރލައިންސްއިން ރާއްޖެއަށް ދަތުރުތައް ފަށާފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ކޮވިޑްގެ ދަތިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ހީނަރުވެގެން އައިސްފައިވާއިރު، ޗައިނާއިން ރާއްޖެއަށް އަލުން ފަތުރުވެރިން އަންނަން ފެށުމާއިއެކު ފަތުރުވެރިކުގެ ދާއިރާއިން މި އަހަރުގެ ތެރޭގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވެއެވެ. އެގޮތުން މިހާރު އެ ގައުމުން އެއްލައްކަ އަށްވުރެ ގިނަ މީހުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، ނިމިދިޔަ އަހަރަށްވުރެ އަވަހަށް މި އަހަރު ދިވެހިރާއްޖެއިންވަނީ އެއް މިލިއަން ވަނަ ފަތުރުވެރިޔާ އައުން ފާހަގަކޮށްފައެވެ.

