ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައިނަލްއަގްވާމީ ކަނޑުތަކުގެ ދުވަސް ގައުމީ ފެންވަރުގައި ފާހަގަކުރަން ނިންމައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ކުލަ ގަދަކޮށް ފާހަގަ ކުރުމުގެ ގޮތުން ކޮންމެ ރަށެއްގައިވެސް މޫދުގެ ހަރަކާތްތަކެއް ހިންގުމަށް ރަށު ކައުންސިލްތަކާއި މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ދުނިޔޭގެ ކަނޑުތަކުގެ ދުވަހަކީ ޖޫން މަހުގެ 8 ވަނަ ދުވަހެވެ. މި ދުވަހާ ގުޅިގެން ފިޝަރީޒް މިނިސްޓްރީން ވަނީ ގިނަ ހަރަކާތްތަކެއް ހިންގުމަށް ރާވާފައެވެ. އެގޮތުން ”އެންމެން މޫދަށް“ ގެ ނަމުގައި ރަށްރަށުގައި ވީހާވެސް ގިނަބަޔަކު ބައިވެރިވާ ހަރަކާތްތަކެއް ޖޫން މަހުގެ 8 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށް ވަނީ ބުނެފައެވެ.

ކަނޑުތަކުގެ ދުވަހާ ގުޅިގެން ރާއްޖޭގެ ހުރިހާ ސުކޫލަކަށް ހުޅުވާލައިގެން މަޒުމޫނު ލިޔުމުގެ މުބާރާތަކާއި ކުރެހުމުގެ މުބާރާތެއް ބޭއްވުމަށް ނިންމާފައިވާ ކަމަށާއި އަދި އެއިން ކޮންމެ މުބާރާތަކުންވެސް ވަނަތައް ހޮވައި އިނާމު ދޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ. ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީގެ މީސް މީޑިއާ މެދުވެރިކޮށް 1-8 ޖޫންގެ ނިޔަލަށް ކޮންމެ ދުވަހަކުވެސް ރާއްޖޭގެ ކަނޑުފަޅާ ބެހޭ ޢާންމު މައުލޫމާތު ހިއްސާކުރުމުގެ ހަރަކާތެއްވެސް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

ފިޝަރީޒް މިނިސްޓްރީގެ މީސް މީޑިއާ މެދުވެރިކޮށް މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ކުއިޒް މުބާރާތެއްވެސް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި މާލެ ސަރަހައްދުގެ ސުކޫލުތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބައިނަލްއަޤުވާމީ ކަނޑުތަކުގެ ދުވަހާ ގުޅޭ ހާއްސަ މައުލޫމާތު ސެޝަނެއްވެސް ދާއިރާގެ ފަންނީ ބޭފުޅުންނާއެކު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ސެޝަންގައި ބައިވެރިވާ ދަރިވަރުން، މޫދަށް އަޅާ ކުނި މަދު ކުރުމަށް ގަރާރެއްގައި ސޮއި ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ކުޑަކުދިންނަށް ޑައިވް ހަރަކާތެއް ހިންގުމާއި މާލެ ސަރަޙައްދުގެ މުއައްސަސާތަކަށް ހުޅުވާލައިގެން މަސްރޭހެއް ބޭއްވުމަށްވެސް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ”ކަނޑުރޯދި އުފާ ފެސްޓިވަލް“ގެ ނަމުގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ނިންމާފައިވާއިރު މި ފެސްޓިވަލްގައި ދުވަހާ ގުޅޭ އެކި މައުލާމާތު ދިނުމަށް ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދެވޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: