ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިމާވެއްޓާ ރައްޓެހި މަސްވެރިކަން ކުރާ ފަރާތްތަކަށް ބާޒާރުތަކުން އިސްކަން ދޭންޖެހޭ

ޝެއާރކޮށްލާ ކަހަލަދޯ؟

މަހާއި މަހުގެ އުފެއްދުންތަކުގެ ވިޔަފާރީގައި ހުރި ހުރަސްތައް ނައްތާލައި، މަސްވެރިކަން ހަރުދަނާ ގޮތެއްގައި ރާވައި، ހިންގައި، އަދި ބަލަހައްޓާ ފަރާތްތަކަށާއި ތިމާވެއްޓާ ރައްޓެހި މަސްވެރިކަން ކުރާ ފަރާތްތަކަށް މަހުގެ ބާޒާރުތަކުން އިސްކަން ދިނުމަށް ދިވެހިރާއްޖެއިން ގޮވައިލައިފިއެވެ.

އޯގަނައިޒޭޝަން ފޯ އެފްރިކަން ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސްގެ (އޯ.އޭ.ސީ.ޕީ.އެސް)ކަނޑުތަކާ ބެހޭ މިނިސްޓްރީތަކުގެ ސީނިއަރ އޮފިޝަލުންގެ އަށް ވަނަ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޙުސައިން ސިނާން ދެއްކެވި ވާހަކަފުޅުގައި މަހުގެ ވިޔަފާރީގައި ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑެތި ގޮންޖެހުންތަކަށް އަލިއަޅުއްވައިލައްވައިފައިވެއެވެ. މީގެ އިތުރުން މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމަށް ދިވެހިރާއްޖެއިން ކުރަމުންގެންދާ މަސައްކަތްތަކާއި އަދި އަގު އެއްކޮށްގެން މަހުގެ އުފެއްދުންތައް އުފެއްދުމަށް ސަރުކާރުން ހިންގަވާ މަޝްރޫޢުތަކުގެ މައްޗަށްވެސް އަލި އަޅުއްވައިލައްވައިފައިވެއެވެ.

މީގެ އިތުރުން މޫސުމީ ބަދަލުގެ ސަބަބުން ދިވެހިރާއްޖެ ފަދަ ހަމަ އެކަނި އެ ގައުމެއްގެ އިޤްތިޞާދީ ސަރަޙައްދުގައި މަސްވެރިކަން ކުރާ ގައުމަތަކަށާއި ކުދި އުޅަނދުފަހަރުގައި ނިސްބަތުން ކުޑަ ސްކޭލެއްގައި މަސްވެރިކަން ކުރާ ފަރާތްތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށް ފިޔަވަޅު އެޅުމުގެ މުހިއްމުކަން ވެސް ޑރ. ސިނާން ފާހަގަކުރެއްވިއެވެ. މިގޮތުން، ކަނޑުގެ މަތީ ފަށަލަ ހޫނު ވުމުގެ ސަބަބުންނާއި، ކަނޑުގައި ހުންނަ ލޮނުގެ އަސަރު (ސެލިނިޓީ) މަތިވެ، ކަނޑުގެ ލޮނުގަނޑާ އެކުވެފައި ހުންނަ އޮކްސިޖަންގެ މިންވަރު ދަށްވުމުގެ ސަބަބުންނާއި، ތޫފާން އަންނަ ނިސްބަތް އިތުރުވުމުގެ ސަބަބުން އެފަދަ ފަރާތްތަކަށް ކުރާ ނޭދެވޭ އަސަރު ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު މޫސުމީ ބަދަލުގެ ސަބަބުން ކަނޑުމަސް ފަދަ ދުރު ރާސްތާއަށް ހިޖުރަ ކުރާ ބާވަތްތައް ދަތުރުކުރާ މަގުތަކަށް ބަދަލުއައިސް، ކަނޑުމަސް ދިރިއުޅޭ ސަރަޙައްދުތަކަށް ވެސް ބަދަލު އަންނަ ކަން ފާހަގަކުރެއްވިއެވެ.

އޯ.އޭ.ސީ.ޕީގެ މަސްވެރިކަމާއި ކަނޑުތަކާ ބެހޭ ވަޒީރުންނާއި ސީނިއަރ އޮފިޝަލުންގެ ބައްދަލުވުމުގައި އޯ.އައި.ސީ.ޕީގެ 79 ގައުމުގެ މަންދޫބުން ބައިވެރިވެ ވަޑައިގެންފައިވެއެވެ. މިމަހުގެ ނުވަ ވަނަ ދުވަހު ފެށުނު މިބައްދަލުވުން މި މަހުގެ 13 ވަނަ ދުވަހާ ހަމައަށް ޓެންޒޭނިއާގެ ދާރުއްސަލާމްގައި ކުރިއަށްދާނެއެވެ. މިބައްދަލުވުމުގައި މަސްވެރިކަމާއި އަދި އެކުއަލްޗަރ ދެމެހެއްޓެނެވި ގޮތެއްގައި ރާވާ ހިންގައި ތަރައްޤީ ކުރުމަށް ގައުމުތަކަށް ކުރިމަތިވާ ދަތިތަކާއި ގުޅޭގޮތުން މަޝްވަރާކުރާނެއެވެ. ދިވެހިރާއްޖެއިން އޯ.އޭ.ސީ.ޕީގެ މެންބަރަކަށް ވެ، ސަމޯއާ އެގްރިމެންޓްގައި ސޮއިކުރުމުގެ މައިގަނޑު މަގުސަދަކީ ޔޫރަޕަށް އެކްސްޕޯރޓްކުރާ މަހަށް ނަގާ ޑިއުޓީ ކަނޑާލުމަށް މަގުފަހިކުރުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: