ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑްރޯން ތިއްބަސް ކަނޑު އުޅަނދުތައްވެސް ބޭނުންކުރަންޖެހޭ: މާރިޔާ

މިއަހަަރު އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓު އިބްރާހީމް މުހައްމަދު ސާލިހުގެ ކެމްޕެއިން މެނޭޖަރުގެ ހައިސިއްޔަތުން މާރިޔާ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

ޑްރޯންތައް ތިއްބަސް ކަނޑުމަތީގެ އުޅަނދުތައް ބޭނުންކުރެވެންޖެހޭކަމަށާއި މިވަގުތު އޮޕަރޭޓްކުރެވޭ ހާލަތުގައި އޮތީ އެމްއެންޑީއެފްގެ ކިތަށް ކަނޑުއުޅަނދުތޯ ބަލާލުން މުހިންމުކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މާރިޔާވަނީ ރައީސް ޑރ މުއިއްޒުގެ ސަރުކާރުން ކުރިމަތިވާ ކޮންމެ ގޮންޖެހުމެއްގެ ޒިންމާ އެމްޑީޕީ މަތިކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށް ހިއްސާކުރައްވާފައެވެ. މާރިޔާ ވިދާޅުވީ، ކަމެއް ނުވުމުން ނިމިދިޔަ ފަސް އަހަރުގައި ކަމެއް ގޯސްކޮށް ހިނގާފައި އޮތުމުގެ ސަބަބުން އެކަމެއް ނުކުރެވިފައިވާކަމަށް ސަރުކާރުން އެކި ފުރުސަތުތަކުގައި ހިއްސާކޮށްފައިވާކަމަށާއި އެ ބަހަނާ ދައްކައި ޕްރޮޖެކްޓު ނުހިންގާކަމަށްވެސް ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ، ކުރީގެ ދަރަނިތައް ހުންނާނެކަމަށެވެ. އެހެންނަމަވެސް ވެރިކަމަށް އައި އިރުވެސް ދަރަނިތައް ހުރިކަން އެނގޭނެކަމަށާއި ސަރުކާރެއް އޮތީއްޔާ ގައުމު ހިންގަން ޖެހޭނެކަމަށް ވިދާޅުވިއެވެ. މާރިޔާ ވިދާޅުވީ ކޮވިޑްވެސް އައިކަމަށާއި އެހެނިހެން ގޮތް ގޮތުންވެސް މާލީ ދަތިތައް ކުރިމަތިވެގެންދިޔަކަމަށެވެ. އޭނާ ވިދާޅުވީ، ސްރީލަންކާ ފަދަ އަވައްޓެރި ގައުމުތަށް ބަނޑަށް ޖެހިގެންދިޔަކަމަށާއި އެހެންނަމަވެސް ރާއްޖެ އެފަދަ ހާލަތަކަށް ވެއްޓިގެން ނުދާކަމަށް އޭނާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ، ދަތިތަކުގެ ވާހަކަތައް ދައްކަމުންދާނަމަވެސް ފެންނަމުންދަނީ ސަރުކާރުން ބޭނުންވާ މަސައްކަތްތައް ކުރަމުންދާ މަންޒަރުކަމަށާއި ރާއްޖެއިންވަނީ 39 މިލިއަން ޑޮލަރު ދީފައި ތިން ޑްރޯން ގަނެފައިވަކަމަށާއި ބާކީ ޑްރޯންތައް އަންނާނެ އިރެއް ޔަގީން ނުވާކަމަށް ވިދާޅުވިއިރު، އެ ޑްރޯންތަކަކީ ކުވައިތުން 2 މިލިއަނަށް ގަނެވޭނެ އެއްޗެއްކަމަށްވާއިރު ސަރުކާރުން އެއްޗެއް ގަތީ ފަސް މިލިއަނަށްކަމަށްވެސް ފާޙަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ޑްރޯންތަކެއް ގެނެފައިވާއިރު ދާދި ފަހުން ކަނޑުމަތީގެ ހާދިސާއެއް ހިނގުމުން ޑްރޯންތައް ހަރަކާތްތެރިނުވާކަމާއިމެދު ސުވާލު އުފައްދައި ސޯޝަލްމީޑިއާގައި ބައެއް ފަރާތްތަކުން ޕޯސްޓުތައްކޮށްފައިވާކަމަށް ވިދާޅުވިއިރު މާރިޔާވަނީ ހަމައެކަނި ޑްރޯންތަކެއް ތިބުމުން ފުދޭތޯވެސް ސުވާލު ކުރައްވާފައެވެ.

މާރިޔާ ވިދާޅުވީ، އެމްއެންޑީއެފްގެ ކަނޑުއުޅަނދުތައްވެސް ބޭނުންކުރެވެންޖެހޭކަމަށާއި ބޭނުންކުރެވޭ ހާލަތުގައި ތިބީ ކިތައް އުޅަނދުތޯވެސް ބަލާލުން މުހިންމުކަމަށް އިޝާރާތްކުރެއްވިއެވެ. އޭނާ ވިދާޅުވީ ޑްރޯންއިން އެއްޗެއް ފެނުމުން ދެން އެހިސާބުން ދާންޖެހޭ ތަނަކަށް ދިއުމުގެ ގޮތުން ކަންކުރަންޖެހޭ ގޮތާއިމެދު ސުވާލު އުފެއްދުން މުހިންމުކަމަށާއި ކަމެއް ޖެހުމުން ހަރަކާތްތެރިވެވޭނީ އެގޮތުގެ މަތިން އަމަލުކޮށްގެންކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މޯލްޑިވިއަންގެ އުޅަނދު މެދުވެރިކޮށް އެމަރޖެންސީ ހިދުމަތް ފޯރުކޮށްދިންކަމުގެ ވާހަކަތައްވެސް ދެކެވެމުންދާއިރު އެކަމަށް ކުރަންޖެހޭ ތެލުގެ ހަރަދު އަދި އެހެނިހެން ހަރަދުތަކުގެ މައުލޫމާތު ދެނެގަތުން މުހިންމުކަމަށާއި، މީގެ ކުރިން އިންޑިއާއިން އެ ހިދުމަތްތައް ފޯރުކޮށްދެމުން އައިސްފައިވަނީ އެ މީހުންގެ ތެޔޮ ހަރަދުކޮށްގެންކަމަށްވުމުން ކުރެވެމުންދާ މަސައްކަތްތަކާއި ގުޅޭ ގޮތުން ބަލަންޖެހޭ އިތުރު ކަންކަން ހުރިކަމަށް ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވި، ޑްރޯންތަކުން ކުރެވެމުންދާ ބޭނުމާއިމެދުވެސް މީޑިއާތަކުން ސުވާލުކުރުން މުހިންމުކަމަށާއި ދާދި ފަހުން ދޯންޏެއް ގެއްލިގެން ހޯދިއިރު އެ ޑްރޯންތައް ބޭނުންކޮށްފައިނުވާއިރު ދޯނި ހޯދީ އެހެން މަސްދޯންޏަކުންކަމަށްވެސް ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުން މަސައްކަތްތައް ހަރުދަނާކުރުމާއި ގުޅޭގޮތުން ދައްކާ ވާހަކަތަކުން ކަނޑުމަތީގެ ހުރިހާ ކަމެއް ހައްލުވެގެންދާނެކަމަށް ސިފަވާކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: