ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބުލީ ނުކުރެވޭނެ ބުނި ދުވަހުވެސް ޔާމީން މަޖުބޫރުކުރިތަ؟: މާރިޔާ

ކުރީގެ މިނިސްޓަރު މާރިޔާ އަދި މެމްބަރު ޝަރީފް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ މުހައްމަދު މުއިއްޒު “އިންޑިއާ އައުޓް” ޖަހާފައިވާ ޓީޝާޓެއް ތުރުކުރައްވައިގެން ހަރަކާތެއްގައި ބައިވެރިވެވަޑައިގަތީ ހިތާ ދެކޮޅަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ އުތުރު ދާއިރާގެ މެމްބަރު ހުސައިން ޝަރީފް ވިދާޅުވުމާއި ގުޅިގެން ކުރީގެ ޑިފެންސް މިނިސްޓަރ މާރިހާ އަހުމަދު ދީދީ ފާޑުވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު އިންޑިއާ އައުޓް ޖަހާފައިވާ ޓީޝާޓެއް ތުރުކުރައްވައިގެން ހުންނެވީ މަޖުބޫރުވެގެންކަމަށް ސިފަކޮށް މެމްބަރު ހުސައިން ޝަރީފް ދައްކަވާފައިވާ ވާހަކަތަކަށް އަލިއަޅުއްވައި ކުރީގެ މިނިސްޓަރ މާރިޔާވަނީ ރައީސް ޑރ މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެން ނޫސްވެރިންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަތަކަކީވެސް ރައީސް ޔާމީންގެ ނުފޫޒުގައި އެމަނިކުފާނު ކުރެއްވި ކަމެއްތޯ އައްސަވާފައެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މާރިޔާ ވިދާޅުވީ، އެ ދުވަހު ރައީސް މުއިއްޒު ނުފޫޒުގަދަ އަވައްޓެރިންގެ ގަނާތަކަށް ނުލެނބޭނެކަމަށް ވިދާޅުވެ ވާހަކަތަކެއް ދެއްކެވިކަމަށެވެ. އަދި އެ ވާހަކަތައް އޭރު ދެއްކެވީވެސް އަމިއްލަ ވިސްނުންފުޅާ  ހިލާފަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މަޖުބޫރު ކުރެއްވުމުންކަމަށް ވިދާޅުވިއެވެ.

ޕީއެންސީއިން ބޭއްވި ހަރުގެ ޖަލްސާގައި މެމްބަރު ޝަރީފްވަނީ ރައީސް ޑރ މުއިއްޒު އިންޑިއާ އައުޓް ހަރަކާތުގައި ޝިއާރު ޖައްސަވައިގެން ޓީޝާޓު ތުރުކުރައްވައިގެން ހުންނަވަން ބޭނުންވެވަޑައިނުގަންނަވާކަން ހާމަކުރައްވާފައެވެ. އެހެންނަމަވެސް މީގެ ކުރިން އެމަނިކުފާނު ހަރަކާތެއްގައި ބައިވެރިވެވަޑައިގަތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެމަނިކުފާނަށް މަޖުބޫރުކުރެއްވުމުން ރައީސް ޔާމީން ވިދާޅުވި ގޮތަށްކަމަށް ހިއްސާކުރެއްވިއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 13%ވަރަށް ދެރަ 38%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: