ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަރަންޓަށް ކުރާ ހަރަދު ކުޑަކުރުމަށް މަގޭ ސޯލާ ޕްރޮގްރާމް އުފެއްދުމަކީ ބޮޑު ކާމިޔާބީއެއް: އެންވައިރޮމެންޓު މިނިސްޓްރީ

މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ވަޒީރު ޠާރިޤު އިބްރާހީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރުކުރުމަށާއި އަދި ގޭބިސީތަކުން ކަރަންޓު ބިލަށް ކުރާ ޚަރަދު ކުޑަކުރުމަށް ހަފުތާ 14 ގެ ދަށުން ”މަގޭ ސޯލާ ޕްރޮގްރާމް“  29 ނޮވެމްބަރ 2024 ގައި ފެށާފައިވާކަމަށް ދެއްވީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ސަރުކާރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ އިން ކުރެވިފައިވާ މަސައްކަތްތައް ހިއްސާ ކުރުމަށްޓަކައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ތޯރިގް ވިދާޅުވީ މަގޭ ސޯލާ ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 3 ކިލޯވޮޓުގެ 375 ނިޒާމާއި އަދި 5 ކިލޯވޮޓުގެ 375 ނިޒާމު (ޖުމްލަ 3 މެގަ ވޮޓު ގެ ސޯލާ ޕީވީ ސިސްޓަމް) ހޯދުމަށް ކޮންޓުރެކްޓަރަކު ހޯދައި އެފަރާތާއެކު 09 މެއި 2024 ގައި ކޮންޓްރެކްޓްގައި ސޮއި ކޮށްފައިވާ ކަމަށެވެ.

އެންވައިރުމެންޓު މިނިސްޓްރީގެ ފަރާތުން ދީފައިވާ މައުލޫމާތުތަކުގެ ތެރޭގައި ރ އަދި ބ އަތޮޅުގެ މީހުން ދިރިއުޅޭ 26 ރަށުގައި ޖުމްލަ 6.35 މެގަވޮޓުގެ ސޯލާ ޕީވީ ޑީސަލް ހައިބްރިޑް ސިސްޓަމްތައް ޤާއިމުކުރުމަށް ހަދަންޖެހޭ ޑީޓެއިލް ޑިޒައިންގެ މަސައްކަތް ނިންމައި ޢަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ބައެއް ސާމާނު ރާއްޖެ ގެނެސްފައިވާ ކަމަށް ވަނީ ބުނެފައެވެ. ތ އަތޮޅުގެ މީހުން ދިރިއުޅޭ 12 ރަށުގައި ޤާއިމުކޮށްފައިވާ 2.5 މެގަވޮޓުގެ ސޯލާ ޕީވީ ޑީސަލް ހައިބްރިޑް ސިސްޓަމަތަކުގައި އެނަރޖީ މެނޭޖްމަންޓް ސިސްޓަމް ޤާއިމުކޮށް ކަމިޝަންކުރަން ފެށިފައިވާ ކަމަށް މިނިސްޓްރީން ވަނީ މައުލޫމާތު ދީފައެވެ.

މާރިޗް އަދި އެޕްރީލް މަހުގެ ކަރަންޓާއި ފެން ބިލުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާއި އެއްގޮތަށް ޑިސްކައުންޓް ފޯރުކޮށްދެވުނު ކަމަށާއި ރަށްތަކުން ފެނަށް ޖެހޭ ހާލަތްތަކުގައި އެރަށްތަކަށް ފެންފޯރުކޮށްދިނުމަށްޓަކައި ފެނަކަ އާއި އެކުވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައިކަމަށް އެންވައިރުމެންޓު މިނިސްޓްރީން ވަނީ ބުނެފައެވެ. މިގޮތުން މިހާތަނަށް ފެން ފޯރުކޮށްދިނުމަށް އެދިފައިވާ 20 ރަށަށް ފެން ފޯރުކޮށްދީފައިވާ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ރަށްތަކުން ފެނަށް ޖެހޭ ހާލަތްތަކުގައި އެރަށްތަކަށް ފެންފޯރުކޮށްދިނުމަށްޓަކައި ފެނަކަ އާއި އެކުވަނީ އެއްބަސްވުމެއްގައި ސޮއިކޮށް މިގޮތުން މިހާތަނަށް ފެން ފޯރުކޮށްދިނުމަށް އެދިފައިވާ 20 ރަށަށް ފެން ފޯރުކޮށްދީފައިވާކަމަށް އެންވައިރުމެންޓު މިނިސްޓްރީން ވަނީ ބުނެފައެވެ.

22 ރަށަކަށް ވޭސްޓް މެނޭޖްމަންޓް އިކްވިޕްމަންޓް (ބޭލަރސް، ގްލާސް ކްރަޝާސް، ބެއިލް ލިފްޓާ ފަދަ ތަކެތި) ފޯރުކޮށްދީ އެތަކެތި ކޮމިޝަންކޮށް އެރަށްރަށުގެ ފަރާތްތަކަށް މިތަކެތި ބޭނުންކުރާނެ ގޮތުގެ ތަމްރީނު ވަނީ ފޯރުކޮށްދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: