ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުނިން ހަކަތަ އުފައްދާ ޕްލާންޓުގެ މަސައްކަތް ކުރިއަށްދާ ގޮތް އޭޑީބީން ބަލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ތިލަފުށީގައި ޤާއިމުކުރެވެމުންދާ ކުނިން ހަކަތަ އުފައްދާ ޕްލާންޓާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ކުނި މެނޭޖްކުރާ ސައިޓުގެ މަސައްކަތް ކުރިއަށްދާ މިންވަރު އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ އެގްޒެކެޓިވް ޑިރެކްޓަރު ޑރ. ޖަސްޓިން ޑިއޮކްނޯ-ސިކަޓް އާއި އޭޑީބީގެ އިސް ބޭފުޅުންގެ ވަފުދެއް ބައްލަވާލައްވައިފިއެވެ.

ތިލަފުށީގައި ކުރިއަށްދާ މި މަޝްރޫޢުތަކަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެކެވެ. މި ޒިޔާރަތުގައި އޭޑީބީގެ ވަފުދުން މި މަޝްރޫޢުތަކުގެ ތަފްޞީލު މަޢުލޫމާތު ހޯދައި، މަސައްކަތް ކުރިއަށްދާ މިންވަރާ ބެހޭގޮތުން ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރެއްވިއެވެ.

އޭގެ އިތުރުން ޑރ. ޖަސްޓިންއާ އޭޑީބީގެ ވަފުފުން ވަނީ މޫސުމީ ބަދަލުތަކާ ތިމާވެއްޓާ ހަކަތައާއި ބެހޭ ވުޒާރާގެ މިނިސްޓަރ ޠާރިޤް އިބްރާހީމްއާ ވެސް އިއްޔެ ބައްދަލު ކޮށްފައިވާއިރު މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ތާރިޤް އިބްރާހީމް ވަނީ އޭޑީބީގެ އެހީގައި ކުރިއަށްދާ މަޝްރޫޢުތަކުގެ ކުރިއެރުމާ ބެހޭ ގޮތުން މަޢުލޫމާތު ދެއްވާފައެވެ. އަދި އިތުރު ތަރައްޤީގެ މަޝްރޫޢުތައް ރާވައި ހިންގުމަށް ސަރުކާރުން ޝައުޤުވެރިވާ ދާއިރާތަކާ ބެހޭ ގޮތުންވެސް ވާހަކަދައްކަވާފައިވެއެވެ.

މި ބައްދަލުކުރެއްވުމަކީ އޭޑީބީގެ އެގްޒެކެޓިވް ޑައިރެކްޓަރުގެ ރަސްމީ ދަތުރުފުޅެއްގެ ތެރެއިން ކުރެއްވި އިޙްތިރާމުގެ ޒިޔާރަތެކެވެ. މި ބައްދަލުކުރެއްވުމުގައި ދެ ފަރާތުން ވަނީ ރާއްޖޭގެ ތަރައްޤީއަށް އޭޑީބީން ދެމުންދާ އެހީތެރިކަމާއި، ކުރިއަށް އޮތް ތަނުގައި އިތުރަށް އެއްބާރުލުން ދެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

 ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވި ވަކި މަޝްރޫޢުތަކެއްގެ ތަފްސީލު މިނިސްޓްރީން ހާމަކޮށްފައި ނުވާއިރު، މިފަދަ ބައްދަލު ކުރެއްވުންތަކަކީ ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް މުހިންމު ފުރުޞަތުތަކެއް ކަމުގައި މިނިސްޓްރީން ފާހަގަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: