ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބީ މެމްބަރު އަލްސަންވެސް ޕީއެންސީއަށް، ޕީޖީ ގުރޫޕުގެ ޖުމުލަ 75އަށް އަރައިފި!

އަލްސަން ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ އިބްތިހާބީ މެމްބަރު މުހައްމަދު އަލްސަން އަހުމަދު ޕީއެންސީއާއި ގުޅިވަޑައިގެންފިއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވައި މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަަލްސަން ޕީއެންސީއަށް ސޮއިކުރެއްވިކަން ޕީއެންސީއިން ކަށަވަރުކޮށްދީފައިވާއިރު، މީގެ ދުވަސްތަކެއް ކުރިން ކުރެންދޫ ދާއިރާގެ އިންތިހާބީ މެމްބަރު ޝާމިންވެސް ވަނީ ޕީއެންސީ އާއި ގުޅިފައިކަން ފާހަގަކުރެވެއެވެ. އެހެންކަމުން އަލްސަން ގުޅިވަޑައިގަތުމުން އެ ޕާޓީގެ ޕީޖީ ގުރޫޕުގައި ތިއްބަވާ މެމްބަރުންގެ އަދަދުވަނީ 75 އަށް އަރާފައެވެ. އަލްސަން ސޮއިކުރެއްވީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ހާޒިރުގައިކަމަށްވާއިރު، ޕީއެންސީގެ މެމްބަރުން ބައިވެރިވެވަޑައިގަތެވެ. ނައިބުރައީސް ހުސައިން މުހައްމަދު ލަތީފްވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.

އަލްސަން ޕީއެންސީ އާއި ގުޅުމާއިއެކު އެ ޕާޓީއާއި ޕީޖީ ގުރޫޕުގައި ތިއްބަވާ މެމްބަރުންގެ ޖުމުލަ އަދަދު 75 އަރާއިރު މަޖިލިސް އިންތިހާބުގައި އެ ޕާޓީއަށް ކާމިޔާބުކުރެވުނީ 66 ގޮނޑިކަން ފާހަގަކުރެވެއެވެ. އަމިއްލަ ގޮތުން ވާދަކުރި 8 މެމްބަރަކު މީގެ ކުރިންވެސް ގުޅިފައިވާއިރު މިވަގުތު ގުޅިފައިނުވާ އެހެންނަމަވެސް އެ ޕާޓީއަށް ތާއީދުކުރާ އިތުރު ބައެއް ފަރާތްތައްވެސް އެބަތިބިއެެވެ. އެގޮތުން އެމްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމް އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް ހިމެނޭހެން އެ ޕާޓީގެ ދެ މެމްބަރަކުވެސް ޕީއެންސީގެ ސިޔާސަތުތަކަށް ތާއީދުކޮށް އެއްބާރުލުން ދެއްވާނެކަން ހާމަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: