ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗެމްޕިއަންސް ލީގު ފައިނަލް ބަލާލުމުގެ ފުރުސަތު ލިބުނު ފަރާތް ބީއެމްއެލް އިން ހޮވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ބޭންކް އޮފް މޯލްޑިވްސް އިން (ބީއެމްއެލް)ގެ މާސްޓަރކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ހުޅުވާލި ޗެމްޕިއަންސް ލީގު ބަލާލަން ދެވޭ، ޚާއްސަ ޕްރޮމޯޝަންގެ އިނާމު ލިބޭ ފަރާތް ހޮވައިފިއެވެ.

ބިއެމްއެލް އިން ބުނެފައިވާ ގޮތުން އިނާމު ލިބުނު ފަރާތަކީ މުޙައްމަދު މުހުދިން (ހުސްނޫވިލާ، މަރަދޫ އައްޑޫ ސިޓީ) އެވެ. މި ޕްރޮމޯޝަންގައި ހިމެނޭ އެންމެ މުހިންމު އެއްބައިކަމުގައިވާ ފައިނަލް މެޗުގެ ޕްލޭޔަރ މެސްކޮޓްގެ ދަށުން ދަނޑަށް އެރުމުގެ ފުރުސަތު ލިބިގެން ދަނީ މުހުދިންގެ ކޮއްކޮ، އިބްރާހިމް ޒާއިން ޒިޔާދު ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މި ޕްރޮމޯޝަނުގެ ދަށުން ލިބޭ އިނާމުގެ ގޮތުގައި މުހުދިން އާއި ޒާއިން އަށް ހުރިހާ ޚަރަދަކާއެކު ލަންޑަންގައި ހަތަރު ދުވަހަށް ހުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ. މިގޮތުން ލަންޑަން ދެކޮޅު ޓިކެޓް، އެކޮމޮޑޭޝަން، ޔޫއެފާ ޗެމްޕިއަންސް ލީގް ފައިނަލް މެޗުގެ ދެކޮޅު ޓިކެޓް، ޕޮކެޓް މަނީ އަދި ވެލްކަމް ގިފްޓެއް ދިނުމަށްވަނީ ހަމަޖެހިފައި ވާކަމަށް މައުލޫމާތު ދީފައިވެއެވެ.

މި ޕްރޮމޯޝަންގައި މާސްޓާކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރިޕެއިޑް ކާޑު ބޭނުންކޮށްގެން ރާއްޖެ އާއި ރާއްޖޭން ބޭރުގައި ކުރާ ހުރިހާ މުއާމަލާތްތަކެއް ހިމެނުނު ކަމަށް ބީއެމްއެލް އިން ބުނެއެވެ. މާސްޓަކާޑަކީ ޔޫއެފްއާ ޗެންޕިއަންސް ލީގުގެ އޮފިޝަލް ސްޕޮންސަރެވެ. ބީއެމްއެއް އަކީ ރާއްޖޭގައި މާސްޓަރކާޑުގެ ޕްރިންސިޕަލް މެންބަރެކެވެ. ބީއެމްއެލްއިން އަންނަނީ ރާއްޖޭގައި މާސްޓަރކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑު ދޫކުރަމުންނެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 75%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: