ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީއެންސީއިން މަޖިލީހުގައި އިންސާފުވެރިކަމާއިކު އަމަލުކުރާނެކަމަށް ނުބެލެވޭ: މެމްބަރު އަހުމަދު ދީދީ

މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ: ފޮޓޯ/ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީއެންސީގެ މެޖޯރިޓީ އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި މައިނޯރިޓީއާއިމެދު އިންސާފުން އަމަލުކުރާނެކަމަށް ގަބޫލުނުކުރައްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ޕީއެންސީގެ މެޖޯރިޓީ އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުގައި ކަންކަން ހުންނާނެ ގޮތުގެ އަންދާޒާއެއް ކުރައްވައި މެމްބަރު އަހުމަދު ދީދީ ވަނީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ދެއްކެވި ވާޙަކަތަކަށް އަލިއަޅުއްވައި އެ ވިދާޅުވެފައިވާގޮތުގެ މަތިން އިންސާފުވެރިކަމާއިމެދު އަމަލުކުރެވިގެންދާނެކަމަަށް ގަބޫލުނުކުރައްވާކަން ހިއްސާކުރައްވާފައެވެ.

މެމްބަރު ދީދީ ވިދާޅުވީ، އިންސާފުވެރިކަމާއިއެކު އެމްޑީޕީއަށް މަޖިލީހުގައި ކަންބޮޑުވުންތައް ހިއްސާކޮށް އަޑުއުފުލުމަށް ޖާގަ ލިބިގެންދާނެކަމަށް ދެކިވަޑައިނުގަންނަވާކަމަށެވެ. އޭނާ ވިދާޅުވީ، އެގޮތަށް ކަންކަން ވެގެންދާނެކަމަށް ގަބޫލުނުކުރައްވަނީ މާޒީއަށް ބަލާއިރު ޕީއެންސީ ޕީޕީއެމްގެ ތެރެއިން އުފެދިގެން އައި ޕާޓީއެއްކަމަށްވާއިރު އެ ޕާޓީގެ ވެރިކަމުގެ ދައުރުގެ ތަޖުރިބާއަށް ބަލާއިރު އެ ފުރުސަތު ދޭ ތަން ފެނިވަޑައިނުގަންނަވާކަމަށްވެސް ވިދާޅުވިއެވެ.

އެހެންނަމަވެސް އިންސާފުވެރިކަން ފެނިގެންދާނެކަމަށް ޕީއެންސީއިން ބުނެފައިވާކަމަށްވުމުން ބަހުގެ އިތުބާރު ހިފެހެއްޓުމަށްޓަކައި ނަމަވެސް ކޮންމެވެސް ވަރެއްގެ މަސައްކަތްތަކެއް ކުރާނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، އެމްޑީޕީއިން މަސައްކަތްކުރަމުންދާނީ އެފަދަ ފުރުސަތެއް ލިބިގެންދާނެކަމަށް ބަލައިގެން ނޫންކަމަށާއި އެމްޑީޕީއިން ކުރިންވެސް މަސައްކަތްކުރަމުން އައި ރޫހުގައި ސަރުކާރު ޖަވާބުދާރީ ކުރުވަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށް ވިދާޅުވިއެވެ.

މަޖިލީހުގެ ކޮމިޓީތަކުގައި އެމްޑީޕީގެ ބައިވެރިވުމާއި ގުޅޭގޮތުންވެސް މެމްބަރު ވާހަކަދެއްކެވިއެވެ. އެގޮތުން އިވެމުންދާ ވާހަަކަތަކަށް ރިއާޔަތްކޮށް އެމްޑީޕީއަށް ކޮމިޓީއެއްގެ މުގައްރިރުކަން ދޭނެކަމަށް ގަބޫލުނުކުރައްވާކަމަށާއި އެހެންނަމަވެސް ޕްރޮގްރެސިވް ކޯލިޝަނުންވަނީ 19 ވަނަ މަޖިލީހުގައި އިދިކޮޅު ޕާޓީއަށް ކޮމިޓީތަކުގެ މުގައްރިރުކަން ދިނުމަށް ވަކާލާތުކޮށްފައިކަމަށްވެސް އަލިއެޅުއްވިއެވެ.

އެހެންކަމުން މީގެ ކުރިން ވަކާލާތުކުރި މަގުން އަމަލުކުރެއްވުމަށް އެމްޑީޕީއިން ޕީއެންސީއަށް އިލްތިމާސްކުރާކަމަށާއި މުގައްރިރުކަން ނުދިން ނަމަވެސް ހުރިހާ ކޮމިޓީއެއްގައިވެސް އެމްޑީޕީގެ މެމްބަރުން ތިއްބަވާނެކަމަށް މައުލޫމާތު ދެއްވިއެވެ. އޭނާ ވިދާޅުވީ، ހުށައެޅިގެންދާ ކޮންމެ ބިލަކާއިމެދުވެސް ޕާޓީގެ ޕޮލިސީ އޮތް ގޮތެއްގެ މަތިން ހިޔާލުތައް ހުށައަޅަމުން ގެންދަވާނެކަމަށާއި ފެނިގެންދަނީ ސަރުކާރު ޖަވާބުދާރީކުރުމުގައި ފަސްނުޖެހި އެމްޑީޕީ ކުރިއަށް ދާ މަންޒަރުކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: