ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައިސާ ޗާޕުކުރުން ހުއްޓާލީ އެމްޑީޕީއިން: އަހުމަދު ދީދީ

މެމްބަރު އަބްދުﷲ ދީދީ:ފޮޓޯ/ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ފައިސާ ޗާޕުކުރުން ހުއްޓާލުމަކީ އެމްޑީޕީއިން ކުރި މަސައްކަތެއް ކަމަށާއި ޕީއެންސީގެ ސަރުކާރުންދަނީ އެކަމަށް ކްރެޑިޓް ނެގުމަށް މަސައްކަތްކުރަމުންކަމަށް އެ ޕާޓީގެ ޑެޕިއުޓީ ޕީޖީ ލީޑަރު ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެމްބަރު ދީދީ ވަނީ ފައިސާ ޗާޕުކުރުން ހުއްޓާލުމުގެ މައުޟޫގެ މައްޗަށް އަލިއަޅުއްވާފައެވެ. އެގޮތުން ވޭތުވެދިޔަ ދައުރުގައި ފައިސާ ޗާޕުކުރީ އެކަން ކުރަން ޖެހިގެންކަމަށާއި އެއީ ދުނިޔޭގެ ކޮންމެ ގައުމެއްގައިވެސް އެކަން ކުރާނެ ގޮތްކަމަށް އޭނާ ހިއްސާކުރެއްވިއެވެ.

މެމްބަރު ދީދީ ވިދާޅުވީ، ކޮވިޑްގެ ތެރޭގައި އައި އިގްތިސާދީ ހީނަރުކަމުގެ ތެރޭގައި ދިވެހިރާއްޖޭގެ އިގްތިސާދު އެއްކޮށް ފުނޑުފުނޑު ނުވެ ހިފެހެއްޓެން އޮތީ ޗާޕުކޮށްގެންކަމަށެވެ. އަދި އެމްޑީޕީގެ ސަރުކާރުންވަނީ އެކަން ކުރަމުން ގެންދާނެ ވަކި މުއްދަތެއްވެސް ކަނޑައަޅައި ނިންމާފައިކަމަށް  ވިދާޅުވިއެވެ.

ފައިސާ ޗާޕުކުރުން ހުއްޓާލީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުންކަމަށް ބުނަމުންދާކަމަށްވެސް އޭނާ އަލިއެޅުއްވިއެވެ. އެގޮތުން ސަރުކާރުން ކުރި ކަމެއް ކަމަށް ބުނަމުން އައި ނަމަވެސް އެއީ ހަގީގަތެއް ނޫންކަމަށާއި އެކަން ކުރުމަށް ނިންމީ އެމްޑީޕީގެ މެޖޯރިޓީ އޮތް ޕާލިމެންޓުންކަމަށް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް އެ ދުވަސް އައިސް ޖެހުނު އިރު ވެރިކަމުގައި އޮތީ ޕީއެންސީ ކަމަށް ވުމުން އެ ޕާޓީއިންދަނީ ހުއްޓާލިކަމުގެ ކްރެޑިޓް ނެގުމަށް މަސައްކަތްކުރަމުންކަމަށާއި ހަގީގަތަށް ބަލާއިރު އެކަން ކުރީ އެމްޑީޕީއިން ކަން ފެނިގެންދާނެކަމަށް ވިދާޅުވިއެވެ. ދީދީ ވިދާޅުވީ، ފައިސާ ޗާޕުކުރުމަކީ ހާލަތަށް ބަލައި އެކަމުގެ ބޭނުން ޖެހިއްޖެ ހާލަތެއްގައި މާލީ އިދާރާތަކުން ކުރާނެ ކަމެއްކަމަށެވެ.

ވަރަށް ގަދަ
22%ވަރަށް ގަދަ 15%ވަރަށް ގަޔާވޭ 45%ބޮޑު ޖޯކެއް 7%ހައިރާންވެއްޖެ 3%ވަރަށް ދެރަ 9%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: