ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިންގީ ނަފުރަތުގެ އަމަލެއްކަމަށް ބުނެ، އެމެރިކާއިން ރާއްޖެއަށް ދޭ އެހީ ކަނޑާލަން މަސައްކަތް ކުރަނީ

ޖޯޝް ގޮޓްހައިމާރ އަދި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން އިސްރާއީލުގެ ޕާސްޕޯޓުގައި އެތެރެވުން މަނާކުރުމަކީ ޔަހޫދީންނާއި ދެކޮޅަށް ހިންގާފައިވާ ނަފުރަތުގެ އަމަލެއްކަމަށް ބުނެ ރާއްޖޭގެ ނިންމުން އަނބުރާލަން މަޖުބޫރުކުރުވަން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއްކަމަށްވާ ޖޯޝް ގޮޓްހައިމަރ މަސައްކަތްތައް ފަށާފައިވާކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން ސަރުކާރުން މަނާކޮށްފައިވާ މައްސަލައިގައި މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ދަތިތައް ކުރިމަތިވުމުގެ ފުރުސަތު އޮތްކަމަށް ބައެއް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނަމުންދާއިރު، ބައިނަލްއަގުވާމީ މީޑިއާތަކުންވަނީ އެމެރިކާގެ މަޖިލިސް މެމްބަރަކު ރާއްޖޭގެ ނިންމުމާއިމެދު ނުރުހުންވެ ފިޔަވަޅުތަކެއް އެޅުމަށް މަސައްކަތްތައް ފަށާފައިވާކަމަށް ރިޕޯޓުކޮށްފައެވެ.

މީޑިއާތަކުން ބުނާގޮތުން އިސްރާއީލުގެ އެންމެ އިސް އަސްކަރީ ޕާޓުނަރު، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުންދަނީ ރާއްޖެއާއި ދެކޮޅަށް މާލީ ދަތިތަކެއް ކުރިމަތިވެގެންދާނެ ފަދަ ފިޔަވަޅުތަކެއް އެޅުމަށް މަަސައްކަތްތައް ކުރަމުންނެވެ. އަދި މި މަސައްކަތްތަކަކީ ރާއްޖެއިން އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަށް ނިންމާފައިވާ ނިންމުން ފުރޮޅާލުމަށް ނުވަތަ އެ ނިންމުން ތަންފީޒުކުރުން ހުއްޓުވުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތަކެއްކަމަށްވެސް ހިނގަމުންދާ ކަންކަމާއި ގާތުން މަސައްކަތްކުރަމުންދާ މަސްދަރަކުންވަނީ މީޑިއާތަކަށް މައުލޫމާތު ދީފައެވެ.

މީގެ ދުވަސްތަކެއް ކުރިން މެލޭޝިއާއިންވަނީ އިސްރާއީލުގެ ކާގޯ ކުންފުނިތަކަށް ނިސްބަތްވާ ކަނޑު އުޅަނދުތައް އެ ގައުމުގައި ބަނދަރުކުރުމާއި އިސްރާއީލުގެ ބަނދަރަކަށް ދިއުމަށް ކަނޑައެޅިފައިވާ އުޅަނދުތައްވެސް ބަނދަރުކުރުމުގެ އިތުރުން އިސްރާއީލުގެ ދިދަ ނަގާފައިވާ އުޅަނދުތައްވެސް އެ ގައުމުގައި ބަނދަރުކުރުން މަނާކޮށްފައިކަމަށްވާއިރު، 2023 އޮކްޓޯބަރު 7 ވަނަ ދުވަހަށްފަހު އިސްރާއީލުގެ ޕާސްޕޯޓުގައި ގައުމުގެ ބޯޑަރުން އެތެރެ ނުވެވޭ ގޮތަށް މަނާކޮށްފައިވާ ފުރަތަމަ ގައުމަކީ ދިވެހިރާއްޖެކަމަށްވެސް މީޑިއާތަކުން ފާހަގަކުރެއެވެ.

ރާއްޖެ އަދި އެމެރިކާ ދެމެދު އުފެދެމުންދާ މި މައްސަލައާއި ގުޅޭ މައުލޫމާތު އެނގޭ ފަރާތަކުން އެމެރިކާގެ ނޫހެއްކަމަށްވާ އެކްސިއޮސް އަށް މައުލޫމާތު ދިން ގޮތުން ރާއްޖެއާއި ދެކޮޅަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް މަސައްކަތްތަކެއް ފަށާފައިވަނީ އެ ގައުމުގެ ވެރިކަމުގައި އޮތް ޑިމޮކްރެޓްސް ޕާޓީއަށް ނިސްބަތްވާ އިސްކޮށް ހަރަކާތްތެރިވާ މަޖިލިސް މެމްބަރެއްކަމަށްވާ ޖޯޝް ގޯޓްހައިމަރކަމަށެވެ. އޭނާއަކީ ބިލް ކްލިންޓަން އެމެރިކާގެ ރައީސްގެ މަގާމުގައި ހުންނެވީއްސުރެ ސިޔާސީ އަދި ސަރުކާރުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވަމުން އަންނަ އޮފިޝަލެކެވެ.

އޭނާ ވުޖޫދުކުރުމަށް މަސައްކަތްތައް ފަށާފައިވާ ގާނޫނުގެ ދަށުން އެމެރިކާއިން ރާއްޖެއަށް އެހީދިނުމުގެ ކަންކަމާއި ގުޅޭ ޝަރުތުތައް ކަނޑައެޅިގެންދާނެކަމަށްވުމުން އެހީ ހޯދުމަށްޓަކައި ޝަރުތުތަކަށް ތަބާވުން ލާޒިމުވެގެންދާނެކަމަށް މީޑިއާތަކުން ސިފަކޮށްފައިވާކަން ފާހަގަކުރެވެއެވެ. ޖޯޝް ގޯޓްހައިމަރއަކީ އެމެރިކާގެ އިސް އޮފިޝަލުންގެ ތެރެއިން އިސްރާއީލުގެ ހައްގުގައި އެންމެ އަޑުގަދަކޮށް ވަކާލާތުކުރާ އެއް މެމްބަރުކަމަށާއި އޭނާ ތައާރަފްކުރާން މަސައްކަތްކުރަމުންދާ މި ގާނޫނަށް ކިޔާނީ ޕްރޮޓެކްޓިންގް އެލައިޑް ޓްރެވަލް ހިއާރ އެކްޓް ނުވަތަ އެކުވެރި ގުޅިފައިވާ ގައުމުތަކުގެ ދަތުރުފަތުރުކުރުން ރައްކައުތެރިކުރުމުގެ ގާނޫނުކަމަށް މައުލޫމާތު ދީފައިވެއެވެ.

ގޮޓްހައިމަރވަނީ އޭނާ މީޑިއާތަކަށް ދެއްވި ސްޓޭޓްމެންޓުގައި ރާއްޖެއަށް މާލީ ދަތިކުރުންތަކެއް ކުރިމަތިކުރުމުގެ ހިޔާލު ގެންގުޅުއްވާކަން ހާމަކުރައްވާފައެވެ. އެގޮތުން ހުރިހާ އިސްރާއީލުގެ ރައްޔިތުނަށް އެތެރެވުން މަނާކޮށްފައިވާ ގައުމަކަށް އެމެރިކާގެ ރައްޔިތުންގެ ޓެކްސް ފައިސާ ފޮނުވައިގެން ނުވާނެކަމަށް ވިދާޅުވިކަމަށް ރިޕޯޓުތަކުގައިވެއެވެ. އޭނާ ވިދާޅުވީ، އިސްރާއީލަކީ އެމެރިކާއިން ޑިމޮކްރެސީއަށް ކުރަމުންދާ މަސައްކަތްތަކުގެ އެންމެ އިސް ބައިވެރިޔާކަމަށާއި ރާއްޖެއިން މީގެ ކުރިން ނަގާފައިނުވާ ފަދަ މި ފިޔަވަޅަކީ ޔަހޫދިންނާއި ދެކޮޅަށް ހިންގާފައިވާ ނަފަރަތުގެ އަމަލެއްކަމަށްވެސް ބުނެފައިވެއެވެ. ޖޯޝް ވިދާޅުވީ، ރާއްޖޭގެ ނިންމުން ބަދަލުކުރުމުގެ ކުރިން އެގައުމުގެ ފަރާތުން ރާއްޖެއަށް އެހީގެ ގޮތުގައި ލޯލާރިއެއްވެސް ލިބިގެން ނުވާނެކަމަށެވެ.

ރާއްޖެއިން އިސްރާއީލުގެ ޕާސްޕޯޓުގައި އެތެރެވުން މަނާކުރުމަށް ނިންމި ނިންމުން ބަދަލުކުރުމަށް އެމެރިކާގެ ފަރާތުން ފިއްތުންތަކެއް ކުރިމަތިވަމުންދާކަމުގެ އިންޒާރު މީޑިއާތަކުން ދީފައިވާއިރު، މިއީ އިސްރާއީލުގެ ޕާސްޕޯޓުގައި ގައުމަކަށް އެތެރެވުން މަނާކޮށްފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ. އެގޮތުން 2023 ވަނަ އަހަރު 28 ގައުމަކުންވަނީ އިސްރާއިލު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ދެކޮޅު ހަދާފައިކަމަށްވާއިރު 16 ގައުމަކުން އިސްރާއީލުގެ ޕާސްޕޯޓުގައި އެތެރެވުންވެސް މަނާކޮށްފައިވެއެވެ. ރާއްޖެއިން މީގެ ޒަމާންތަކެއް ކުރިންވެސް އިސްރާއީލުގެ ރައްޔިތުން އެރުން މަނާކޮށްފައިވާއިރު އެ ގައުމުގެ ފަތުރުވެރިން އަލުން އަންނަން ފެށީ 1900ގެ ކުރީ ކޮޅު އެ ނިންމުން ބަދަލުކޮށް އާދަވޭނެ ކަމަށް ކަނޑައެޅުމާއިއެކުކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: