ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމެރިކާގެ އަސްކަރީ މަތިންދާބޯޓަށް ވެސް ގެއްލުނު މީހުންގެ ނިޝާނެއް ނުފެނުނު!

އެމެރިކާގެ
ޝެއާރކޮށްލާ ކަހަލަދޯ؟

އޮގަސްޓް ފަސް ވަނަ ދުވަހުގެ ރޭގެ ދަންވަރު، ގއ. ކުޑަލަފަރީގެ އިރުއުތުރުން 8 ނޯޓިކަލް މޭލު ބޭރުން ”ފްރެންޑް 4“ ސަޕްލައި ދޯނި ބަންޑުން ޖަހާލައި އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު މީހުން ހޯދަން އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކުން ކުރި މަސައްކަތް ވެސް ނާކާމިޔާބުވެއްޖެއެވެ.

އެ ހާދިސާގައި ގެއްލުނު މީހުން ހޯދުމަށް އެހީތެރިވުމުގެ ގޮތުން ފްރެންޑް 4 ސަޕްލައި ދޯނި އަޑިދިޔަ ސަރަހައްދުގެ މަތިން އެމެރިކާގެ ނޭވީގެ ”ބޮއިންގް ޕީ-8އޭ ޕޮސައިޑަން“ މަރުކާގެ މެރިޓައިމް ޕެޓްރޯލް މަތިންދާބޯޓެއް އިއްޔެ ވަނީ ހަރަކާތްތެރިވެފައެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އިއްޔެ މެންދުރު އެމެރިކާގެ އަސްކަރީ މަތިންދާބޯޓަކުން ބޮޑު ސަރަހައްދެއް ބެލިނަމަވެސް، ގެއްލުނު މީހުންނާ ގުޅުންހުރި އެއްވެސް ނިޝާނެއް ފެނިފައިނުވާ ކަމަށެވެ.

ގެއްލުނު މީހުން ހޯދުމުގެ މަސައްކަތްތަކަށް ބޭނުންވާ އެންމެހާ އެހީތެރިކަމެއް ފޯރުކޮށްދިނުމުގައި ސަރުކާރު ދެމި އޮންނާނެ ކަމަށާއި، ގެއްލުނު މީހުންގެ އާއިލާތަކަށް ތަސައްލީއެއް ހޯދައިދިނުމުގެ އުއްމީދުގައި ކަމާބެހޭ އެންމެހައި އިދާރާތަކާއި އެކުވެރި ގައުމުތަކާ ގުޅިގެން ގާތުން މަސައްކަތް ކުރަމުން ގެންދާނެ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

ފޮރިން މިނިސްޓްރީން ބުނީ، ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތަށް ބޭރު ގައުމުތަކުގެ އެހީއަށް އެދުމުން އެމެރިކާއިން އެކަމަށް އިޖާބަދީ އެހީތެރިކަން ފޯރުކޮށްދިނީތީ ޝުކުރުއަދާކުރާ ކަމަށެވެ. އަދި އެމްއެންޑީއެފްއާއި ފުލުހުންނާއި ކަމާ ގުޅޭ އެހެން އިދާރާތަކާ ގުޅިގެން އެމެރިކާގެ އަސްކަރިއްޔާއިން މަސައްކަތް ކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.

އެމެރިކާއިން ފޯރުކޮށްދިން އެހީތެރިކަމުން ދޭހަވަނީ، ކުއްލި ހާލަތްތަކުގައި އާއި ކަނޑުމަތީގައި ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.

އެ އޮޕަރޭޝަނާ ގުޅިގެން އެމްއެންޑީއެފްއިން އެންމެ ފަހުން ބުނެފައިވަނީ ގެއްލުނު 3 މީހުން ހޯދުމަށް ޓަކައި 2026 އޮގަސްޓް 14ވަނަ ދުވަހުގެ 18:00ގެ ނިޔަލަށް ވައިގެ މަގުން 9920 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާއިރު، އަދި ކަނޑުމަގުން 2790.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާއިރު އެ މީހުންގެ ނިޝާނެއް ނުފެންނަ ކަމަށެވެ.

ދޯނި އަޑިޔަށް ގޮސްފައިވާ ސަރަހައްދު 1600 މީޓަރަށް ވުރެ ފުންވާނެ ކަމަށް ބެލެވޭއިރު، އެއީ އަސްކަރީ ސަބްމެރިން ނުވަތަ ނިއުކްލިޔަރ ސަބްމެރިން ވެސް އޮޕަރޭޓްކުރާ ފުންމިނެއް ނޫންކަން އެމްއެންޑީއެފްއިން ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: