ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޗްޑީސީއިން 6000ގެ އެލޮވެންސަކާއި އެކު އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ފަށަނީ!

އެޗްޑީސީ އެޕްރެންޓިސްޝިޕް: ފޮޓޯ/ އެޗްޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެޗްޑީސީއިން އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ފެށުމަށް ނިންމައިފިއެވެ.

އެޗްޑީސީއިން މައުލޫމާތު ދީފައިވާގޮތުން 2024ގެ އެޕްރެޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ބައިވެރިންނަށް މަހެއްހެ މައްޗަށް 6000 ރުފިޔާގެ އެލޮވެންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިއީ ސްޕޮންސާޑް އެޑިއުކޭޝަން ފުރުސަތެއްކަމަށް ހިއްސާކޮށްފައިވާއިރު މި ޕްރޮގްރާމްގެ ސެޓްފިކެޓަކީ އެމްކިއުއޭ އިން ބަލައިގަންނަ އެޑްވާންސް ސެޓްފިކެޓެއްކަމަށް ބުނެފައިވެއެވެ.

އެ ކުންފުނިންވަނީ މި ސެޓްފިކެޓްގެ ދަށުން ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކާއި ގުޅޭގޮތުންވެސް މައުލޫމާތު ދީފައެވެ. އެގޮތުން ލެވެލް 3 ނެޝަނަލް ސެޓިފިކެޓެއް ލިބޭ ގޮތަށް ކޮމްޕިއުޓަރ ހާޑްވެއަރ އެންޑް ނެޓްވޯކިންގް އާއި ހެލްތް އެންޑް ސޭފްޓީއިން ކޮންސްޓްރަކްޝަން ކިޔެވުމަށްވެސް ފުރުސަތު އޮތްއިރު ފްރޮންޓް އޮފީސް މަސައްކަތްތައް ދަސްކުރުމަށާއި ގާޑަނިންގް އިން އެ ލެވެލްގެ ސެޓްފިކެޓެއް ހޯދުމުގެ ފުރުސަތުގެ އިތުރުން ކޮންސްޓްރަކްޝަން ސައިޓް ސުޕަވައިޒަރިންގްއާއި މޭސަންރީ އަދި އިލެކްޓްރިކަލް އިންސްޓަލޭޝަންގެ ދާއިރާއިންވެސް ސެޓްފިކެޓް ހާސިލުކުރުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް ބުނެފައިވެއެވެ.

މިހާރުވެސް އެޕްލައި ކުރެވޭނެކަމަށް އެ ކުންފުނިން ބުނެފައިވާއިރު ޖޫން މަހުގެ 20 ވަނަ ދުވަހުގެ 15:30 ގެ ކުރިއަށް ޝައުގުވެރިވާ މީހުން އެޕްލިކޭޝަން ހުށައެޅުމަށް އިލްތިމާސްކޮށްފައިވެއެވެ. މިއީ އެޗްޑީސީ އަދި ޔޫތު މިނިސްޓްރީވެސް ގުޅިގެން ކުރިއަށް ގެންދާ މަސައްކަތްތަކެއްކަމަށް ވެސް ފާޙަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
75%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: